ރ.މަޑުއްވަރީގައި ނަހަލާލަށް ބަނޑުބޮޑުވި އަންހެނަކު ފާހާނާ ތެރެއަށް ވިހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 19 ވަރަކަށް އަހަރުގެ އެ އަންހެންމީހާ ވިހާފައިވަނީ މިއަދު މެންދުރުއެވެ. އެ ދެ މައިން ވެސް މިހާރު ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

ނަމަވެސް އެ ކުއްޖާގެ ހާލަތާ މެދު އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އެ އަންހެންމީހާ ބަނޑުބޮޑުކަން ވިހެއުމާއި ހަމަޔަށް އާއިލާގެ އިތުރުން އެ ރަށުގެ އިތުރު ބަޔަކަށް ވެސް ނޭނގޭ ކަމަށް ވެއެވެ. އެ އަންހެންމީހާ ވިހެއިކަން އެނގުނީ ފާހާނާގެ ތެރެއިން ކުއްޖަކު ރޯ އަޑަށް އެ ގޭގެ މީހުން ގޮސް ބެލިއިރުއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލަ އެއް ރިޕޯޓުކޮށްފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ނަހަލާލު

    މިކަހަލަ މީހުންނަށް ވިހޭނެ ފަސޭހައިން....... ދރި އެއްލާނުލާތަ..؟

  2. އެންޓި ކޮމެންޓް

    މައުސޫމް ޖުއްޖާ ފުޅަށް ހެޔޮ ރަހުމަތް ލައްވާށިއެވެ. އަދި "ނަހަލާލު" މިބަސް ބޭނުން ނުކުރުން އެދެމެވެ. ރަނގަޅު ގޮތަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނޭ ކިޔާ ފަދައިން، "ކައިވެނިން ބޭރުގައި ބަލެވެ އިނދެ" ވިހައިފި ކަމަށެވެ.

  3. އައްޔަ

    އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭ. ތިހެން ތިކަންވެދާނެކަމަށް.

  4. ހަމަ ބުނެލީ

    ބޯހަލާކު!!!!

  5. ހެހެ

    ދެންވީ އެއަންހެނާ ގަލުންތަޅާ މަރަންތަ؟ ނޫނީ އަންހެނާއަށް ދަރިއެއް ބެލުމުގެ ޒިންމާ ދަސްކޮއްދީ އާއިލާއެއް ބިނާކުރުމުގައި އެހީތެރިވެދިނުންތަ؟

    • ސުވާލު

      އެހީތެރިވެދޭން ޖެހޭނީ ވަގުތު ފާއިތުވާފަހުންތަ؟ ޝަރުޢީ މަޙުކަމާއަކުން އެގޮތަށް ޙުކުމް ކޮށްފިނަމަ އޮށްގަލުން ތަޅާ މަރަންވެސް ޖެހޭނެ.. އެކަމަކު އެއަންހެނާއަށްވެސް ޙައްޤުތަކެއް ލިބިގެންވޭ.. ކުރެވުނު ފާފައިން ލަސްނުކޮށް ތައުބާ ވުމަކީ އެންމެ ފުރަތަމަ ޙައްޤު..

      • ހށނރބ

        ޝަރުޢީ ގޮތުން އޮންނަނީ 100 ފަހަރު ޖެހުން. އޮށްގަލުން ތަޅާ މެރުމެއްނޫން. އިސްލާމް ދީނާ ބެހޭގޮތުން މިފަދަ ވާހަކަތައް ދައްކާއިރު ހަގީގަތް ރަނގަޅަށް އޮޅުން ފިލުވައިގެން ކޮމެންޓު ކުރުން އެދެން. 🙂

    • ޢަގަބެ

      ޙެހެ ޔަކަށް ނޭގުނު އިސްލާމް ދީނުގައި އެކމަށް އޮތް އަދަބެއްވެސް... ފުރަތަމަ އިސްލާމް ދީން އިގިގެން ވާހަކަދެއްކުން ބުއްދިވެރި..... މީހަކާ ނީދެ ޒިނޭ ކޮށްފިއްޔާ ޖެހޭނީ 100 އެތިފަހަރުން ިޙައްދުޖެހުމަށް ފަހު އެއްއަހަރު ދުވަހަށް އަރުވާލަން... މިކީމަވެސް އިގޭދޯ މި މީހަކާ ނީދެ ހުރިމީހެއްކަން.... ދެން ބުނެލަން އޮތީ ތި ކާކުހޭ ހައްދު ކަޑަައަޅަން... ﷲ ތިބާ ޔަށް ހެޔޮވިސްނުން ދެއްވާށި

  6. ޔަމްޔަމް

    ޢަސްލުވެސް "ނަހަލާލް" މިހެންކިޔުން ހުއްޓާލަން ވެއްޖެ

    • ސާރިދޯޅު

      އެކަމަކުވެސް ޙަލާލު ގޮތުގައި ގުޅުން ހިންގައިގެން ހޯދި ދަރިއަކަށް ނުވާނެ.. އެހެންވީމާ ބުނެވޭނީ ހަލާލުނޫން (ނަހަލާލު) ގޮތަށް ބަލިވެއިނދެ ވިހޭ ކަމަށް..

      • ޔާސިރު

        ޅަކުއްޖާ ކޮބައިތަ?

      • ނަހަލާލު

        ކިއި ދާނެ އެއަށް ވުރެން ވިޔާނުދާ ބަހެއް ވެސް.. ތީ ކޮންބައެއް

    • ....

