ވިލިމާލޭގައި މޫދަށް އެރުމަށް ގޮނޑުދޮށުގައި ބެހެއްޓި ފޯނުތަކަކާއި ފައިސާތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 10:00 ޖެހިހާއިރު ކަމަށާއި، އެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އޭނާ 30 މިނިޓް ތެރޭގައި، ހޯދާ އޭނާ ވަގަށް ނެގި ތަކެތި ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އެތަކެތި ވަގަށް ނެގި 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެެވެ.

އީދު ބަންދާއި، ދިމާކޮށް ވައްކަމާއި، ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮކުބާޑު

    ކޮބާ ވަގު. އޭނަގެ ނަމެއް ރަށެއް، އަތޮޅެއްނެތްތަ؟

    14
  2. ޖ

    އަދިވެސް ވަގުންގެ އަތްބުރިކުރަންނުވޭތަ ރާއްޖެމިއޮތީ ވަގުންގެ ބޮޑުވަބާއެއް ދިމާވެފަ