ޖަރުމަންވިލާތުގެ ފިރިހެނަކާއި ކައިވެނި ކުރި ދިވެހި ފިރިހެނެއް ކަމަށްވާ ނ.މާފަރު ސުހައިލް އަހްމަދު ދިވެހި ރައްޔިތުކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ގޮވާލައްވައިފިއެވެ.

ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިރިހެނަކާއި ކައިވެނި ކުރި ފިރިހެން މީހާގެ ދިވެހި ރައްޔިތުކަން ނިގުޅައިގަންނަން ކަމާބެހޭ ހުރިހާ އިދާރާއަކަށް ގޮވާލާ ކަމަށެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން މުސްލިމަކަށް ނޫން މީހަކަށް ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ.

އިސްލާމްދީން ދޫކޮށް މުރުތައްދުވާ މީހުންނަށް ދިވެހި ރައްޔިތުކަން ގެއްލޭ ގޮތައް ރާއްޖޭގެ ޤާނޫނުތައް އޮންނާތީ އެކަން ބަދަލު ކުރަން ޔޫރަޕްގެ އިއްތިހާދުން ބާރުއަޅަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ލިވާޠަކީ އެންމެ ބޮޑުވެގެންވާ އެއް ޖަރީމާ އެވެ. އެންމެ ހަޑިހުތުރުކަން ބޮޑު އެއް ފާފަ އެވެ. އެންމެ ނުބައިފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދުވަހަކުވެސް އެއްވެސް ގައުމެއްގެ މީހުންގެ މައްޗަށް ނުފޮނުއްވާ ވަރުގެ ވަރުގަދަ ކޯފާ އާއި ޢަޛާބު ލިވާޠު ކުރަމުން ދިޔަ ގައުމެއްގެ މީހުންގެ މައްޗަށް ފޮނުއްވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެން އެފަދަ ނުބައި ކަންތަކުން ދުރުހެލި ކުރައްވާ ސަލާމަތް ކުރައްވާށިއެވެ.

ސުހައިލް ފިރިހެނަކާއި ކައިވެނި ކުރުމުން އެކަން ކުށްވެރިކޮށް ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގުން ރާއްޖޭގައި ވެސް ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކަމާއި ދެކޮޅަށް، ރަސްމީ އެއްވެސް އިދާރާއަކުން އެއްވެސް މަަސައްކަތެއް ނުކުރާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ދދދދދދ

  ތިކަން ނުކުރާނެކަމުގެ ޔަގީންކަން މަޖިލިސް ބޮޑުމީހާ ބޮޑު ވަގު ބާޣީ ޓެެރަރިސްޓް އޮންނާނީ ދީފަ. ތިކަމެއް ނުވާނެ.އް.

  140
  14
 2. އަފިރިންގެ ޚިޔާލް

  ހޫނ ... އެޖެންޑާ 19 ސޮޑްވެފަ ފޮނިވެފަ ލާދީނީވެފަ.... ޝިފާޒްގެ ނިޔަތް ރަގަޅުވިޔަސް ނުވިޔަސް ދީނުގެ ހައްގުގައި މިފަދަ ބަހެއް ބުނެ ތެދުވީތީ ވ ރަގަޅު،.. ރައްޔިތުންފޭރިގަންނަހެން އަމިއްލަޔަށް މުސާރަ ބޮޑްކޮށް، ތިމާމެންނަކީ މާމަތީ ބަޔެއްކަމަށް ޤަބޫލްކުރާ 87 މެންބަރުންގެ ތެރެއިން ޝިފާޒް ނޫނީ ޗުޕުއޭ ބުނަންވެސް ނުކެރިތިބުމީ ދީނަށްވުރެ މާއްދިއްޔަތު ދެކެ ލޯބިވެ ޤައުމިއްޔަތާއި، އިސްލާމްދީން އޮޔާދިޔަ ނަމަވެސް ހަމަ އޯކޭވުން، ތިއީ ރައްޔިތުންގެ މަޖްލިސް ،،، ތިތަނުގައި ނާޗަރަންގީ ކުޅޭ ބައެއް މީހުން ތިތަނުން ނުކުންނަންޖެހޭނެ،،، ދިވެހިންތެދުވެ ކެރުމާއެކީ މިޚޮދު މުޚުތާރު، ޖައްބާރު، ވެރިން ސައިޒްކުރަންޖެހޭ... ރައްޔިތުންނޭވެ، ފިތާވަރަކަށް މަޑުންތިބޭނަމަ ހަމަ ކާނީ ފަހަށްވެ ވެލި....