      ދެން ކީކޭތަ ކިޔަންވީ . ކޮންމެ ގޮތެއްވިޔަސް ހަލާލު ގޮތުގަ ހޯދި ކަމަކަށް ނުވާނެ. ހަޤީގަތް ދޯ އެއީ. ހަލާލު ގޮތުގަ ހޯދާ ދަރިން ނަކަށް ނަހަލާލެކޭ ނުކިޔަ އެއްނު ދޯ.

  7. ޅަސޮރު

    ނަހަލާލް އެއީ ރަނގަޅުގޮތް، އެއީ ދިވެހިބަހެއް،

  8. ާއަޒްޕަޒް

    ޢަންހެން މީހާ އެކަނި ތި ޒިންމާ ނަގާކައް ނުޖެހޭނެ. ޑީ އެން އޭ ހަދައި ގެންވެސް ތިކުއްޖާގެ ބައްޕަ ޖެހޭނެ ހޯދަން.

    • މީހާ

      އެކުއްޖާގެ ބަޔޮލޮޖިކަލް ބައްޕައެއް ހުއްޓަސް އެކުއްޖާ ބެލެވޭނީ ބައްޕަނެތް ކުއްޖެއްގެ ގޮތުގައި. މަންމައަށް ބައްޕައެނގޭނެ، ބައްޕައަށްވެސް އެއީ ދަރިކަން އިނގޭނެ. ކީތްކުރަން ހަދާޑީއެންއޭއެއް.

  9. ޟަހާ

    މިއީ ރާއްޖެ ހާލަތު??

  10. ފާތުމަ

    ނަހަލާލު ވީމާ ވާނީ ހަމަ ނަހަލާލު.ބޮޑުވެގެނވާ ފާފައެއް.ގުދުރަތުން ލިބިފައިވާ ނުކުޅެދުންތެރިކަމަކާ ބޮޑު ފާފަޔަކަށް އަރައިގަތުމާ އެއްވަރެއް ނުކުރެވޭނެ.

  11. ނަން..

    ތިކުރި ކަމަށް ތާއީދެއް ނުކުރަން އެކަމަކުވެސް.. ނުބައި ނުލަފަަ މީހުން އަމަލުކުރާ ގޮތައް އެ ދަރިފު މަރާ ނުލާ އަނިޔާއެއް ނުދީ ދަރިގެންގުޅެން ނިއްމުން އެއީ ރަނގަޅު ނިއްމުމެއް ކަމަށް ގަބޫލު ކުރަން..

  12. ނަސްރު

    ކުއޮޖާގެކުށަކީކޮބާ ނަހަލާލުކުއްޖެކޭކިޔާކައްނުޖެހޭ.

    • ....

      ކުއްޖާގެ ކުށެއް ނެތް. އެކަމަކުވެސް އެއީ ހަލާލު ގޮތުގައި ލިބިފައިވާ ދަރިއަކަށް ނުވާތީ ނަހަލާލު ކިޔަނީ.

  13. ކަމަނަ

    ނަހަލާލު އެއީ ރަގަޅު ގޮތަކީ ހަމަ މަރަބވީ

  14. ޙަލާލްނަހަލާލް

    އެންމެ ފުރަތަމަ ކުށަކީ ތިއަންހެންމީހާ ޒިނޭކުރުން ، ދެން ނަހަލާލަށް ބަނޑުބޮޑުވުން ، ދެން ކުޑަކުޑަ ފުރާނަޔެއް ދުއްވާލަން އުޅުން.. އެވަރު މީހަކަށް ކޮން ހަމްދަރުދީއެއް.. ކިތްއްކުށް

  15. ޤައުމު

    ތިޔަ މަޑުއްވަރީ މީހުންނަކީ އެވައްތަރަށް އުޅޭ ބައެއް. ތީކީ ތިރަށުގަ އަލައްވާކަމެއްނޫން.

  16. ިއިބްރާހީމް

    އަޅަމެންގެ ޅަދަރިންގެ މައިން ބަފައިންނަށް ހެޔޮވިސްނުން ދެއްވާނދޭވެ. އާމީން.
    ދަރިންނަކީ ﷲތަޢާލާ އިރާދަކުރައްވާ ބަޔަކާ ޙަވާލު ކުރައްވާ އެކަލާނގެ އަމާނާތެއް އަދި އެއަމާނާތް ޙަވާލު ކުރެއްވީ އެ ބަލަހައްޓާނެ ގޮތުގެ ގައިޑަކާއެކުގަ. ނަމަވެސް އަޅުގަނޑުމެން އެއީ އެއްވެސް އެއްޗަކަށް ނަހަދާ 24ގަޑިއިރު ދަރިން ދޫކޮށްފައިވަނީ ޣައިރު މުސްލިމުންގެ ޙަރަކާތްތައް ބެލުމަށް ނުވަތަ ކާޓޫނާ ގޭމްސް ތަކުގެތެރޭގަ. ލޮބުވެތި އަޚުންނާއި އުޚްތުންނޭ މާދަމާ ޤިޔާމަތް ދުވަހުން އެދަރިންނާ ބެހޭގޮތުން ސުވާލު ކުރެވޭނެ. އެހެންކަމުން އެ އަމާނާތަށް ރައްކާތެރިވޭ.
    ތިމާމެންގެ ހަށިގަނޑުގަ ބާރުހުރި ދުވަހު އެކުދިންނަށް ރަންގަޅު ގޮތާއި ރިވެތިއަޚްލާޤް ދަސްކޮށްދެއްވާ. މާދަމާ ބަލިތަންމަތީގަ އޮނައިރު އެކުދިންގެ ފަރާތުން އެހީތެރިކަމެއްލިބޭނީ އޭރުން.

    • ހިދާ

      ނަހަލާލައްވާނީ ހިންގި ގުލުން. ކުުުއްޖާގެ ކުށަކީ ކޮބާ؟