ހއ. ދިއްދޫގައި މިއަދު ކުރިޔަށްދިޔަ ފުޓުބޯޅަ މެޗެއްގެ ތެރެއިން ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ތަކެއްޗަށް ގެއްލުންދީފިއެވެ.

ދިއްދޫގައި މިއަދު މާރާމާރީ ހިންގާފައި ވަނީ، ބޮޑު އީދާއި ދިމާކޮށް އެރަށުގައި ކުރިޔަށްދިޔަ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގެ ތެރެއިންނެވެ.

މިއަދު ހިނގި މި ހަމަނުޖެހުންތަކުގެ ތެރެއިން ދަނޑުގައި ބޭނުންކުރި ބައެއް ތަކެއްޗަށް ގެއްލުންދީފައިވާއިރު، މެޗުގެ ރެފްރީއަށްވެސް ހަމަލާދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ރެފްރީއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

ދިއްދޫގައި މިއަދު ކުރިޔަށްދިޔަ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ، ޓީމް 'ޓީނޭޖް' އާއި 'ހީވެސްނުވޭ' އެވެ. މި މާރާމާރީ ހިނގާފައިވަނީ މެޗުގެ ދެވަނަ ހާފްގެ ތެރެއިންނެވެ. އޭރު ދެ ހާފުގައި ދެ ލަނޑު ކާމިޔާބު ކޮށްގެން ޓީމް 'ހީވެސްނުވޭ' އޮތީ ކުރީގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު މެޗުގެ ތެރެއިން ހަމަނުޖެހުން ހިނގީ، ޓީމް 'ޓީނޭޖް'ގެ ކެޕްޓަން އަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތްކާޑެއް ދެއްކި ހިސާބުންނެވެ. އެއާއެކު އޭނާ ވަނީ ދަނޑުން ނިކުމެ، އޮފިޝަލުންގެ މޭޒު ވައްޓާލާފައެވެ. ރެފްރީއަށް ހަމަލާ ދިނީ އެވަގުތު ޓީމުގެ އެހެން ކުޅުންތެރިއެކެވެ. އޭނާއަށްވެސް ރެފްރީ ރަތްކާޑު ދައްކާފައި ވެއެވެ.

މި ހާދިސާ ހިނގި ވަގުތު މެޗު ބަލަން ގޮސް ތިބި ބައެއް ސަޕޯޓަރުންވެސް ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގިއިރު، މުބާރާތުގެ ޓްރޮފީއަށްވެސް ގެއްލުންދީފައި ވެއެވެ. މި ހަމަނުޖެހުންތަކަށް ފަހު ޓީމް 'ޓީނޭޖް' އިން ވަނީ މެޗު ދޫކޮށް ދަނޑުން ފައިބައިގެން ގޮސްފައެވެ.

މި ހާދިސާ ހިނގުމާއެކު ދިއްދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ދިއްދޫގައި މީގެ ކުރިންވެސް ފުޓުބޯޅަ މެޗެއް ހޫނުވެ މާރާމާރީ ހިންގާފައި ވެއެވެ. ދެ ޓީމުގެ ދެމެދުގައި ހިނގި މާރާމާރީގައި އެފަހަރުވެސް ދައުލަތުގެ ތަކެއްޗާއި، މެޗު ކުރިޔަށްގެންދިޔަ ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. އެ ހާދިސާ އާއި ގުޅިގެން ފުލުހުން ތަހުޤީޤެއްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ދިއްދޫ ގަޅިން

    ތިޔަ ރަށުގައި ނޫޅޭނެ ހަމަ ޖެހޭ އެކަތިވެސް. ހުސް ޗިޕު މަދު ބުރާންތިން އުޅޭ ރަށެއް.

