މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ހުއްޓައި ސްޓްރޯކެއް ޖެހިގެން ކޯމާ އެއްގައި އޮތްވާ އިއްޔެ ނިޔާވި ހައްޖުވެރިޔާ މިއަދު މައްކާގައި ވަޅުލައިފިއެވެ.

މިހައްޖުވެރިޔާ ސްޓްރޯކެއް ޖެހިފައިވަނީ މިދިޔަ އާދިއްތަ ދުވަހު މިނާގެ ޓެންޓްގައި ހުއްޓާއެވެ. ކޯމާއެއްގައި އޮތުމަށްފަހު ނިޔާވީ ފ. ދަރަނބޫދޫ، މުޝްތަރީގެ، ސީމާ މުހައްމަދު، 38 އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދިޔަ އެ ހައްޖުވެރިޔާ ނިޔާވީ "މިނާ އަލްވާދީ" ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ދިވެހި ހައްޖު މިޝަން އިން ބުނެފައިވަނީ މިނާގައި ނިޔާވި ހައްޖުވެރިޔާ ވަޅުލާފައިވަނީ މައްކާގެ އައްޝަރާއިޢު މަޤްބަރާގައި (ބްލޮކް ނަންބަރު 12 މަހާނަ ނަންބަރު 590) ކަމަށެވެ. އަދި މައްޔިތާގެ މައްޗަށް ކުރެވުނު ކަށު ނަމާދު ކޮށްފައިވަނީ މިއަދުގެ ފަތިސް ނަމާދަށް ފަހު ހަރަމްފުޅުގައި ކަމަށެވެ.

ޢަރަފާތުގެ މާތް ބިމުގައި ހުުރުމުގެ ހެޔޮ ތައުފީޤު ލިބުމަށްފަހު ނިޔާވި އެ ޙައްޖުވެރިޔާއަށް الله ހެޔޮރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި! آمين

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Muslim

    ޢާމީން

    70
    1
  2. ޙުސެން

    މާތް ﷲ އެ ފުރާނައަށް ހެޔޮ ރަހްމަތްް ލައްވާށި އާމީން!

    78
  3. އަހަންމަދޭ

    މަރުހޫމާގެ ފުރާނަ ފިރުދައުސުގަ ލައްވާންދޭވެ.އާމީން

    81
  4. އާސަހަރާ

    (ބްލޮކް ނަންބަރު 12 މަހާނަ ނަންބަރު 590)

    ރާއްޖޭގެ ހުރިހާ ޤަބުރުސްތާނުތައް މިގޮތަށް ބެލެހެއްޓެން އެބަޖެހޭ!

    50
    1
  5. ރިޒޫ

    މާތް ﷲ އެފުރާނަޔަށް ހެޔޮރަހުމަތް ލައްވާންދޭވެ.އާމީން.
    އަދި އާއިލާޔަށް ކެއްތެރިކަން ދެއްވާންދޭވެ.

    54
  6. ޢާޝޯހު

    ޢާމީން

    38
  7. ހުސައިން

    انا لله وانا اليه راجعون
    اللهم أغفر لها وأرحمها وعافها وأعف عنها وأكرم نزلها ووسع مدخلها وأغسلها بالماء والثلج والبرد ونقها من الخطايا كما ينقى الثوب الأبيض من الدنس. اللهم وأبدلها دارا خيرا من دارها وأهلا خير من أهلها وزوجا خيرا من زوجها وأدخلها الجنة وأعذها من النار ومن عذاب النار. اللهم قها فتنة القبر وعذابه

    30
  8. މުޙައްމަދު

    އާމީން

    12
  9. އިބްރާހީމް

    انا لله وانا اليه راجعون
    اللهم أغفر لها وأرحمها وعافها وأعف عنها وأكرم نزلها ووسع مدخلها وأغسلها بالماء والثلج والبرد ونقها من الخطايا كما ينقى الثوب الأبيض من الدنس. اللهم وأبدلها دارا خيرا من دارها وأهلا خير من أهلها وزوجا خيرا من زوجها وأدخلها الجنة وأعذها من النار ومن عذاب النار. اللهم قها فتنة القبر وعذابه

    11
  10. ސަޒުނާ

    އާމީން