މާފަންނުގައި ހަދަމުންދާ އިމާރާތަކަށް އަރަން އުޅުމުގެ ތެރޭގައި، އެ އިމާރާތުގެ ފަސް ވަނަ ފަންގިފިލާގެ ވައިގޮޅިން ދެވަނަ ފަންގިފިލާއަށް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ 40 އަހަރުގެ ފިރިހެނަކަށެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ އެ އިމާރާތަށް އަރާފައި ވަނީ، އެ އިމާރާތުގައި މަސައްކަތް ކުރަމުންދާއިރު،އަޑުގަދަވާތީ އެކަމާއި ހިތްހަމަނުޖެހިގެން ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ މީހާއަކީ ހަދަމުންދާ އިމާރާތާއި ޖެހިގެން ހުރި ގޭގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށެވެ.

މިިއަދު ހެނދުނު 10:15 ހާއިރު ފުލުހުންގެ ސަމާލުކަަމަށް މިކަން ގެނައިރު، ވެއްޓުނު އެ މީހާގެ ބޭރުފުށުން މާބޮޑު އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދީފައިވާކަަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ހާދިސާގައި ވައިގޮޅީގައި އިން އައުޓްޑޯ ދެ ޔުނިޓަށް ގެއްލުންވިކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަހަ

    ޙަހަ

  2. ޢަހްމަދު

    ހުންނާނީ ކަށިހިތްވަރު ދެއްކިފަ. އޭނާ ސިއްރުން އެގެއަށް ވަން މަގުސަދު އެގެނީ ކާކަށް. ޢެގެއަށް ވަދެފަ އެވަނީ ގާނޫނާ ޚިލާފަށް. އެކަމުގަ ފުލުހުން އޭނާގެމައްޗަށް ދައުވާ ކުރަންޖެހޭނެ. ނޫންނަމަ އެއީ ފެއިލްވުމެއް.