އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން ވައްކަން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން ވައްކަންކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށަހެޅީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން 2 ސީޕީޔޫއާއި ޕްރިންޓަރެއްގެ އިތުރުން ސްކޭނަރެއް ވަގަށްނަގާފައިވާކަމަށް މިހާތަނަށް ބެލިބެލުމުން އިނގޭ ކަަމަށެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު