ހއ. މޮޅަދޫގައި ދިރިއުޅޭ ބިދޭސީން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރި ކުރުވައި ހޭލުންތެރިކުރުވުމަށާއި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.

މި ޕްރޮގްރާމްގައި ބިދޭސީންނާއި ގުޅުންހުރި މައްސަލަތަކާއި އެފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްކުރުމާއި މަސައްކަތުގެ މާހައުލުގައި ބިދޭސީންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ބިދޭސީންގެ ދަފްތަރު އެކުލަވާލުމަށްޓަކައި ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދާފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢު ތެރޭގައި އުޅޭ އިރު ބިދޭސީންގެ ފުށުން ކުރިމަތިވާ ޖިނާޢީ ކުށްތަކާއި އެކުށްތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢިބް

  ވަރަށް ރަގަޅު ކަމެއް. ރާއްޖޭގައި ނޫނީއްޔާ ބިދޭސީނަށް ބޭނުން ގޮތަކަށް އުޅެވޭ ގައުމެއް އޮތްތޯ ވަގުތުން ބަލާދީފައި ރިޕޯޓެއް ލިޔެދީބަ

  • ޜަމްޒީ

   ޙުރިހާ ރަށަކުން ވެސް ތިކަން ކުރުން މުހިއްމު އޭރުން ތި ބިދޭސީންގެ މައްސަލަ ކޮޅެއްގަޖައްސަން ފަސޭހަވާނެ ?️‍♂️?️‍♂️?️‍♂️?️‍♂️

 2. ޞސް

  ގުދަންތަކުގައި ވިޔަފާރި ހުއްދަ ނުނަގާ ގަވާއިދާއި ހިލާފަށް ބިދޭސީން ކުރަމުން ދާ ވިޔަފާރިތަށް މިހާރު ހައްދު ފަހަނަ އަޅަފި.

 3. ސަޓޯ

  ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަންސް މިއި ކީއްކުރާ ބައެއް. ރައްޔިތުންގެ މުސާރަ ކައިގެން ބޭކާރު ތަނެއް