އދ. މަހިބަދޫގައި ގެއަކަން ވައްކަންކޮށްގެން ނެގި 46000 ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، މަހިބަދޫ ގެއަކުން ވައްކަންކޮށްގެން އިއްޔެ ހަވީރު ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އެ ރަށުގައި މަސައްކަތް ކުރާ ފުލުހުންގެ މަސައްކަތުން، 46000 ދިވެހި ރުފިޔާ އާއި 84 ޑޮލަރު ހޯދާފައިވާކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން 25 އަހަރުގެ ފިރިހެނަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.