ނަފްސާނީ ބަލި މީހުންނަށް ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމުގެ ތުހުމަތުތަކެއް ކުރީގެ ޑިސެބިލިޓީ އެމްބެސެޑަރ އަހްމަދު ހިޝާން ކޮށްފިއެވެ.

ދަރުމައަށް މީހުންނަށް އެހީތެރިވުމުގައި މިހާރު ވެސް ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ ހިޝާން ކޮށްފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ "މެންޓަލް ހެލްތޭ ކިޔައިގެން ހެލްތް މިނިސްޓަރު ވެސް ދައްކަވަނީ ހުސް ވާހަކަ" ކަމަށެވެ.

މެންޓަލް ހެލްތަށް ބޭސް ލިބެން ނުހުންނަ ކަމަށާއި މެންޓަލް ހެލްތުގެ ކަންކަން ބަލަހައްޓަނީ ޖެންޑަރ މިނިސްޓްރީން ކަމެއް ހެލްތު މިނިސްޓްރީން ކަމެއް ރައްޔިތުންނަށް ސާފުނުވާ ކަމަށް ހިޝާން ވިދާޅުވިއެވެ.

"މި ދެމިނިސްޓްރީން އެއްބަޔަށް ވުރެން އަނެއްބަޔަކު ބާރުގަދަވާން ތަޅާފޮޅުމުގެ ތެރޭގައި ރައްޔިތުން މިތިބެން ޖެހެނީ ޚިދުމަތް ނުލިބި ތާށީވެފައި." ހިޝާން ވިދާޅުވިއެވެ.

ޓްވީޓްތަކާއި ގުޅިގެން ޖެންޑަރ މިނިސްޓްރީގެ އިންޒާރުތަކެއް ލިބުނު ކަމުގެ އިޝާރާތެއް ވެސް ހިޝާން ވަނީ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ "ޖެންޑަރ މިނިސްޓްރީގެ މީހުން މިނިކާވަގުތަކެއްހެން އައިސް އަހަރެންގެ މަސްގަނޑު ކާލިޔަސް ދިރިހުރި ކޮންމެ ދުވަހަކު އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާނަން އަދި ދަހި ބޮޑުވެގެން ސިޔާސީ މަގާމަކަށް ނުދާނަން." ކަމަށެވެ.

ހިޝާން ވިދާޅުވީ ގުރައިދޫ މަރުކަޒަށް ބަލި މީހުން ގެންދަނީ އިންޖީންގެގަނޑު މަތީގައި ގޮދަޑިއެއް އަޅާފައި ބަލި މީހާ އެތަނުގައި ބާއްވައިގެން ކަމަށެވެ.

"މިގޮތައް ބަލި މީހުން ގެންދާތަން ބަލާކަށް ނުހުންނާނަން. މިއީ ހެޔޮވާވަރު ކަމެއް ނޫން. އެކަމުގެ ވާހަކަ ދައްކާނަން. އަދި އެކަމާއި ދެކޮޅަށް އަޑުވެސް އުފުލާނަން." ހިޝާން ވިދާޅުވިއެވެ.

ފުލުހުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއިމެދު ކަންތައްތައް ކުރަމުންދާ ގޮތާއި މެދު ވެސް ހިޝާން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ފުލުހުންނާއި ރައީސް ޞާލިހް އަދި ޕޮލިސް ކޮމިޝަނަރ މުހައްމަދު ޚަމީދުގެ ޓްވިޓާ ހޭންޑަލް ޓެގް ކުރުމަށް ފަހު ހިޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ މިނެޓްކޮޅަކަށް ފުލުހުންގެ ޔުނީފޯމް ލެވުމަކީ އާއްމުންނަށް ހިތު ހުރި ގޮތަކަށް ހެދުމަށް ލިބޭ ލައިންސަންސެއް ނޫން ކަމަށެވެ.

"ފުލުހުން ގަބޫލް ކުރަން ޖެހޭ ކަމަކީ މިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅޭކަން. ބޭނުންވިޔަސް ނުވިޔަސް އެމީހުންނަކީ ޤާނޫނަކުން ރައްކާތެރިކަން ދޭން ޖެހޭ ބައެއް." ހިޝާން ވިދާޅުވިއެވެ.

ހިޝާންގެ ވާހަކަތަކާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަން

    ސާބަހެ ހިސާން ތިކުރާ ހިތްވަރައް

    37
    1
  2. މަރިޔަމް

    ހިސާނުގެ ހިތްވަރަށް ސާބަސްދެން.
    ތިޔަފަދަ މާތް މަޤްޞަދެގައި ތެދުވެރިކަމާއެކު މަސައްކަތް ކުރާނެ ހެޔޮލަފާބަޔަކަށް މިޤައުމުވަނީ ނިހާޔަތަށް ބޭނުންވެފާ.

    41
    2
    • ހޯރަ އިއްބެ

      ދެއްކުން ތެރިކަމާއެކު.. މެމްބަރު ކަމަށް ކުރިމަތިލާން އުޅޭހެން ވެސް ހީވޭ.

