އައްޑުއަށް ފަންސާސް ފީފާ ތާރު މިސްރާބު ޖެހުމުން އައްޑޫގެ ޑެޕިއުޓީ މޭޔަރު އުފާވުމުން އެއިން ދޭހަވަނީ އައްޑޫގެ ހާލަތު ކަމަށް ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ ދެ ދުވަހެއްގެ ތެރޭގައި އައްޑޫގެ ތާރު މަގުތައް މަރާމާތުކުރަން ބޭނުންވާ ތާރު އަންނާނެ ކަމަށް ވިދާޅުވެ ޑެޕިއުޓީ މޭޔަރ ޓުވީޓެއް ކުރެއްވުމުންނެވެ.

އައްޑޫގެ ތަރައްގީއަށް މަސައްކަތެއް ނުކުރެވޭ ކަމަށް ބުނެ ނިޒާރު އަންނަނީ ފަހަކަށް އައިސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނިޒާރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އައްޑުއަށް ފަންސާސް ފީފާ ތާރު މިސްރާބު ޖެހުމުން އައްޑޫގެ ޑެޕިއުޓީ މޭޔަރު އުފާވުމުން އެއިން ދޭހަވަނީ އައްޑޫގެ ހާލަތު ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އައްޑޫގެ މަގުތައް ހެދުމަށް ބޭނުންވާ ފައިސާ އިންޑިޔާގެ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު ތާރު މަގުގައި ލޯވަޅު ހެދި، ކުދި ލޯވަޅުތައް ބޮޑެތި ވަޅުގަނޑުތަކަށް ބަދަލުވެފައިވާއިރު މިހާރު އެމަގުތައް މަރާމާތު ކުރަމުން އަންނަނީ ކޮންކުރީޓުންނެވެ.

އައްޑޫގެ ރައްޔިތުން އަބަދުވެސް ކުރާ އެންމެ ބޮޑު އެއް ޝަކުވާ އަކީ އެއީ ގިނަ އަދަދަކަށް ދުއްވާ އެއްޗެހި ގެންގުޅޭ ސިޓީ އަކަށް ވީނަމަވެސް ރަށްރަށުގެ އެތެރޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ނުހަދާތީއެވެ.

ސަރުކާރުން އައްޑޫގެ ތަރައްގީ އަށް އިސްކަންދޭ ކަަމަށާއި ރާއްޖެ އަށް އިންޑިއާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 180 މިލިއަން ޑޮލަރު ވަނީ އައްޑޫގެ ތަރައްގީ އަށް ހަމަޖައްސައިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހސހސދހސހދހ

    300 ފީފާ ތާރުދޭންބުނީމަ 50 ފީފާ ތާރު ދިނީމައުފާ ދެންއަތްޖަހާ

    19
  2. ޖާބިރ

    ތީއަށްޑޫ މީހުންގެ ފެންވަރު ތިވަރު އޯކޭވާނެ ކަލޭމެންނަށް ފުދޭނެ ނަސީދުގެ މޮޅުވާހަކަތަކުން ކަލޭމެން ފުށްދާ ލާގެން ތިބޭ

    18
    1
  3. އަސްލުހާލަތު

    އެކަކަށްވެސް އެމީހެއްގެ އަތުގައި ނުފޫޒާއި ބާރުއޮންނައިރު އަސްލުހާލަތެއްނުފެނޭ. ސަފުންބާކީކޮށް އެކަހެރިކޮށްލުމުން ދެން އަސްލުހާލަތު ފެންނަށް ފަށަނީ. ތައްޔާރުކުރާ މަހުގެ ކޮލިޓީއާއި ރަހައަށް ރިޔާއަތްކޮށް އިތުރަށް ކޮމެންޓު ދިގުނުކުރީ.

    8
    1