    74
    3
    • ޜީތި ބަސްމަގު

      ތިބޭފުޅާ ލިޔެފައިވާ ހިޔާލުން ތިބޭފުޅާ އަކީވެސް ބޮލުރޮދި ކެނޑި ބުރާންތިވެފަހުރި ބޭފުޅެއްކަން ހަމަޔަޤީން

      4
      40
      • މަގޭ ހިޔާލު

        ޢަހަރެންގެ ކޮމެންޓުން ޗިޕެއް ފާޅުވި ކަމަށްޓަކައި ދެރަވަން. ލޮލް...

      • ހހހހ

        އެއީ ހަމަ ހެޔޮކޮށް ބުނި ބަހެއް. ދިއްދޫއަކީ ގަެުމާ ދީނަށް ގައްދާރު ބްރެއިން ވޮޝްޑު ބައެއް. މިއީ ތެދުކަން، ޝަމްސުއްދީން ރަދުންގެ ރަސްކަމުން ފެށިގެން. މިއަދާހަމައަށް ތާރީޙުން އެނގޭ. ފުރަތަމަވެސް، މުޅި އުތުރައް ގައްދާރުވެ، ގައުމު މިހާލަތަށް ގެނައުމަށް އެންމެ ނުބައި ރޯލުކުޅުނީ ދިއްދޫ މީހުން.

    • ސަޓޯ

      ކަލޯ ތިޔާ ބުނީ ހަމަ ހެއޮކޮށް... މުޅީން އުޅޭނީ އައްޑަބޯ...

      11
      1
  2. ބޯންތަށިމީހާ

    މިވަރުގެ މީހުން މެޗް ކުޅެން ޖެހޭތަ؟ ކުޅޭވކޮންމެ ފަހަރަކު ފުރާނައެއް ނޠނީ ގުނަވަނެއް ނޫނީ މދުލަށް ގެއްލުން ދިނުން

    65
    1
  3. ޢަދުރޭ

    ދިއްދޫ މީހުންގެ ސިކުނޑި ޓެސްޓްކުރަން އެބަޖެހޭ

    70
    1
  4. ސާބަހޭ

    ސާބަހޭ ތިޔައީއޭ ޑިމޮކްރަސީއޭ ވިދާޅުވެ ސާބަސްފުޅު ދެއްވީ ރަށު އޮފީހަށް މަސްތައް އަޅާލި މީހުންނަށް. އެ ލިބުނު އިއްޒަތްތެރި މެޑެލް ޖަހައިގެން މެޑެލްގެ މައްޗަށް މެޑެއްޔެއް ނާރާތާ ގިނަ ދުވަސްވެގެން ކަމެއް ކޮށްލީ ކަމަށްވާނީ.

    55
    2
  5. ސާބަސް

    ތިވަރުން ތުއިބަޑިހެދެން އީދު ނުކުޅޭނީ.....

    52
  6. މުއާ

    ސަރުކާރަށް ގޮވާލަން ދިއްދޫ ރައްޔިތުންގެ ސިކުނޑި ޓެސްޓު ކުރުމަށް

    56
    2
  7. އަނހާ

    ހ.އ ދިއްދޫ މީހުންނަށް ފުޓްބޯޅަ ކިޔަނ ދަސްކޮށްދޭން ސަރުކާރަށް ގޮވާލަން.

    29
    1
  8. އިސްމާލުފުޅު

    ފިސާރި ޖަޒީރާ ވަންތަކަން ތިހިރަ ފެންނަނީ. އެޖެންޑާ 19 ވަރަށް ތަފާތު ނޫންތޯ؟ ޖަޒީރާ ރަށެއްގައި ތިހާވަރު ކަމެއް ހިނގައިފާނެ.

