މާލޭގައި ސައިކަލެއްގައި ދިޔަ ދެ މީހަކު ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގެންފިއެވެ.
ފުލުހުން ވިދާޅުވީ، އަމީނީމަގު ސްޓެލްކޯ ކައިރީގައި ހުރި ބިދޭސީއެއްގެ އަތުން، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޯނު ފޭރިގެންފައިވާ ކަމަށް ބުނެ މިރޭ 19:19 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއްް ނުވެއެވެ.
މިހާރަކަށް އައިސް އަނެއްކާވެސް މާލެ ތެރޭގައި ވައްކަމާއި ފޭރުން ވަނީ އިތުރުވެފައެވެ.
ޕޮލިސް ފެއިލް، ޕޮލިސް ކޮމިޝަނަރ ފެއިލް ،އިމްރާން ފެއިލް، އިބޫ ފެއިލް ، މަޖްލިސް ފެއިލް އެންޑް ފައިނަލީ ސަރުކާރު ފެއިލް.
ސައިކަލެއްގަ ދިޔަ ދެ ދިވެހިން ބިދޭސީއަކު އަތުން ފޭރިގެންފި ކާކު މައްސަލަ؟
ޕޮލިހުންގެމައްސަލަ.. ހޫއެލްސެސް؟؟ ވާޖިބު ރަނގަޅަށް އަދާކުރެވޭނަމަ މިކަލަހަ ކަންތައްތައް ނިސްބަތުން މަދުވީސް..
ފޭރޭސަރުކާރު ބޭކާރު ޕޮލިހުން އިމްރާނު އިސްތިއުފާ