މަޝްހޫރު ލަވަކިއުންތެރިޔާ ޖެނިފާ ލޮޕޭޒް މިސްރުގައި ނިވާ ކަން ކުޑަ ހެދުން އަޅައިގެން ލަވަކީ މައްސަލަ ހޫނުވެއްޖެއެވެ.

‎ހުުކުރު ދުވަހު މިސްރުގައި ކުރިއަށް ދިޔަ މިޝޯ އަކީ ޖެނީފާގެ ފުރަތަމަ ޝޯއެވެ. އޭނާގެ މައްސަލަ ހުޅަހަޅާފައިވަނީ މަޝްހޫރު ފަންނާނުންނާއި ދެކޮޅަށް މީގެ ކުރިން ވެސް ގިނަ މައްސަލަތަކެއް ފެންމަތިކުރި ވަކީލެއްކަމަށްވާ ސާމިރް ސަބްރީއެވެ. އޭނާ ވަނީ ޖެނިފާ އަނބުރާ މިސްރަށް ނާރުވަން އަންގާފައެވެ.

‎މިސްރުގެ މީޑިއާ އަކާއި ވާހަކަ ދައްކަމުން ސާމިރް ބުނެފައިވަނީ މިޝޯ ބާއްވާފައިވަނީ އެއްވެސް ގޮތަކަށް ބަލައި ނުގަނެވޭނެ ދުވަސް ކޮޅެއްގައި ކަމުގައެވެ. އަދި މީހާ ބަރަހަނާވާ ޒާތުގެ ހެދުން އެޅުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

‎އޭނާ ބުުނި ގޮތުގައި މި ޝޯ ބާއްވާފައިވަނީ ހައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ހައްޖާޖީން މައްކާއަށް އައިސްފައިވާ ދަނޑިވަޅުގައި ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެއްކަމުގައި އޭނާ ބުންޏެވެ.

‎"އެއްބަޔަކު އަރަފާތު ބިމުގައި، އަނެއްބަޔަކު މިއުޒިކް ޝޯ ތަކުގައި ތިބުން ގަބޫލެއް ނުކުރެވޭނެ." ސާމިރް ބުންޏެވެ.

‎ސާމިރް ބުނެފައިވަނީ ޖެނިފާ ލަވަކިއަން އަރާފައިވަނީ ބަރަހަނާ ހާލުގައިކަމަށާއި އެކަމަކީ އެގައުމުގެ އަގީދާއާއި ހިލާފު ކަމެއް ކަމުގައެވެ.

‎"ޖެނީފާ ބަރަހަނާ ހާލުގައި ޝޯ ދިނުމަކީ މިސްރުގެ އަގީދާއާއި ހިލާފު ކަމެއް." ވަކީލު ސާމިރް ބުންޏެވެ.

‎އޭނާ އަކީ ސާމިރް މައްސަލަ ހުށަހެޅި ފުރަތަމަ ފަންނާނެއް ނޫނެވެ. ކުރިންވެސް ސާމިރް ވަނީ ފިލްމީ ފަންނާނެއް ކަމަށްވާ ރާނިޔާ ޔޫސެފްގެ މައްސަލަވެސް ޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޮނިފުހޭ

    އިމްރާން ސާރ ކާރީގައި ބުނޭ އީދުކޯޑިއަކަށް އެމަންޖެ ރާއްޖެ ގެނެސްދީބަލާށެ

    18
    3
    • Anonymous

      ކޯޑި ކަނޑާ ކުޅިވަރަކީ ކޮންއިރަކު ހަލާލުވީ އެއްޗެއް މި ގޮއްޔެ ނުގެނެވިގެން ތިއުޅެނީ؟ ބޮޑު ފިރިހެނަކު މަޖާނަގަން ހުރިހާ އަންހެނުންތެރޭ ޗީޗީ! ބޮޑުބެރާ ނެށުމާ އޭތިމީތި އެކުލެވޭ. ހުސް ބޭކާރުކަންތައް ބަޔަކު ކުރަން. ޢެއަށްވުރެ މުހިންމު ކަންކަން އެބަހުރި ކުރާންވެފަ މަރުވުމުހެ ކުރިން

      33
      1
  2. ތެދު

    ޑިސްޓްރެކްޓިންގ ޕޕލ ފްރޮމް ލައިކް ދީޒް ޑޭޒް.. ދޭ އޯލް ވޯންޓްސް ޓު ޑިސްޓްރޯއީ މުސްލިމްސް އެންޑް އަދަރ ޕޕލ. ދެޓްސް ވަޓް ބޮލީވުޑް ހޮލީވުޑް އާރ މޭޑް ފޯރ..

    16
    4
  3. ކަލޯ

    މިގައުމުގެ ވެރިން ދިޔައީ އަންހެން ކުދިން ބުރި ތަޅުވާތަން ބަލަން!!!!މެމްބަރުން ދިޔައީ ދެ ބާވަތުގެ މީހުންނާ މައްސުނިވެ ޑާންސް ކުރަން!! ދެން އައިތް ޖަހާ ދެން އައިތް ޖަހާ