  141
  12
 3. އަލީ

  މަވެސް ތާއީދު ތިކަމަށް

  142
  10
 4. މީވެސް ގަމާރުންބާ

  ތިވާހަކަ ލިޔުން އެއީމާހުތުރު މުޑުދާރު އަމަލެއް!

  27
  143
  • ގަމާރީ ކާކުކަމެއް ނޭނގުނު

   ޙައްޤު ބަސް ބުނުމަކީ އަދި ޙައްޤު ގޮތް ސާފުކޮށްދިނުމަކީ ހަޑިހުތުރު ކަމެއްނޫން

   63
   2
 5. ފަހު ފުރުސަތު

  މެމްބަރުންތެރޭގައި އަނެއްކާ ނެތްތަ ފްރާންސް ފިރިހެނަކާއި އިނދެގެން އުޅޭ މީހެއް.

  99
  7
 6. ހާމިދު ޝާހިދު

  ފުރަތަމ އެޖެންޑާ 19 ގައިވެސް އެބަ އޮތް "ސޮޑޮމީ" ކުރިއެރުވުން. އެކަމަށް ވާގިވެރިވާ ގޮތައް ކަންކަން ބައްޓަންކުރުމަށް ބާރު އަޅާފައިވޭ. މިއީކީ ދޮގެއްނޫން. މިވަރުކަމެއް ވެގެން މިހާ ދުވަސްވީއިރުވެސް، ސަރުކާރުން ނެރޭނެ ސްޓޭޓްމެންޓެއް އަދި ފެންނާކަށް ނެތް. އަދިވެސް އަންނިއާއި، އިބޫ ސޯލިހު މުލިއާގެ އުނދޯލީގައި ތިބެގެން ސައްލާ ކުރަނީ.

  75
  5
 7. ހާމިދު ޝާހިދު

  ވަރަށް ޖޯޖް މައިކަލްވެފައި ދޯ މީނާ މިހުންނަނީ. ބަލާބަލަ އެހެރަ ފުނާ އެޅުމެއް. އިސްމާއީލް ވަޖީހު މިކަމާ މެދު ބުނަނީ ކީކޭބާ..!

  70
  4
 8. ގޮއްރީނދޫ

  ދެން އަތްޖަހާ ، ބާރަށް އަތްޖަހާ މި އޮތީ މަމެން ގެނާ ހެޔޮވެރިކަން ، ކޮބައި ތޯ އެއްކަލަ ސޭކުން ، އިމްރާން ޚާން ، ސޭކް އިއްލޭ ، ވެރިކަމުގެ މަސްތުގައި ޖެހިފަ ، ދުނިޔަވީ މަދު ލާރި ކޮޅަކަށް ދީން އެއްފަރާތް ކޮށްލީ ތޯ؟މިކަހަލުގެ ސޭކުން ތަކެއް އުފެދިގެން ، ސުޕެއިންގަ އޮތް އިސްލާމީ ހަޝާރާތް ވެސް ފުޑުފުޑުވީ ،އެޖެންޑާ ލިވާތު ކާވެނި ކުރާއިރު ، ކޮލޯމެން މެން އަޅެފަހެ އެއްޗެކޭ ނުބުނާނަން ތަ؟ ސަރުކާރުވެސް ބީރު ، ސޭކުން ވެސް ބީރު ، ލިވާތު އެޖެންޑާ މެކުހަށް .

  74
  7
 9. ބޭބެ

  މިހާރު މިރާއްޖޭގައި އެއްޖިންސުން ގުޅުންހިންގާ މީހުންވަރަށްގިނަ އޭގެތެރޭގައި ފިރިހެނުންވެސް އަންހެނުންވެސް ހިމްނޭ މިގޮތުން އަތޮޅު ދެރަށެެއްގެ ދެ އަންހެނަކުވެސް އިނދެގެން އުޅޭފަދައިން އެކުގައި ދިރިއުޅެ ގުޅުން ހިންގަމުން އެބަގެންދޭ އަދި މިދެންނެވި ދެ އަންހެނުންވެސް އެއީ އެޖެންޑާ 19 އަށް ފުރިހަމައަށް ތާއިދުކުރާ ދެމީހުން

  58
  3
 10. ޙައްވަ

  ތިމުޑުދާރު މީހާގެ ރައްޔިތުކަން ނިގުޅައިގަތުމަށް ހުރިހާ މެމްބަރުންވެސް ތާއީދު ކުރަން ޖެހޭނެ.