    21
    3
  9. މާލެ އިއްބެ

    އަޅުގަނޑަކީ ޓީނޭޖްގެ އިސްމެމްބަރެއް، މިޔަދު އެހިގައިދިޔަ އެއްވެސް އަމަލެއްބަލައިނުގަނެވޭނެ. ހީވެސްނުވޭ ތިންވަނަ ލަނޑުޖެހުމުން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ދެންމެޗުނުލިބޭނެކަން އެނގުމުން ބޭރުގައިތިބި ބަޔަކާ އަދި ބެންޗުން ބައެއްކުޅުންތެރިން ކައިރީ މެޗު ހޫނުކޮށް ހާޖާނުހެދުމަށް އެންގި، މީވަރަށްވެސް ދެރަކަމެއް، ކުޅިވަރުގައި އޮށްނާނީ މޮޅުވުމާއި ބަލިވުން މިވަރު ބައެއް ކުޅުންތެރިންނާ ސަޕޯޓަރުންނަށް ނޭގުންމީ ދެރަކަމެއް. އަޅުގަނޑު ހަމަބޭނުންވޭ މިކަމުގައި ގޯސްހެދި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅައި 5 ނޫނީ 7 އަހަރުދުވަހަށް މިފަދަމުބާރާތް ތަކުގައި ބައިވެރިނުވެވޭގޮތް ހެދަން.

    34
    1
  10. އަންޑަރނީތް

    ދިއްދޫގައި މެޗެއް ހޫނުވެ، ދަނޑުގެ ތަކެއްޗަށް ގެއްލުން ދީފި ނަމަ އެއީ މަމެން ހައިރާން ވާ ކަމެއް ނޫނޭ ދޯ..

    18
    2
  11. ބަކުރުބެ

    ބޯހަލާކު ހާދަ ވިސްނޭ ކުޅުންތެރިން ނޭ ދޯ މީ

    18
    1
  12. ދަރާއްޖެތެރެއަންސް

    ދިއްދޫ އީދު ފުޓުބޯޅަ މުބާރާތް ހޫނުވެ ބޮޑު މާރާމާރީއަކަށް ހިނގައްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރަނގަޅަށޭ...

    6
    5
  13. މަގޭނަޒަރު

    ......އެ ހާދިސާ އާއި ގުޅިގެން ފުލުހުން ތަހުޤީޤެއްވެސް . . ކުރިޔަށް ގެންގޮސްފައި ވެއެވެ. މިޖުމަލައިގެފަހަތަށް އިތުރުކޮށްލަންފެނެއެވެ. އޭގެފަހުން ފުލުހުންގެ ފަރާތުންޚަބަރެއް ދަބަރެއްނުވެއެވެ. ވީކަމެއް އަދި ފުލުހުންނަށް ވާކަމެއްހަރާމެވެ. ދެބަނޑަށް ކާލައިގެން ބޮޑުމުސާރަނަގައިގެން ، ސަޓިކާޖަހައިގެން ރައްޔިތުންފެލުންނޫންކަމެއް ނުކުރެވެއެވެ.

    7
    2
  14. އައިސީ

    ދިއްދޫ މީހުން ފުޓުބޯޅަކުޅުން މަނާކުރާ ޤަރާރެއް މަޖިލިހަށް ވައްދާދީބަލަ. ވަރަށް ލޭހޫނުވާބައެއް. ޗިޕުސެޓު ގޮވާފަ.

    20
    1
  15. ދިސްވޭ

    ދަ ރާއްޖެތެރޭ ގައި ކުޅިވަރު ކުޅުން ސްޓިލް ލޯންގް ވޭ ޓު ގޯ އަދިވެސް ޕްރައިމަރީ ގްރޭޑްސް ތަކުގައި އެމެންނަށް ކިޔަވާ ދޭން މާލެ ސަރަހައްދަށް ގެނެސް އެމެން މާލެ ސަރަހައްދަށް އަޅާލަންވީއޭ މަމެން ބުނަން ނެތީމޭ...

