ތ. ވޭމަންޑޫގައި ކުލަ ޖެހުމުގެ ތެރޭގައި ސިފައިންގެ މީހަކު އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ވިދާޅުވިގޮތުގައި، މި މައްސަލާގެ ތުހުމަތު ކުރެވެނީ 31 އަހަރުގެ މީހަކަށެވެ. އޭނާ ޖިންސީ ގޯނާ ކުރިކަމަށް ވަނީ 19 އަހަރުގެ އަންހެނަކަށެވެ. ފ
ފުލުހުން އިއްޔެ ވިދާޅުވީ، އިއްޔެ 14:50 ހާއިރު ތ.ވޭމަންޑޫގައި އަލްހާ ޢީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް ފިރިހެނަކު އަހަރުގެ އަންހެނަކާއި މެދު ބަދުއަޙްލާޤީ އަމަލު ހިންގި ކަމަށް ބުނެ ރޭ 19:50 ހާއިރު ފުލުހުންނަށް މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ތުހުމަތު ކުރެެވެނީ ސިފައިންގެ މީހަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
ވޭމަންޑޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ސިފައިންގެ މީހަކު ކުލަ އުނގުޅުމުގެ ތެރޭގައި އަންހެން މީހާގެ ޖިންސީ ގުނަވަންތަކުގައި ހިފި ކަމަށް އަންހެން މީހާގެ އާއިލާ އިން ބުނާ ކަމަށެވެ.
މިމައްސަލަ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ދަނީ ޤަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ތަޙްޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އީދުގެ ނަމުގައި ދެޖިންސު މައްސުނިވެގެން މިހެން ކުރާ ކަންކަމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫން ނަމަވެސް މިހާރު މިއީ އީދު ކުޅިވަރެއްކަމަށް ބައެއްގެ މީހުން ހަދާގެން އުޅޭ ކަމެއް
ބުންޖޭ ބުންޖޭ ކިޔައިގެން ހަބަރު ނުގެނިސް ދީ ބަލަ
އޭނަ ކަމެއް ނުކުރިޔަސް ޖެހޭތަ ހައްޔަރުކުރަން އަންހެން ކުއްޖާ ބުނި ބުނުމައް އެ އެމް އެން ޑީ އެފް މީހާއަށް ވެސް ބުނެވިދާނެ ތިމަންނަޔާ ބެހުނޭ ކިޔައިގެން މަސްއަލަ ހުޝައަޅާ
ތިފެންނަނީ ކުލަކުޅި ކުޅުނީމަ ނުޖުންނަ ނަތީޖާ. ކޮންމެވެސް ކަމެއްވީމަތާ ދީނުގައި އުފާކުރުންވެސް ހައްދެއްގެ ތެރޭގައި އޮންނަނީ! ހޭނަރާ ޒުވާނުން އަދިވެސް ކުލަކުޅިކުޅޭ އީދު އުފާ ފާޅުކުރުމޭ ކިޔާފަ.
ވަރަށް ޔަގީން ފަރާތަކުން މައުލޫމާތު ލިބޭގޮތުން އަންހެން ކުއްޖާގެ މޫނުގައި ފަހަތުން ގޮސް ކުލަ އުގުޅަން އުޅެނިކޮށް އެކުއްޖާ ގުދުވުމުން ފިރިހެން މީހާ އެކުއްޖާ ގައިގަ ޖެހިފައި ވެއްޓުނީ..އެކަމެއް ހިނގައި ދިޔައީ ރަށުގެ ބޮޑު މަގުމަތީ މެންދުރު ބައިވަރު މީހުން ކުރިމަތީ..ތިކަންތައް ބޮޑުކޮށްލީ އަންހެން މީހާގެ މަންމަ ކުއްޖާ ކައިރީ ފިރިހެން މީހާ މާފަށް އެދެފިކަމަށް...އީދެއްގައި ވެސް އަންހެން ފިރިހެން އެކުގައި ކުޅޭ ކުޅިވަރު ނުކުޅެން އަންގަވާފައި އޮތީ..މުންކަރާތަކަށް މަގުފައިވާނެތީ..ވަގުތުން އުޅެނީ އަބަދު ހައްޔަރު ނުކޮށްގެން..ކްރިމިނަލް ޖަސްޓިސް ސިސްޓަމް މިޜާއްޖޭ މިހާރު އިންނަގޮތުން ކޮންމެ މައްސަލައެއްގައި ހައްޔަރުކުރަން ނުޖެހޭ..އެކަމު މައްސަލަ އެއިންނަ ގޮތަށް ކުރިޔައް ގެންދަން..އެހެންކަމުން މުޖުތަމަޢުގައި ފިތުނަ އުފެދި ހަޤީޤަތް ބުނި ބުނި ކިޔައިގެން ހީތަކަށް ވާހަކަ ދެއްކުމަކީ ނަހީ ކުރައްވާފައިވާ ޝައިތާނީ އަމަލެއް..