  93
  7
 11. ސދ

  ތިކަހަލަ ދިވެހި ރައްޔިތުކަމުން ވަކިކުރަން ޖެހިފަތިބި އެތަކެއް ބައެއް އެބަތިބި.

  75
  4
 12. ޢަހުރެން

  މިއީ ޖޯކު ޖެހުމައްވުރެ ސީރިއަސް ކަމެއް..މިކަމުގެ ފިޔަވަޅު ނޭޅިއްޖެ ނަމަ މިފަދަ ތަފާތު ކަންކަން މިކަމުގެ މަތި އަޅުވާ ކުރާނެ

  68
  1
 13. އެދުރުބެ

  އަންނި ގެ ބަސް ވިކޭ ހިނދެއްގައި ތިކަމެއް ނުވާނެ

  54
  3
 14. އައިސީ

  ބަލަހައްޓައިގެން ހުރެ ޖަހަންނަމަޔާދިމާލަށް ދިޔައީދޯ؟ އަދިވެސް ތައުބާގެދޮރެއް ބަންދެއްނުވޭ!

  62
  4
 15. 100% މުސްލިމު އެކަމު އެއްމެ މެމްބަރަކު

  100% މުސްލިމުން އުޅޭ ގައުމެއް ކަމަށް ދަޢުވާ ކުރާއިރު، އެއްޖިންސުން ކައިވެނިކޮށް ސެޓްފިކެޓް ހޯދުމާއި އިދިކޮޅަށް ހަމައެކަނި ޓުވީޓެއްގެ މިންވަރުކޮއްލީވެސް ހަމަ އެންމެ މެމްބަރެއް.
  އެޖެންޑާ 19 އިގެ ދަށުން އެއްޖިންސު ކަންތައްގަނޑު ކުއްވެރިއެއް ނުކުރާނެ. މިއީ އެޖެންޑާ 19 އިގެ ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމެއް. އެއްޖިންސާއި އެއްކޮޅަށް ބަޔާނެއް ސަރުކާރުން ނުނެރޭނެއެކޭ އެއް ނޫން. ދީނަށް ފުރައްސާރަކުރާ މީހަކަށް ބަޔަކު ގެއްލުން ދީފިނަމަ ވަރަށް ވަރުގަދައަށް ތަހުޤީޤގު ކޮށް އިންޑިއާގެ އެހީއާއި އެކު އެމީހަކަށް އިންސާނީ ހައްގުތަކާއި ޖަނަވާރީ ހައްގުތައްވެސް ހޯދާދޭނެ.

  31
  2
 16. މުހައްމަދު

  ކޮބާތަ މިސަރުކާރު ހިސޯރުކޮށްގެން އަދާލަތު ޕާޓީހަދާއިގެން މާދީންވެރިވެގެން އުޅޭ ބާއިގަންޑު.
  ވެރިކަން ބޭނުންވަރުން ޗުއްޕުވެސް ބުނަން ނުކެރިފާ...

  32
  2
 17. ސަޓޯ

  ނުކުރާނެ... އިބުރޭ އަންނި ވެސް ސަޕޯރޓް ވިއްޔަ. އެވެސް އެއްކަހަލަ ދޭތި!!

  21
  2
 18. އާމިނަ

  ސާބަހޭ މެންބަރު ތިބޭފުޅާއަށް ވީވަރުވެސް މިގައުމުގެ ޝޭޚުން ކިޔާބަޔަކަށް.އިސްލާމިކް މިނިސްޓްރީއަށް ނުވި.އެންމެ ކުޑަމިނުން ފުލުހުން ބުނާހެން އިތުރަށް ތަޙްގީގު ކުރަނީއޭވެސް ބުނެފާ ޓްވީޓެއް އެއްޗެއްވެސް ނުކުރި. ސިޔާސީ ކަމެއް ވިއްޔަ ދީނީ މީހުން ވެސް ފިސާރި ފޯރި އަރުވާނެ
  ވެރިކަން ވެއްޓިދާނެތީ.ތިމެމްބަރަށް ހަމަ އައްސަރި ބަހުން ސާބަސް.