    2
    9
  16. މެގަވޯޓު

    ދިއްދޫ ބޯޅަތަށި

    10
    2
  17. ާައަސްލަމް

    ވަރަށް ކޮސް ވީމަ ތިހާ ދަށު ދަރަޖައިގެ ފިނޑި އަމަލެއް ހިންގާނީ

    16
  18. ރޯނުއެދުރު

    ހަދާން ވާގޮތުން ދިއްދޫ ގައި މީގެ އަހަރު ތަކެއްކުރިން ފުޓްބޯޅަ މެޗެއްގައި ގޯލް ނުވަދެގެން ގަސް ބުޑަކުން ހަމަލާދީ ކީޕަރުގެ ދުވަސް ދުއްވާލި އޭގެފަހުން އަދި ފުޓްބޯޅަ މެޗެއް ނިމެންދެން ނުކުޅެވޭ.ވިސްނުން މުގައި މައްސަލަތަކެއް ހުންނަކަމައް ފެންނަނީ

    14
    1
  19. ހޯއްގޮވާ

    ދިއްދޫ މީހުންނަ ރަގަޅުވާނީ އެމީހުންގެ ރީދޫގުއިތަރައްޕަން ސަރުކާރުން ރެސްލިންނާއި ބަނޑުމުސާރައަށް ބެއްދުމުގެ މުބާރާތެއް ބާއްވައިދިނުން އެބަޔަކާއެކަށީގެންގޮތަށް އެހެންނޫތޯ

    7
    1
  20. ސަޓޯ

    ވަލު ޖަނަވާރުންނަށް ކުޅިވަރު ކުޅޭން ދަސްކޮއްދޭން ވަރަށް އުނދަގޫވާނެ

    7
    1
  21. މަޓީ

    ހުސްއަލަމާދޯ

    1
    1
  22. ޕާޓޭ

    މަށެއް ހައިރާނެއްނުވެއެވެ.
    ފަތަކީ އެކަހަލަ އެއްޗެކެވެ.

  23. ދިއްދޫ މީހާ

    ހަމަނުޖެހުން ހިންގައި، ރެފްރީންނަށާއި، ތަކެއްޗަށް ގެއްލުން ދިނުމަކީ ބޯދާ ވިސްނުމެއް. ތި އަމަލު ހިންގި މީހުންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅައި އަދަބު ދިނުމަށް، ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުގައި ހިމެނޭ ހުރިހާ މުއައްސަާއަކަށް ގޮވާލަން. ތިކަހަލަ އަމަލުތައް ތަކުރާރުވަނީ އަޅަން ޖެހޭ ފިޔަވަޅު ނޭޅުމުން. އަދަބު ކަނޑައެޅިފައި ހުރި ކުށްތަކެއް ތިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ހިނގާފައި އެބަހުރި. ހައްޔަރު ކުރަން ޖެހޭ ވަރުގެ ކަންކަން ހިނގާފައި އެބަހުރި. ފިޔަވަޅު ނާޅަންޏާމުން އަދި ވެސް ތަކުރާރު ވާނެ.

    7
    1
    • ގުރޭޓަރ މާލެ

      ތި ދިއްދޫ މިހުން މައިތިރި ކުރެވޭނީ އެއަށްތުރެ ނުލަފާ ވަރުގަދަ ކެރޭ އަދި ޖާހިލު ބަޔަކަށް... ތިކަން ހައްލު ކޮއްލެވޭނީ ރާއްޖެއިން ހަމައެކަނި ހައްދުންމަތީ މީހުނާ ހުވަދޫ މީހުނަށް...ނިކަން ހައްދުންމަތީ ބަޔަކާއެކު ދިއްދޫ މީހުން މެޗެއްކުޅެލަބަ....މެޗުހޫނު ވެއްޖާމް ހޫނުކަން ދައްކާލާނެ، އެކަމް އެކަން ދައްކާނީ ތަކެއްޗަކަށް ނޫން މީހުނަށް... ދިއްދޫ ގަމާރުން މިޒަމާނުގަ އުޅޭ ގޮތެއް ދޯ ދޯ ދޯ

      • ހުވަދޫ ރައްޔިތެއް

        ކަލޯގެޔާ އަމިއްލައަށް ސޯޓް ބޭލޭއިރުވެސް ނޭގުނުދޯ؟ އަމިއްލައަކަށް ތިބުނެވެނީ ހައްދުންމައްޗާ ހުވަދޫމީހުންނަކީ ޖާހިލުންނޭ، ތިބޭފުޅާއަކީ ޖާހިލެއްކަމަކު ދެންތިބި ރައްޔިތުން ޖާހުންގެ ލަޤަބް ބޭނުމެއްނުވޭ، ބޮލުރޮދި ކެނޑިފަދޯ؟

