މާލޭގައި ކޮފީ އަދި ސެންޓު ފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 8:30 ހާއިރު ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭޑީކޭ ކައިރީގައި ހުރި 39 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވާ ބަލައިފާސްކުރި ކަމަށެވެ.

އަދި އެ ބަލައިފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަތަރު ކޮފީ ފުޅި އާއި ހަ ސެންޓު ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

އީދު ޗުއްޓީ އާއި ދިމާކޮށް ވައްކަމާއި ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    3 ފުޅި ކޮފީ ކުޑަ ފެންކޮޅަކު ނެސްޓަމްގަޑަކަށް ހަދާފައި ވަގުކަލޭގެއަށް ކާންދީފައި ސެންޓްފުޅިތައް ދެލޮލަށް ޖަހާ ހުސްކުރިނަމަ! މިހާރު ތި މީހުންނާހުރެ ބަލާއެއް!

  2. ސޮނިފުހޭ

    ކޮފީ ދަޑެއް ހަދާ

  3. ސޮނިފުހޭއިސްކިން ޓޯޓޯ

    އޭނަ ފުރުވަންވީ މާސްއަށް