  22
  2
 19. އަންތަރީސް

  ވެރިކަންލިބުނީމައި، ލިބުނުބާރުގެ ބޭނުންކޮށްގެން ދެމީހަކު މުޅިޤައުމު ފުޅިއްސާލީމަވެސް ވީކަމެއްނެތް. އެހެންވީމަ ތިކަމަށްވާނީ ކިހިނެތް! އަންތަރީސްވޭ!
  ކޮންމެ ދިވެހި ރަޢިއްޔަތަކީ މުސްލިމެއްކަމުގައި ކަނޑައަޅާފައޮންނަ ޤާނޫނުގަދޯ އޮންނަނީވެސް ކޮންމެ ދިވެހި މަޔަކަށާއި ބަފަޔަކަށްލިބޭދަރި ދިވެހިރައްޔިތަކަށްވާނެވާހަވެސް ދޯ! އަންތަރީސް! ޝިފާޢުމެން ޤާނޫނުން ބަލަނީ ބޭނުންވާ ތަންކޮޅުބާ؟

  10
  7
 20. ބާރީ

  އެޖެންޑާ 19 އަކީ އެއްޖިންސުން ގުޅުން ހިންގުމުގެ ޕްލޭނެއް. އަދި ހުރިހާ ދީނެއް ބުދު ދީނާއެކު އަންނާނެ ވަރަށް އަވަހަށް.

  23
  3
 21. gui

  Miothy kanthakaa laiganefa

  13
  1
 22. ދިވެހި މީހާ

  ތިކަމަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ. ޢެފަދަ މީހަކަށް ދިވެހި ރައްޔިތެއްގެ ގޮތުގައި ނިސްބަތްކުރެވިގެން ނުވާނެ. ޝިފާޢުގެ ވާހަކައަށް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރަން.

  25
  2
 23. ތިންކް

  މީނަ އެކަންޏެއް ނުން ފިރިހެނަކާ ޝާދީ ކުރީ!! މަ ދަންނަ 3 ދިވެހި ބޯއި އަކު އެބައުޅޭ އޮސްޓުރޭލިޔާ، އެމެރިކާ އަދި ސްވިސް ގަ އެތަންތާ ފިރިހެނުން ނާ ކައިވެނި ކޮއްގެން! އާ ކަމެއް ނުން ތީ! އެކަމް އެއް ފްރެންޑަކު އޭނަގެ ފެމިލީ އަށް ޓަކާ ބޯއި އަކާ ނީދެ ރާއްޖެ އަިސް ރާއްޖޭގެ މާހައުލު އޭނަ އށް ކަމުނުދާތީ ހަކުރު ގެ ތެރެއަށް އަރަގު ވެގެން އެބައުޅޭ.. ފިރިހެނުންނާ ހިތާ ވާ ގިނަ ޒުވާނުން މަސްތުވާ ތަކެއްޗައް ދޭ ހިތްހަމަނުޖެހިގެން

  6
  4
 24. ހުވަދޫޫބައްޑާ

  މަޖްލިހުގަވެސް ތިކަހަލަ މީހަކު އެބައިންކަމަށް ބަޔަކު އެބަކިޔާ. އެއީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅަށް ނިސްބަތްވާ މެމްބަރެކޯ. ދެން މަޖްލިހުން ތިކަމެއްނުކުރާނެ. އެއީ ފްރާންސް މީހަކާއިކަމަށްބުނަނީ. މަށަކަށް ނޭގޭ. މީހުން ކިޔާތީ ބުނެލީ

 25. މަނިކު

  ރައްވެހިކަން ވަކިކޮއްފާނެ ކަމަކައްގަބޫލެއް ނުކުރެވޭ ތިކަމުގާ އަށްނިގެއަތެއްވާނެ

  12
  1
 26. އޙްމަދް

  އެޖެންޑާ19 ކާމިޔާބު ކަމާއިއެކު ބާރަށް ކުރިއަށް

  9
  4
 27. އަހުމަދު

  އެއްޖިންސުން ގުޅުން ހިންގުމަކީ މީހަކު މުރުތައްދު ވާކަމެއްތަ؟ އެއީ ބޮޑު ފާފައެއް. އެކަމަކު އެއީ ހަލާލު ކަމެކޭ ބުނާ މީހަކު މުރުތައްދު ވާނެ.ﷲ ހަރާމް ކުރެއްވި ކަންތައް ހުއްދަ ކުރާ މީހުން އޭނަ އަށް ވުރެ ނުބައި. ﷲގެ ހުކުމް ބަދަލު ކޮށް އެމީހަކު ބޭނުން ގޮތަކަށް ހުކުމް ކުރަނީ ރާއްޖޭގަ ވެސް. ކަލޭމެން ޑިމޮކްރަސީ އަށް ގެއްލި މީހާ މުރުތައްދު ވަނީ ކިހަނެއް ކމެއް ވެސް ނޭގޭ

  14
  • ޟިމު

   ލޮލް.. ކޮންބަލާ އެއް....!!!!

