ފުލުހުންނަށް އިންޒާރުދީ ފުލުހުން ދުއްވަން ގެންގުޅޭ ސައިކަލަކަށް ގެއްލުން ދީގެން އދ.މަހިބަދޫން ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުންނަށް އިންޒާރުދީ، ފުލުހުންގެ ސައިކަލަކަށް ގެއްލުންދިން މައްސަލައިގައި އޭނާ އިއްޔެ ރޭ 00:15 އެހާކަންހާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އޭނާ ފުލުހުންނަށް އިންޒާރުދިނީ ކޮން އިރަކުކަމާއި، ފުލުހުންގެ ސައިކަލަށް ދީފައި ވަނީ ކިހައި ވަރެއްގެ ގެއްލުމެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ފަހަކަށް އައިސް ފުލުހުންނަށް އިންޒާރުދޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި އެމްޑީޕީ އެކްޓިވިސްޓަކު ފުލުހުންނަށް އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޚުރިން ފުލުހުންނައް ބިރުދައްކާ ހަމަލާދޭ މީހުނައް ހިއްވަރުދީ ހެދިމީހުންގެ ލޮލައް މިހެރުނީ އަމިއްލަ އަތުން ފޭހުނު އިލޮށިގަނޑު

  2. ޖ

    ކުރިންފުލުހުންނައް ހަމަލާދޭން ގޮވިމީހިން މިހާރުމިތިބީ ވެރިކަމުގަ ދެންއަތައްގޮވީމަ ކިހިނެއް ހައްލުވާނީ ފުލުންނަކީ ނާގާބިލުބައެއްކަމާ އަގެއްނެތްބައެއް ކަން މިވެރިކަމުގަ ތިބިމީ ހުންމާކުރިން ވަނީދަސްކޮއްދީފަ