ޗައިނާގައި ބާއްވާ ކެއްކުމުގެ ބައިނަލްއަޤްވާމީ މުބާރާތެއް ކަމަށްވާ "އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް"ގައި ދިވެހި ހަ ޝެފަކު ބައިވެރިވެއްޖެއެވެ.

މި މުބާރާތް އޮންނާނީ މިމަހުގެ 21 އިން 24 ވަަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝެންޔަންގައި އޮންނަ މި މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތުގައި ދިވެހި ޝެފުން ބައިވެރިވެފައިވަނީ ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

މި މުބާރާތުގައި ބައިވެރިވާ ދިވެހި ޝެފުންނަކީ ފާރަފުށި މޯލްޑިވްސްގައި މަސައްކަތްކުރާ މުޙައްމަދު އާދިލްއާއި، މަލަހިނި ކުޑަ ބަނޑޮސްގައި މަސައްކަތްކުރާ ރިއްފަތު މުޙައްމަދާއި، ބަރޮސް މޯލްޑިވްސްގެ އިބްރާހިމް ނާތިފްއާއި، އޮއިޝީގެ އޯނަރު އަޙްމަދު ފަތީންގެ އިތުރުން ކަލިނަރީ ކޮންސަލްޓެންޓެއްކަމަށްވާ އިބްރާހިމް ނައީމް އާއި ފޯރ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގައި މަސައްކަތްކުރާ އަޙްމަދު މާޒިމްއެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ ކެއުންތައް ޕްރޮމޯޓްކުރުމެވެ. މި މުބާރާތް އިންތިޒާމްކުރަނީ ޗައިނާ ކުއިޒީން އެސޯސިއޭޝަންގެ ފަރާތުންނެވެ.

މި މުބާރާތަކީ ޗައިނާގެ ރަހަތަކަށް ހާއްސަކޮށްްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީން ޤަބޫލްކުރާ ހަމައެކަނި މުބާރާތެކެވެ.

މި މުބާރާތުގައި ފަނޑިޔާރެއްގެ ގޮތުގައި ދިވެހި ޝެފެއްކަމަށްވާ އިސްޙާޤު ޞާލިޙް ބައިވެރިވާނެއެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ވަނީ މީގެ ކުރިންގެ ބައިނަލްއަގްވާމީ ކެއްކުމުގެ ގިނަ މުބާރާތްތަކެއްގައި ދިވެހި ޝެފުން ބައިވެރިކޮށް، ފަހުރުވެރި ކާމިޔާބީތަކެއްވެސް ޙާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލައިލާ ވަ މަޖުނޫނޫ

    ދެން އެތަނަށްގޮސް ރީތި ޗައިނީސް ފިރިހެން ކުއްޖަކާ އިދެލާ އަދި ރީތި ކޭކެއް ފަޅާފައި ހަނީ މޫނު ހަދާ ލަން ރާއްޖެ އާދޭ، އޭރުން ހުންނާނީ ހަތަރު އެތި ހަމަވެފައި. ބޯހަލާކު. ދިވެހި ފިރިހެނަކު ދެން އެހެން ފިރިހެނަކާ އިންވާހަކަ ވަގުތު ނޫހުގައި ނުލިޔާތި، ވަގުތު ނޫހަކީ ތޯތޯ އަދި ކުޅޭ ކުޅޭ ނޫހެއްނޫން، ވަގުތު ނޫހަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ޤާބިލް އަދި އެންމެ ހަރުދަނާ އަދި އެންމެންގެ ހިތްތަކާ ކުޅެ އެންމެންގެ ލޯބި ހޯދާފައިވާ ނޫހެއް.

    11
    3
  2. ދަލީ

    ހުސް ވޯނަބީ މީހުން ރާއްޖޭގަ އުޅެނީ.. އެންމެ މާސްޓާރ ޝެފްކުވެސް ނުއުފެދޭ..

    11
    2
  3. ޥާންޗޯއިން

    އަދި ތިޔައްވުރެ ވެސް ދެފައި ދުރުކޮއްގެން ތިބޭ.