   7
   2
 28. ހަސަންބެ

  އިހަވަންދޫ
  ދާއިރާގެ މެމްބަރ
  މުހަންމަދު ޝިފާއު
  މާތްވެގެންވާ އިސްލާމް ދީނާ އި
  ދިވެހިޤައުމުގެ ރައްޔިތުންގެ ޙަޤްގައި
  މަރުހަބާ ދަންނަވަން.

  22
  3
 29. މޯދީ

  އެޖެންޑާ 19ގެ ދަށުން ކިހިނެއްތޯ
  މިހައްޤު ނުދީ ފި ނަމަ އެކުވެރިން
  ދެކޮޅުވާނެ.

  9
  2
 30. ޝައުމް

  އިސްލާމް ދީނުގައި ﷲ ޙަރާމް ކުރެއްވި ހަޑުހުތުރު ޢަމަލެއްކަމަށްވާ ޒިނޭ ކުރާ މީހުންވެސް ދިވެހި ރައްޔިތު ކަމުން ވަކިކުރުމަކީ ވަރަށް ރަނގަޅުކަމެއް ! ލިވާތު ކުރާމީހުނަށް ވުރެ ޒިނޭ ކުރާ މީހުންގެ އާބާދީ 100 ގުނަ އިތުރު

  8
  3
 31. ބޮޑު ހަސްންބެ

  މަޖިލީހުގެ މެންބަރުން ތިހެންބުނާއިރު ޅަ ފިރިހެންކުދިނައް ފައިސާދީގެން ބަދުއަހުލާގީ އަމަލު ހިންގާ މަޖިލިސް މެންބަރުންނާއި ސިޔާސީ ފަރާތްތަކުން ގައުމުން ބޭރުކުރަންޖެހޭ. މިހެން މި ކޮމެންޓް ކުރިއަސް އެކަމާ އަޅާނުލާނެކަން އެންގޭ. އެކަމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއް އަޅުގަނޑަކީ. ގިނަ ސިޔާސީ މީހުން މިހާރު ޓާގެޓަކީ ޅަ ފިރިހެންކުދިން. މިކަމާ އަޑު އުފުލާނެ މީހެއްނުވާނެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވާ ފިރިހެނުން ވަރަށްގިނަ. އަޅުގަނޑު އެކަމުގެ ޝިކާރައަކަށް ވީސުރެން ފަށައިގެން ދިރިއުޅުން ވަރަށް ދަތިހާލުގަ މި އުޅެނީ،. އެންކުދިން މިކަމުން ސަލާމަތް ކޮއްދެއްވާ.

  5
  1
 32. މުރާދު

  ތިކަމަކީ ދީނާޚިލާފް މިބާވަތުގެ ނުބައިޢަމަލުހިންގާފަރާތަކަށް ދިނުމަށްރަގަޅުއަދަބެއް ތިކަމަށް
  އިސްލާމެއްގެހައިސިއްޔަތުން، ދިވެހިދަރިއެއްގެ ހައިސިއްޔަތުން ތާއީދުކުރަން ނަމަވެސް މަޖިލީހުގެ
  މެޖޯރިޓީމިހާރުއޮތްގޮތުންނާ ކުރެއްވިކުށަކަށް 13 އަހަރުގެ ޖަލުހުކުމެއްއައިސްފައިފާފަރާތެއް
  މަޖިލީހުގެ ރައީސަަކަށްހުންނެވުމުން ތިކަންވާނެކަމަށް ވަރަށްނުބެލެވޭ ކަށްޗަށްއެޅުނު ބިންގަލެއް
  ކެއްޗާހަަމައަށްއުފުލުނަސް ސީދާނުވާނެކަންމިއީ ދިވެހިރަށްޔިތުން ވަަރަށްވިސްނަންޖެހިލައްވާކަމެއް
  ވަގުތުފާއިތުވެއްޖެނަމަކުރެވޭނެކަމެއް ނޯންނާނެކަންވިސްނަވާ

