އިންޑިއާ އިން މިއަދު ފާހަގަ ކުރަމުން ގެންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން މިއަދު ފާޑުވިދާޅުވެއްޖެއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ޖައްމޫ އާއި ކަޝްމީރުން އިންޓަނެޓް ކަނޑާލާ، ވިޔަފާރިތައް ކުރުން މަނާކޮށްފައި އޮތްކަން ފާހަގަ ކުރައްވާ ވިދާޅުވީ އިންޑިއާގެ ސަލާމަތީ ބާރުތަކުން ޖައްމޫ އާއި ކަޝްމީރުގެ ބިމަށް ވެރިވެގެންފައިވާ ކަމަށެވެ.

"ރައްޔިތުން ކާނެ އެއްޗެއް ނެތިގެންނާއި ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން މަރުވަނީ. މިއީތޯ އިންޑިއާ އިން ފަހުރުވެރިކަމާއި އެކު ޕްރޮމޯޓް ކުރާ ޑިމޮކްރަސީއަކީ؟" ދުންޔާ ވިދާޅުވިއެވެ.

އިންޑިއާގެ މިނިވަންދުވަހާއި ގުޅުވައިގެން ދުންޔާ މިޓްވީޓް ކުރެއްވިއިރު އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފައި ނުވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އިއްޔެ ފާހަގަ ކުރި ޕާކިސްތާންގެ މިނިވަން ދުވަހާއި ގުޅިގެން ޕާކިސްތާނަށް މަރުޙަބާ ވިދާޅުވެ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވަނީ ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ދެމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޖައްމޫ އާއި ކަޝްމީރުގެ މައްސަލައިގައި ދުންޔާގެ ފާޑުކިޔުން އިންޑިއާ ސަރުކާރަށް އަމާޒުވިއިރު އެސަރަހައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ. ކަޝްމީރުގެ މަސްރަހު ހޫނުވެފައި ވަނީ ސްޓޭޓެއްގެ ދަރަޖަ އިން ޓެރިޓަރީއެއްގެ ދަރަޖައަށް ކަޝްމީރު ބަދަލުކޮށް އެސަރަހައްދުގައި ހިންދޫ އާބާދު ކުރަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ.

ކަޝްމީރުގައި ކާފިއު އިއުލާން ކޮށްފައި އޮންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު ކާބޯތަކެތި ހުސްވެ، އެސަރަހައްދުގެ ރައްޔިތުންނަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސިކަންދަރު

    ކަމަނާ، ތިވަރު ކޮށްލި ކަމުގެ ހިތްވަރު ހުރީތީ ޝުކުރިއްޔާ!

    98
    • ދޮގެއް؟

      ދުންޔާ އަކީ މި ގައުމު ދުށް އެންމެ ވަރުގަދަ އެންމެ ހަރުދަނާ އެއް ޚާރިޖީ ވަޒީރު. މިހާރު ކަންކަން ހަވާލު ކޮށްފަ މިތިބަ ނާގާބިލު މީހުން ލަދުގަންނަން ޖެހޭނެ.

  2. ޙުސެއިން

    ޓތީ ވަރައްބޮޑު ތެދެއް ދުންޔާ

    65
  3. ނައިފަރޭ

    ތިކަމުގައި ތިބޭފުޅާގެ އައްޕަ ވިދާޅުވަނީ ކީކޭތޯ ވެސް ބަލާލަން ޖެހޭ ތިތިބީ ކުޑަ ލާރި ކޮޅަކައް މުޅި އާއިލާ ވިކިފަ މިޔަދު ތިބޭފުޅާ ޓުވިޓެއް ކުރިޔަކަސް ނުފުދޭނެ ގައުމު މިހާލަކަށް ވައްޓާލީ ތިބޭފުޅާ ޔާ ތިބޭފުޅާގެ އައްމަ ޔާ އައްޕަ ޔާ ތިބޭފުޅާގެ ޢައިލާގެ ދެންތިބި މީހުން.

    33
    6
  4. ބޯހަލާކު

    ދެންކަމަނާވެސް ދައްކާނެވާހަކައެއްނޯއްނާނެ ބަފާބުނެގެން އިންޑިޔާއަށްގޮސް ޔާމީން ވެރިކަމުން ބާލަން ހުރިހާ ސަކަރާތެއްގަބައިވެރިވެ ގައުމުވެސް އަޅުވެތިކުރުމުގަ...ދެންމޮޅުވާހަކަ ނުދައްކަވާ.

    31
    5
  5. ކައްޑޭ

    މިސަރުކާރުގަ އުޅޭ އެއްވެސް މީހަކަށް ނުކެރޭނެ އެވަރުވެސް ކޮށްލާކަށް.

    38
    1
  6. ތަހުތު

    ކަމަނާހޭބަލިނުވެބަލަ ކަމަނާތިބޭނުންވަނީއެކަހަލަޑިމަކުރެސީއެއްނު

    14
    14
  7. ދިވެހި މީހާ

    ދުންޔާގެ ހިތްވަރަށް ހަމަ ސާބަހާއި އައްސަރިބަސް. ޢަޅުގަނޑުމެންފަދަ ކުޑަކުޑަ ގައުމެއްގެ ރައްޔިތަކަށް ތިހާވަރު ކުރެވޭނީވެސް ވަރަށް ގަޓު ހުރެގެގެން.

    35
    1
  8. މޯދީ

    މަރުތަން ފީޒުކުރާ ކޮމިސަނުގެ ރައީސް ހުސްނުސޫ
    ވިދާޅުވަނީ ރިޅުވާ މަރާލިމީހުން ހޯދެވިއްޖެއް ކަށާއެމީހު
    މިހާރުތިއް ބެވީޖަލުގެ ގޮޅިތަކުގަކަމައް އެބޭފުޅާވިދާޅުވެއްޖެއް
    އަަލުގަޑު ގެފަރާތުން މަރުތަންފީޒު ކުރާކޮމިސަން ގެރައީސައް
    މަރުހަކިޔަން މިފަދަ މަރުތައްމަރާމީހުން ހިފާހަތްޔަރުކޮއް
    އެމީހުންނައް ހައްގުއަަބު ދެމުން ގެންދަވާތީ