ޖުލައި މަހުން ފެށިގެން ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު ވިދާޅުވީ، ބޭރަށް ހިނގައި ހޮޑުލެވޭތީ ވޭތުވެދިޔަ ޖުލައި މަސް ތެރޭގައި 3808 މީހަކު ޑޮކްޓަރަށް ދައްކާފައިވާކަަމަށެވެ. އަދި މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު، އިތުރު އަދަދެއްކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާންމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީއާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ. މިއީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާ އިން ފެތުރޭ ބައްޔެކެވެ.

އަދި މި ބަލިން ރައްކާތެރިވުމަށް ފާހަނަ ބޭނުން ކުރުމަށްފަހުގައި އާއި، ނެޕީ ބަދަލު ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ކާބޯކެތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޒީރާ

    ބުނަންތަ.. ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އޮތީ ދިވެހީންގެ އަތްމައްޗަކުއެއްނޫން. އެކަން އޮތީ މިތާއުޅޭ ބަނގުލާދޭޝް މީހުންގެ އަތްމަތީގަ. މިތާ އުޅޭ ގިނަ ދިވެހީން ކަނީ އެމީހުން ތައްޔާރުކޮއްދޭ ކާތަކެތި.. އެއީ ބަތް ގަނޑެއްވިޔަސް ހެދިކާއެއްވުިޔަސް ކަޅުސައިތައްޓެއް ނުވަތަ ބަނަހަކަސް ހަމަ ބަނގާޅު މީހާގެ ހުރި ހިތްވަރަކުން ކައްކާފަ ދިނީމަ ދިވެހީން ތިބެނީ ކާލައިގެންނެވެ. ވީމާ ތިޔަ ސަމާލުކަމުގެ ވާހަކަތައްވެސް ބަނގުލާދޭޝް ބަހުރުވައިން ލިޔެފައި ނޫސްތަކުގައި ޖަހައިދީގެން މެނުވީ ތިކަމަކައް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭނެއެވެ.

    10
  2. ޔޮމަން

    ވައްތަރީ އީދު ދުވަހު ޕާޓީ ކޮށްގެން ހޭންގ އޯވާރ ވެގެން އުޅޭހެން. ޖަޒީރާ ބައްޔާ ވައްތަރީ.