ރ.އަތޮޅު މަޑުއްވަރީގައި ޕިކަޕެއްގައި ދިޔަ ބަޔަކު ސައިކަލެއްގައި ކުޑަ ކުއްޖަކު ގޮވައިގެން ދިޔަ އަންހެނެއްގެ ގަޔަށް ކުލަ ޖަހަން ފެށުމުން ސައިކަލް އެކްސިޑެންޓްވެ ކުޑަ ކުއްޖާ އަށް އަނިޔާވެއްޖެއެވެ.

މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހަތް އަހަރުގެ ކުއްޖަކަށެވެ.

މަޑުއްވަރީން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެކްސިޑެންޓް ހިނގީ ކުލަ ޖަހަން ފެށުމުން އަންހެން މީހާ އަށް ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.

ސައިކަލްގައި އިން ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވެއެވެ. އޭނާ އަށް އެރަށު ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނެފައިވަނީ މަޑުއްވަރީގައި ސައިކަލެއްގައި ދުއްވާފައި ދިޔަ 21 އަހަރުގެ އަންހެނެއް ގަޔަށް ޕިކަޕެއްގައި ދިޔަ ބަޔަކު ފެން ޖެހުމުން ސިއްސައިގެން ގޮސް ސައިކަލުން ވެއްޓި، ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި ފަހަތުގައި އިން ހަތް އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާވެފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ބޮޑު ޢީދު ފާހަގަ ކުރުމުގެ ގޮތުން ގިނަ ރަށްރަށުގައި ކުލަ ޖެހުމުގެ ހަރަކާތްތައް ވަރަށް ފޯރީގައި ހިންގާފައި ވާއިރު ކުލަ ޖެހުމުގެ ސަބަބުން ބައެއް މައްސަލަތައް ފެންމަތިވެ ފުލުހުން ތަޙްޤީޤު ކުރަން ޖެހޭ ފަދަ ހާލަތްތައް ވެސް ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދެންކުލަޖަހާ

    ކުލަޖަހާހިތުން ހޭބަލިވެފަ ތިބެނީ. ކުޑަކުއްޖެއްފެންނާނެތަ.

    14
    2
  2. ސޮމެޮނެ

    ޙޯލީ ކުޅުނީ

    10
    1
  3. ބޯހަލާކު

    އެކަކު އަނެކެއްގެ ގަޔަށް ބޮލަށް އަރާ އަނިޔާކުރުމަކީ އުފާފާޅުކުރުންތަ؟ ނުވަތަ މީސްމީހުންގެ ގަޔަށް ކުލަޔާއި ފެން ނުޖަހާ އީދު އުފާފާޅު ނުކުރެވެނީތަ؟ ނުވަތަ މިއީ އިސްލާމްދީނުގައި އީދު އުފާ ފާޅުކުރަން އަންގަވާފަައިވާ ގޮތްތަ؟

    4
    2
  4. ވަޓް

    އަސްލުވެސް މިދެން މިހާރު ބޮޑު ކަމެއް. ކުޑަ ކުދިން ނަކައް ވެސް ބެލުމެއް ނެތް.

    5
    2
  5. ނަސާ...

    ގޭގަ އޮތީމަ ކުލަ ނުޖަހާނެ...ކާކު ބުނީ ނިކުމެގެނ ދުވަނ...

    1
    2
    • ހަމް

      ނާޗަރަންގީ ކުޅެން މަގުދީފަ އެހެންމީހުން ތިބެންވީ ގޭބަންދުގަތަ. އެހެންވިއްޔާ އީދޭ ނުކިޔާ. މަގުމަތިން ފެންނަހާ މީހެއްގެ ގަޔަށް ބޮލަށް އަރާކަށް ނުޖެހޭ.