މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޮންމެ މުވައްޒަފަކަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި 7879.79 ރުފިޔާ ދީފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން މުވައްޒަފުންނަށް ބޯނަސް ދީފައި މިވަނީ ބޯނަސް ލިބުމުން ލަސްވެގެން ގިނަ އަދަދެއްގެ މުވައްޒަފުން ކަންބޮޑުން ފާޅުކުރަމުން ގެންދާތާ ދުވަސްތަކެއް ފަހުންނެވެ.

އެމްއޭސީއެލް އިން ނެރެފައިވާ އިންޓާނަލް ސާކިއުލާއެއްގައި ބުނީ މިދިޔަ އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ހަމަޖެހިފައިވަނީ ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށާއި އީދު ބަންދުގެ ކުރިން ފައިސާ މުވައްޒަފުންނަށް ޖަމާކޮށްދީފައިވާނެ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ބޯނަސް ދީފައިވަނީ ވަޒީފާގައި އުޅުނު ދުވަހަށް ބަލާފަ އެވެ. ނަމަވެސް "ޑިސިޕްލިނަރީ ޕޮލިސީ"ގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ބޯނަސް ނުލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީ އިން މިހާރު އިއުލާން ކޮށްފައިވާ އުސޫލުގައިވާ ގޮތުން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭން ވާނީ ކުންފުނީގެ ބޯޑުން ފާސްކޮށް އަދި ކުންފުނީގެ އަހަރީ އާއްމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްގެންނެވެ. އަދި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ނަމަ، އަހަރީ ބޯނަސް ދޭން ބޯޑުން ނިންމުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ އުސޫލާއި މެދު ސަރުކާރު ކުންފުނިތަކުގެ ގިނަ މުވައްޒަފުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަކުރުބެ

    ކޮބާތަ އައިލެންޑް އޭވިއޭޝަންގެ ބޯނަސް، ބޮލަކައް 0007 ރުފިޔާދޯ.

    9
    1
  2. މަނިކުބެ

    ކޮބާތަސަރުކާރުދެންތިބިމީހުންގެބޯނަސް ހަމައެކަނިކުންފުނިތަކުމީހުންނަދިނީމަނިމުނީތަ

    6
    1
  3. މަނިކުބެ

    ކޮބާދެންތިބިމީހުންގެބޯނަސް

  4. ގަމު މީހާ

    ވަރަށް ރަނގަޅު....ކޮބައިތޯ ސިވިލް ސަރވަންޓުންގެ ބޯނަސް ފައިސާ..ކިތަށް އަހަރު ތޯ މިހާރު ނުލިބޭތާ....

    • ޖަޒީރާ

      ޢަދި އަވަސް ތި ވާހަކަ ނޫހުގަ ޖަހަން

  5. ސްޓާފް

    އެމްއޭސީއެލް ގެ އިންޓާނަލް ސާކިއުލާ ތަކާ އެތެރޭގެ މަޢުލޫމާތުތައް މީޑިއާގަ މި ފެތުރެނީ ކީއްވެގެންބާ. ބޯނަސް ލިބުން ވަރަކީ ސްޓާފުންގެ ކޮންފިޑެންޝިއަލް މަޢުލޫމާތު.

    5
    9
  6. އަލީ

    ސަރުކާރު ހުރިހާ ކުންފުނިތަކަކުންވެސް ބޯނަސް ދޭންޖެހޭ. އެންމެ ކުޑަމިނުން ފައިސާ ހަވާލުކޮސްފަ ތިބޭ މުވައްޒަފުންނައް ރިސްކް އެލަވަންސްކޮޅުވެސް ނުދޭ.

  7. ބުރުގާ

    ތިކިޔާނެތަ އަހަރީ ބޯނަހަކައް؟ އެއްޗެއް ދިނީމޭ ބުނަންވެގެން ތެލީގެ ފޫކަހާލާފަ ކޮންމެސް އެއްޗެއް ދިނީދޯ. ނޫނޭ ޖަޒީރާ ރާއްޖޭ ތާހިރުއިނގޭ

    15
    3