      • ކޮތަރުކޮށި މާލެ

        މީނަހުރީ ހަމަހޭގަތޯ ޓެސްޓް ކުރަންޖެހޭ. މީނަ އަމިއްލައަކަށް މިބުނަނީ ހުވަދޫ އަދި ހައްދުންމަތީ މީހުންނަކީ ޖާހިލުންނޭ، ތިކަހަލަ ދެއުޅިމަދު 24ގަޑިއިރު ހަމަހޭގަ ނުހުންނަ މަދުބަޔަކު ތިބުނާ ދެއަތޮޅުގައި އުޅޭކަމީ މުޅި ދިވެހި ޤައުމްދައްނަ ހަޤީގަތެއް، އެމީހުންނަކީ މީހުންނަށް އަނިޔާކުރާ ބައެއްކަން ތިކޮމެންޓުންވެސް އެބައިނގޭ ދެއްތޯ...

  24. ތުބުޅި ސުޖާ

    މޯޖް އަދި އިއްޓޭ ވަނީ ރެފުރީއަށް ހަމަލާދީފައި. މިދެމީހުން 10 ނޫނީ 15 އަހަރަށް ދިއްދޫގައި ބާއްވާ އެއްވެސް ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިނުކުރާގޮތައް ސަސްޕެންޑް ކުރަނަޖެހޭ، އަދި މާރާމާރި ހިންގުމުގެ ކުށުގެ އަދަބު ދޭންޖެހޭ.

  25. ވިގަނި

    ތިރަށުގަ ބައިބަލާ ކުޅެބަލަ ގިނަގިނައިން

  26. ޙައުލާ

    އިސްލާމް ދީނަށް ލޯތްބެއްނެތް ގައުމަށް ގައްދާރު ރައްޔިތަކު ދިރިއުޅޭ ރަށެއް.

  27. Anonymous

    ދިއްދޫ މޑޕ ވަނީ ހަމަވާންވެގެން. މޑޕ އަށް ސަޕޯޓެއް ނުކުރާނެ ރަނަގަޅު މީހަކު. ހުސްދޮގުވެރި ﷲ އަށް އުރެދޭ މީހުން އެޕާޓީގައި އުޅޭނީ އަދި ސަޕޯޓއ ކުރާނީވެސް.

    1
    2
  28. ވޮއިސް އޮފް ހުވަދޫ

    ހަތް ފެނުގައި ކައްކާ ރާހުތަށް ލިޔަސް ތިޔަރަށުގެ މީހަކު ރަނގަޅެއް ނުވާނެ ، ތީކީ އަތޮޅު ވެރިކަން ކުރަން ހެޔޮވާވަރުގެ ރަށެއް ނޫން މަސް ނުކިރުމުން މަސްކޮޅު ރަށު އޮފީހަށް ، މެޗަކުން ބަލިވުމުން ދަނޑު ފުޑާލުން ، އެންމެ ނާތަހުޒީބު މީހުންގެ ގޮތް އެންމެ ރަނގަޅީ ހޯރަފުއްޓަށް ވެރިކަން ބަދަލުކުރުން ،

    • ބޯގަނޑު ވެރިކަން

      ކަލޯގަޔާ ކަލެޔަށް ވެރިކަންދޯ ނިދީގަވެސް ފެންނަނީ؟ ވެރިކަން މިބަހުގައި އޮށްނަނީ ކިތައް އަކުރުކަމާ ކިތައް ފިލިކަން ކަލެޔަށް އެނގޭބާ؟؟ ދެބަން ދޭތެރޭގަވެސް ވެރިކަމުގެ ވާހަކަދޯ ތިދައްކަނީ؟ އަނެއްކާ ވެރިކަމާ ކުޅެނިކޮށްތަ ކަލޭ ވިހެއީ؟ ހަމަ އަހާލީ