 33. ތިކަމަށް ތާޢީދު

  މިފަދަ މީހުން މިފަސްގަނޑަށް އަރައިފިނަމަ ވަޤުތުން ހައްޔަރުކޮށް ދަޢުވާ އުފުލޭނެ ކަން ސަރުކާރުގެ ފަރާތުން، އެފަދަ މީހުންނަށް އަންގައި އަދި ޢާއްމުކޮށް އިޢުލާން ވެސް ކުރަންޖެހޭނެ އެވެ.

  5
  1
 34. މުރާދު

  ގާނޫއަސާސީގައިވާގޮތުން ތިކަަމަށްބާރުލިބޭ އެއީ މުސްލިމްފިރިހެނަކު ފިރިހެނަކާ ކާއިވެނިނުކުރާނެ އެއީ ﷲ ނަހީކުރައްވާފައިވާކަމެއް ވީމާ، މުސްލިމް ދިވެހިފިރިހެނަކު ތިބާވަތުގެކަމެއްކުރާނެކަމަކަށްނުބެލެވޭ ކުރުމުން އެއީ މުސްލިމް ދިވެހިދަރިއެއްތޯ ސުވާލުއުފެދޭ ސަރުކާރުންބައްލަވަންވީ ޔޫރަޕްއިއްތިހާދުން ބާރުއަޅާކަންތަކަށްނޫން ނަމަވެސް ދީނާޚިލާފް މިފަދަބޮޑުކަމެއް ދިވެހިގައުމަށް ނިސްބަތްވާފަރާތަކުން ހިންގުމުންވެސް އެކަމާގުޅިގެން އެއްޗެއްވިވާޅުވެލައްވާފައިނުވާކަމީ ހިތާމަކުރާކަމެއް ކަމާގުޅޭގޮތުން ކަމާބެހޭއެއްވެސްފަރާތަކުން ވާހަކަފުޅެއްވިދާޅުނުމުންމިއީ ފަރަންޖީން ރުއްސަން ކުރެއްވިކަމެއްކަމުގައިބެލުމުގެ ފުރުސަތު ވަރަށްބޮޑު ނަމަވެސްޔޫރަޕްގެއިއްތިހާދާ ހުރިހާފަރަންޖީންވެސް އުފެއްދެވީ އެއްފަރާތަކުން އެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ﷲ ލޮބުވެތި ދިވެހިދަރިންނޭ ވަގުތުފާއިތުވެއްޖެނަމަ ވަރަށްދެރަ
  ކަށްޗަށްއެޅުނުބިންގަލެއް ކެއްޗާހަމައަށްއުލުނަސް ސީދަލެއްނުވާނެ މިހެންމިބުނެލީ މަޖިލީހުގެ
  މެޖޯރިޓީ މިހާރުއޮތްގޮތުންނާ، ފާޅުކަންބޮޑުގޮތަކަށް ކުރެއްވިކުށަށް 13 އަހަރުގެ ޖަލުހުކުމެއް
  އައިސްފައިވާ ފަރާތެއް މަޖިލީހުގެ ރައީސަކަށް ހުންނެވުންއެއީ ދިވެހިރަށްޔިތުންގެތެރެއިން
  ބޭފުޅުންކޮޅެއް ކުރެއްވިކަމަކަށްވާތީ

  6
  1
 35. ދެރަކަމެއް

  ތިޔަބުނާ މީހާ ރާއްޖެއަށް އެތެރެކޮށްގެން ނުވާނެ. ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. މުޒާހާރާކުރާނަން. ޙަރާމް. ޙަރާމް! ސުބުޙާނަﷲ! ﷲ އަށް ބިރުވެތިވޭ..

 36. ފިނރުޓޭ

  ބަލަގަ މީ އެކާވީސް ޤަރުނުކަން ނޭނގޭ މީހުން އަދިވެސް ރާްއްޖޭގަ އެބަ އުޅޭ!

  2
  4
 37. ...

