ފުލުހުންނަށް އިންޒާރުދީ ފުލުހުން ދުއްވަން ގެންގުޅޭ ސައިކަލަކަށް ގެއްލުން ދިން މީހަކު އދ. މަހިބަދޫ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ ފުލުހުންނަށް އިންޒާރުދީ، ފުލުހުންގެ ސައިކަލަކަށް ގެއްލުންދިން މައްސަލައިގައި ރޭ 00:15 އެހާކަންހާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ފުލުހުންނަށް އިންޒާރުދިނީ ކޮން އިރަކުކަމާއި، ފުލުހުންގެ ސައިކަލަށް ދީފައި ވަނީ ކިހައި ވަރެއްގެ ގެއްލުމެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ފަހަކަށް އައިސް ފުލުހުންނަށް އިންޒާރުދޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި އެމްޑީޕީ އެކްޓިވިސްޓަކު ފުލުހުންނަށް އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމް

    ދެރަމީހާއަށް ދެރަގޮތް މޮޅުމީހާ އަށް މޮޅުގޮތް، ތިޔައީ އަބަދުވެސް ކަން ހިނގާގޮތް

    14
  2. އަސްލު

    ތި ލިޔުންތެރިޔާ ތިލިޔުނީވެސް މިސަރުކާރުގެ ސިޔާސީ މަޤާމެއްގަހުރިމީހެކޭ އެހެންވީމާއޭނާ ހައްޔަރެއްނުކުރެވޭނެ ހައްޔަރުކުރާނީ ނިކަމެތިމީހާ