ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްޤީ ކުރަމުން ގެންދާ އައު ސީޕްލޭން ޓާމިނަލް މަސައްކަތުގެ 73 އިންސައްތަ ނިމިއްޖެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ދަނީ ސީޕްލޭން ޓާމިނަލްގެ ފިނިޝިން މަސައްކަތާއި ސީޕްލޭންތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އަޅާ ހޮޅިތައް އެޅުމުގެ މަސައްކަތެވެ.

ސީޕްލޭން ޓާމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއާޕޯޓް ތަރައްޤީ ކުރަން ފެށި އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ.

ސީޕްލޭން ޓާމިނަލް ތަރައްޤީ ކުރުމަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ޚަރަދު ކުރެއެވެ. އާ ޓާމިނަލް ހަދަމުންދަނީ މިހާރު ހުރި ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑުކޮށެވެ. އާ ޓާމިނަލް ތަރައްގީކުރަނީ 28000 އަކަ މީޓަރުގެ ޖާގައެއްގަ އެވެ.

އަލަށް ތަރައްޤީކުރާ ސީޕްލޭން ޓާމިނަލަކީ މިހާރު ބޭނުންކުރާ ޓާމިނަލާ ތަފާތުކޮށް އިމާރާތުގެ ދެފަރާތުންވެސް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރާ ޓާމިނަލްއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަނީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓަރކްޝަން ކުންފުނިކަމަށްވާ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްގެންނެވެ.

ސަރުކާރުން ކުރިން ވިދާޅުވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހަށް ޓާމިނަލްގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް އަދި މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ސެޕްޓެމްބަރ މަހަށް ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދުމައިން

  ތިނޫން މަސައްކަތެއް އެބަ ހިނގާތަ؟ ހަަމަ ހައްތާވެސް ޔާމީނު ފެއްޓެވި ، ހިންގަވާ، ނިންމެވި މަސައްކަތް. ކަލޭމެންނަށް އެހެން އެއްޗެކޭލިޔަން ނޭގެނީތަ؟ ބަލަގަ މިހާރުވެސް މިއޮތީ ސަރުކާރެކޭ، ހުރީ ހަމަ ވެރިއެކޭ. މާ އޯގާތެރި ، ގާތުން ޚިދުމަތްކުރާ ނަޒާހާތެރި ސަރުކާރެކޭ. މިމީހުން ހިންގާ މަޝްރޫއުތަކުގެ ވާހަކަވެސް ލިޔެބަލަ.

  9
  12
  • ގުރާ

   "އަދުލުވެރި ބަދަލު" ދިނުމުގެ ތެރެއިން ބައިތުލްމާލު ކައި ހުސްކުރުން. އިމާރާތްތަކާ ، ތަންތަނުގެ ނަން ބަދަލުކޮށް އަލުން ހުޅުވުން. ކުރިން އިފްތިތާހުކޮށް ހިންގާ ނިމި ބޭނުންކުރާ ތަންތަންވެސް އަލުން އިފްތިތާހުކުރުމާ ބިންގާއެޅުން.. މިހިރީ ހަމަ ހައްތާ މާސިންގާ ޕުރޮޖެކްޓުތަށް.

 2. ޤައުމު

  ޝުކުރިއްޔާ ރައީސް ޔާމިން

  19
  2
 3. ނަލަނަލަ

  ބަލަ ރައީސް ޔާމީނުގެ އިގްތިސާދީ ކުރިއެރުން މިވަރެއްނެތް މަރުހަބާ ރައީސްޔާމީނު.

  19
  1
 4. ބޭބެ

  މިހާރު ކުރާކަމަކީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ، ނޯޓިސް ދިނުމާ، ވަޒީފާގެ ބިރު ދެއްކުމާ ފައިސާއިން “ބޭނުން ބަޔަކަށް” ބޮޑެތި ޢަދަދުން، ބަދަލު ދިނުމާ، ހައްޖު ކޯޓާ ވަކި ބަޔަކަށް ބަހާލުމާ، ކުށްވެރިން ފިލުވުމާ، ބޮޑެތި ޑީލްތަކާއެކު ބޮޑެތި ކުށްވެރިން ދޫކުރުމާ، ކުރީގެ ޕްރޮޖެކްޓުތައް ހުއްޓުވުމާ، ބައެއް ޕްރޮޖެކްޓްތައް މަޑުކުރުވުމާ، ކުރީގައި ހިންގާ ނިމޭ ޕްރޮޖެކްޓްތަކުގެ ރިބަން ކަނޑާ ހުޅުވުމާ، ހުޅުމާލެ އަލަށް ހިއްކި ބައިގެ ބިމުން “ވައްކަން” ކުރުމާ، ހެނދުނު ނާސްތާގެ ނަމުގައި ދައުލަތުގެ ޚަޒާނާއިން ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ކަންކަން ކުރުމާ މިފަދަ ވަރުގަދަ މަސައްކަތްތައް! އަދި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން މަޖްލީހުން ސަރުކާރު ހިންގަމުން ގެންދިއުމާ މިނިވަން މުއައްސަސާތަކާ ދައުލަތުގެ މުވައްޒަފުން އެތަނަށް ހާޒިރުކޮށް ބަވާ ބިރު ދެއްކުން! މިކަންކަން ކުރާ ބަޔަކު ކުރަނީ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި ކަމަށް ބެލެވޭ! އހ

  11
  1
 5. މަހޭ

  ދުމަައިން، އެއްވެސް ކަމެއް މިސަރުކާރުން ނުކުރަންޔާ ކޯއްޗެއް ލިޔާނީ...ހެހެހެހެހެހ ، ފެއިލް

 6. ލޮނުމިރުސް

  މިވެސް ސޯލިހުބޭ އަޅާ ތަނެއް ތާ ، ސޯލިހުބޭ ހާދަ ފައްކަލޭ ދޯ އެއް އަހަރު ނުވަނީސް ހާދަ ތަރައްގީ އެކޭ މިގެން ނަނީ ، ލަދުގަނޭ މި އޮތް ރީދޫ ސަރުކާރަށް،

 7. ގަދަކުޑޭ

  ސުކުރިއްޔާ ރައީސް ޔާމީން