  ސުބުހާނަﷲ ... އޭނާ އަށް ތެދުމަގު ދައްކަވާށި...... އާމީން

  7
  2
 38. ގ

  ތިިމީހާގެ ދިވެހި ރައްޔިތުކަންވީ މިހާރުން މިހާރަށް އުވާލަން. ދުވަހަކުވެސް ރާއްޖެއަށް ނާދެވޭނެގޮތް ހަދާލާ. ތިއީ ދިވެހިންނަށް ހުރި ހުތުރެއް. މިހާރު ދިވެއްސެއްވެސް ނޫން ތިއީ. ގާނޫނީގޮތުންވެސް ފިޔަވަޅު އަޅަން ޖެހޭނެ

 39. ހަގީގަތް

  ގަބޫލުކުރިޔަސް ނުކުރިޔަސް ތީގެން ކޮންމެ ގެއެއްގެ ކޮންމެވެސް އެއްދަރިއެއް ވަނީ މިވަބާގެތެރެއައް ގޮސްޖެހި ށިކާރައަކައް ވެފަ. ޢެއްވެސް އިންސާނެއް އުފަންނުވާނެ ލިވާތަކައް. ގިނަފަހަރު ތީގެންކޮންމެ ދަރިއެއް ތިވަބާގެ ތެރެއައް ދަނީ މައިންބަފައިންގެ އިހުމާލުން ނޫނީ ކޮންމެވެސް ބޭބެ އެއް ވިސްނޭބޮޑު މީހެއް ވަނީ ތީގެންކޮންމެ ދަރިއެއް ކުޑައިރު އެބިސް ކޮއްފަ. ޏަތީޖާ އަކައް ވަނީ ބޮޑުވަމުން އަންނަ ވަރަކައް އެއީ ކޮންކަމެއްކަންބަލާ ހޯދުމުގެތެރެއިން އެކަމައް އިންޓްރެސްޓު އުފެދި އެކަން ކުރުމައް ނަފްސު ށައިތޯނާއައް ކިޔަމަންކަން ހޯދާ ޑީޕް އިންޓްރެސްޓަކައް ތިކަންތައްވެގެންދިއުން. އޭނާ ތިޑިސިށަންނަގަންޖެހޭނެ ވަރައްބޮޑު ސިއްރެއްވާނެ. އެތިވަރު ގޮވުމައްވުރެން އޭނާތިކަމުންސަލާމަތްކުރަން ކުރެވޭމަސައްކަތުގަ މާ ބަރަކާތްލައްވާނެ. ތައުބާއަކީ އޮތް އެއްޗެއް. ކަލޭމެންގެކޮންދަރިއެއް ކޮން ގެރެންޓީއެއްއޮތީ ސިއްރުން މިގަނޑު ނުގަންނަކަމެއް. މިސޮރުދިޔަހިސާބަތްދާންނުކެރޭނެ ކޮންމެ މީހަކައް ދުނިޔޭގެލަދައްވެސް.އެކަމަކު މިގަނޑުނުގަންނަ ދިވެހިޒުވާނަކު މަދު މިހާރު. ފުރަތަމަޓެސްޓަކައް. ފަހުން އޮންނަނީ ގައިގަހިފާފަ. ގިނަފަހަރު ދެކޮޅުބަލާލާއިރު ކޮންމެސްބޭބެއެއް އަންކަލްއެއް ހުންނަނީކުޑައިރު އަތްހާކާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެސޮރަތްމަގު ހުޅުވަދީފަ. މީހަގީގަތަކީ

  2
  1
 40. ވާވާމީތެދު

  ގެރެންޓީ އާއިލާނޫނީކޮންމެވެސް އަތެއްގެ ށިކާރައެއްގަ ޖެހިފައިން ސޮރަކައްތިވާނީ. ާ އާކަމެއްނޫންތީކި. ވަރައްގިނަތި. ފެނި އިނގޭނީ ތިހެންއުޅޭ ދެތިންސޮރެއް. އެންމެ ފިރިހެންކޮތްތިބޭމީހުންމިހާރު ތިގަނޑު ގަންނަނީ. ނޭނގޭނެތާ. ޙާއްސަކޮށް ބޯދިގު ޕާޓޭ ސްޓައިލް ކުދިންމިހާރު މާލޭގަ ތި ގަނޑު ގަންނަނީ ލޮލް

 41. ޖަވާރުވި

  ތިމައްސަލަ ބަލަންޖެހޭ! އޭނާއަށް ޝަރީއަތް ހިންގަންޖެހޭ! އެހެން ނޫނީ ރައްޔިތުކަން އަތުލަންޖެހޭ.