      28
  3. ފުވައްމުލަކުމީހާ

    ކޮންމެމީހަކުބުންޏަސް ތެދުވާނީތެދަށް. ރާއްޖެތެރޭގައިއުޅޭ ސިކުޑީގެ ބަލިމީހުންގެحال އަދިތިޔަށްވުރެދަށް

    39
  4. މާމިގިލީ މީހާ

    ހިސާނަކީ ވެެސް އަމިއްލަ އެދުން ބޮޑު ބާގީއެއް. އެހެންނޫން ނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނައް ދޭ އިނާޔަށް ބޮޑުކުރާން މަޖިލީހައް ލީ ބިލް ބޭރެއް ނުކުރީސް. 2023ގަ މިސަރުކާރެއް ނުހޮވޭނެ. ސޯލިހު ބޭނުންވަނީ ދުނިޔެބަލާން ޕިކުނިކު ދުއްވާން. ގުއި ނުދެކޭ ކާޅަށް ގުއި ފެނިގެން އުޅޭހެން ހީވަނީ.

    26
    3
    • އަލީ

      ކަލޯ ހަމަތަ؟ މި ހިޝާން އަކީ މަޖިލިސް މެމްބަރެއް ނޫން. މިއީ އަދި އެހެން މީހެއް. ތިޔާ މަޖިލިސް ހިސާނަކީ ކިޔަވާ ކުދިން ބޮލަށް ގާއުކާ އެކުދިން މެންޓަލް ކުރި ގޮލައެއް. މިހާރު މަޖިލީހުގަ އިންނާނީ.

      11
  5. ހުސޭނުބޭ

    އަހަރެން އަޑުއެހިގޮތުގައިވިއްޔާ ކަރަޕްޝަނާ، އަނިޔާވެރިކަމާ، ނާއިންސާފާއި އިޙުމާލު މި ހަތަރު މީހުން އިބޫ ޞާލިޙް ވެރިކަމަށް އައި ދުވަހު މަރުވެއްޖެ! މިހާރު މިވަނީ ކިހިނެއް! ރައީސް ޔާމީނު އިހުމާލުވަނީތަ؟

    27
    1
    • ފޯނުބިލް

      ދެން ފޯނުބިލް ދެއްކޭނު

      7
      1
  6. ކަޅުސޮރު

    ހިސާނުގެ ހިތްވަރަށް ސާބަސްދެން. އެކަމަކު މުއައްސަސާ ތަކައްވުރެ ކުރިން މުޖްތަމައު އެބަޖެހޭ އިސްލާހު ވާން.. އަޅުގަނޑަށް އިނގިގެން ވެސް މިރަށުގަ އުޅޭ ނަފްސާނީ ބަލި މީހަކަށް ވެސް މިރަށުގަ އުޅޭ ފުލުހުން ވަރަށް ރަނގަޅަށް ކަންތައް ކުރަމުން ދަނީ.. މުޖްތަމައު އިން އޭނާ މޮޔަހައްދަމުން ދަނިކޮން ޕޮލިސް ކުދިން އޭނަ މީހަކަށް ހަދަން މަސައްކަތް ކުރާވި އުފާކުރަން..

    13
  7. ސަން ސަން

    މިގައުމުގަ އުޅޭ އަބުތޯލުން ވެސް. ތިބެނީ ނަފްސާނީ ބަލި ޖެހިފަ..

    10
  8. ކެޔޮޅު

    ހިތްނިޔަތް ދެނެވޮޑިގެން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ. ދެއްކުންތެރިކަމުގެ އެއްވެސް މިންވަރެއް އެކުލެވޭނަމަ ހެޔޮ ޢަމަލުގެތެރޭގައި ނުގުނޭނެ.

    13
  9. ސޮނިފުހޭ

    ސާބަސް

    13
  10. އެނޮނިމަސް

    މައުމޫނު، ނަޝީދު، ވަހީދު އަދި ޔާމީނު އަދި ސޯލިހުގެ ސަރުކާރު ގަވެސް އޭނަ މަޖިލީހަށް ކުރިމަތިލާ ވާހަަކަ ދެކެވުނު، އެކަަކުވެސް އޭނަ އަދިވެސް އުޅެނީ އޭނަ ކުރާ މަސައްކަތް ކުރުމުގަ. ސަރުކާރުގެ މުއައްސަސާ ތަކަށް ގޮސްގެން މީހުންގެ ހައްގުތައް ހޯދަން މަސައްކަތް ކުރުމުގަ. ޢަބަދުވެސް މީޑިއާ ތަކުގަ އެ ކިޔަނީ ސިޔާސީ މަޤާމެއް ބޭނުމެއްނެތޭ. ސިޔާސީ މަޤާމުތައް ބޭނުން މީހުން ފެނެއެއްނު. އާރކް ހަދައިގެން ޒެނީޝާ، ކެއަރ ސޮސައިޓީ ހަދައިގެން ޝިދާތާ އަދި އޯޓިޒަމް އެސޯސިއޭޝަން ހަދައިގެން އިފްހާމު. މިއީ ހުސް ސިޔާސީ މަޤާމުތަކަށް ދަހިވެތިވެފަ ތިބޭ މީހުން.