މިިދިޔަ ހުކުރު ދުވަހުގެ ހަވީރު އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު ކައިރިއަށް ކަނޑަށް ޖެއްސުމުން އަޑިއަށްދިޔަ ފްލައިޓް މޫދު އަޑިން ނަގައިފިއެވެ.

ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ބުނީ ކަނޑު އަޑީގައި އޮތް ބޯޓް ނަގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. މި ބޯޓު ނަގާފައި ވަނީ، ބާޖެއްގައި ގޮސް، ކްރޭނެއްގެ އެހީގައެވެ.

ކަނޑަށް ވެއްޓުނު ފްލައިޓް ނަގަނީ

ހުކުރު ދުވަހުގެ ހަވީރު 16:30 ގައި އިންޖީނު ފެއިލްވެގެން ޖެއްސި ބޯޓު ދުއްވަން އިނީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާއާއެކު އެ ބޯޓުގައި އިންޑިއާ އިންސްޓްރަކްޓަރެއް ހަރަކާތްތެރިވެފައިވެއެވެ.

މި ހާދިސާގައި ދެ މީހުންނަށްވެސް ހާނިކައެއްވެފައިނުވާއިރު، ބޯޓަށްވެސް މާބޮޑެތި ގެއްލުންތަކެއްވެފައެއް ނުވެއެވެ.

ބޯޓު ވެއްޓުނު ހާދިސާ އޭއޭއޭއިންނާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިހުސާނާ

    އަޅެ މަތިންދާބޯނޓު އަނޑިން ނެގިއިރުގެ ފޮޓޯ ތަކެއް ހިމަނާލި ނަމަ ވަރަށް ފައްކާ ވީހެއްނު!

    2
    2
  2. ހައިމާކު

    ހައިމާކަކުން ނަގާތަން ފެންނަނީ..ލިޔުމުގައި އިނީ ކެރޭނަކުން ނަގާކަމަށް

  3. ލޮލް

    އައިނު އަޅައިގެން ބަލާބަލަ..!