މާލޭގައި ޒުވާނަކަށް ބިރުދައްކައިގެން އޭޓީއެމްއަކަށް ގެންގޮސް އޭނާގެ އެކައުންޓުގައި ހުރި ލާރިކޮޅު ދެމީހަކު ވެގެން ނަަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖަމާލުއްދީން ސްކޫލް ކައިރީގައި މިއަދު ހަވީރު ހުރި 18 އަހަރުގެ ފިރިހެނަކަށް ދެ މީހަކު ބިރުދައްކައިގެން، އޮލިމްޕަސް ކައިރީ ހުރި އޭޓީއެމްއަށް ގެންގޮސް އޭނާގެ އެކައުންްޓްގައި ހުރި 1700 ރުފިޔާ ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 19:19 ހާއިރުއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.
ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ފާއިތުވި އަށެއްކަ މަސް ދުވަސް ތެރޭގައި މާލޭ މަގުމަތިން ވެސް އެތައް މިލިއަން ރުފިޔާއެއް އެކި ފަހަރުމަތިން ފޭރިފައިވެއެވެ. ނަމަވެސް އޭގެތެރެއިން ފުލުހުންނަށް ހޯދިފައި ވަނީ ވަރަށް މަދު އަދަދެއްގެ ފައިސާއެވެ. ގިނަ މައްސަލަތަކުގައި ބައިވެރިވާ މީހުން ވެސް ފުލުހުންނަކަށް ނުހޯދުނެވެ.
އެގަންޖާ 19
19 ކަންތައް
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެނިމުނީ.
19 19 ތިވާނީ އެމްޑީޕީގެ ގްރޫޕަކަށް ތިޔައީ އެޖެންޑާ 19ގެދަށުން ހިންގި ބޮޑުޖަރީމާއެއް ޖަޒީރާ ރައީސް ޒިންމާނަނަގަވަންޖެހޭނެ
ސޭމް އޯލްޑް؛ ޕޮލިސް ފެއިލް، ޕޮލިސް ކޮމިޝަނަރ ފެއިލް ،އިމްރާން ފެއިލް، އިބޫ ފެއިލް ، މަޖްލިސް ފެއިލް އެންޑް ފައިނަލީ ސަރުކާރު ފެއިލް.
ކަމެއް ގޯސްކޮށް ވެއްޖެޔާ އެމް ޑީ ޕީ ޒިންމާ ނަގަން ޖެހޭނެތަ..ކިހާ ދެރަކަމެއް މީ.. ސީދާ ަ އަންނި އާ އިބޫ އާއި ދެމީހުން ގެ ސަބަބުން ގައުމުގެ މަސްލަހަތު ގެއްލޭކަން ގަބޫލުވެސް ކުރަން. އަންނި މި ގައުމުން ބޭރުކުރަން ވީ ލާދީނީ ގަންޖާ..
72 މިލިއަނަށް އެއްކޮށް އިތުރު ކޮށްލީ. ވަގު ސަރުކާރު. ފޭރޭ ސަރުކާރު. ބާޣީ ސަރުކާރު. ޓެރަރިސްޓު ސަރުކާރު. ބޮޑު މުސީބާތެއް.
ޠަޅާ ތިރި ެ. ޢަރުވާލަބަލަ
ފުލުހުންގެ ބޭނުމެއްނެތް އެއީބޭކާރު ބަޔެއް ވައްކަންކުރާމީހުން ފޭރޭމީހުން ރަތްޔަތުން ނިކުމެ ޖެހެނީފުޑާލަން އެނުންގޮތަކައް ހައްލެއްނެތް
ސޭމް އޯލްޑް؛ ޕޮލިސް ފެއިލް، ޕޮލިސް ކޮމިޝަނަރ ފެއިލް ،އިމްރާން ފެއިލް، އިބޫ ފެއިލް ، މަޖްލިސް ފެއިލް އެންޑް ފައިނަލީ ސަރުކާރު ފެއިލް.
އެއްވެސް ބޭފުޅަކު ތަޅާ ވާހަކަ ނުދައްކާ އޭރުން ފުލުހުންނަށް ހިއްވަރު ލިބޭނެ އެއީ އެއްގޮތަކަށް ވެސް ކޮއްގެން ވާނެކަމެއްނޫން
އެޖެންޑާ 19ގެ އެތެރެއިން ޖަލުގާތިބި ބޮޑެތިވަގުން މިތިބީ ރިށުރެއަށް ދޫކޮށްލާފާ.
މިސަރުކާރެއް އާފަހުން މިރާއްޖެ ނާމާން ބިރުވެތަނަކަށް ވެއްޖެ.
މިކަމަކުން ސަލާމަތެއް ވާކަށްވެސް ނެތް...