ސަރުކާރުން އިސްތިއުފާ ދެއްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ޗުއްޓީ އަށް ވަޑައިގެންފިއެވެ.

ދުންޔާގެ ބައްޕާފުޅު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި ދުންޔާގެ ކޮއްކޯފުޅު ފާރިސް މައުމޫން ހައްޔަރުކޮށްފައި ހުރުމުން ދުންޔާގެ އިސްތިއުފާ އަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ދުންޔާގެ އިސްތިއުފާ އަށް ގޮވާލަމުންދާ ފަރާތްތަކަށް ރައްދު ދެއްވާ މިއަދު ދުންޔާ ވިދާޅުވީ އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

"އަޅުގަނޑު މިހުރީ މިއަދު ވެސް ދުރައްދާން (އިސްތިއުފާ ދޭން) ތައްޔާރަށް. މީގެ ކުރިން ވެސް އަޅުގަނޑު އިސްތިއުފާ ދިނިން، އަޅުގަނޑު ކުރިއަށް ދާނީ އެކަނި. ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ގޮތަކަށް ކަންތައްތައް ނިންމޭނެ." ދުންޔާ ވިދާޅުވިއެވެ.

ނަމަވެސް ދުންޔާ ވިދާޅުވީ އޮތީ އެންމެ ސުވާލެކެވެ. އެއީ "އިސްތިއުފާ ދީފައި ސަރުކާރުން ނިކުންތުން އެއީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ހެއްޔެވެ؟" އެސުވާލު ކުރެއްވުމަށް ފަހު ދުންޔާ ދެން ވިދާޅުވީ އޭނާ މިހާރު މިވަޑައިގަންނަވަނީ ޗުއްޓީ އަކަށް ކަމަށެވެ.

ރައީސް މައުމޫން ހައްޔަރުކުރިޔާ މިއަދަށް ހަފްތާއެއް ވެފައި ވާއިރު ދުންޔާ އާއި ޣައްސާން އަދިވެސް ތިއްބެވީ ސްޓޭޓް މިނިސްޓަރުންގެ މަގާމުގައެވެ. ރައީސް މައުމޫން ދޫކޮށްލަން އިއްޔެ ދުންޔާ ގޮވާލެއްވި ނަމަވެސް ރައީސް މައުމޫން ހައްޔަރު ކުރުމާއި ބެހޭ ގޮތުން ޣައްސާން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަފީޒާ

    ދާންވީނު. ކާކުތަ ހުއްޓުވީ

  2. މަލީ

    ބުނާނި ކީކޭތަ ؟ އެކުދިންނަށް ވެސް އެބަ އިނގޭ ބަފަޔަށް ލަނޑުނީ އަންނި މެންގެ ބޯ ބޮޑުކަމުންކަން. އަންނިގެ ވެރިކަން ވައްޓާލި އެއްމެންނަށް އޭނާ އެދަނީ އަދަބު އެހެން މީހުން ލައްވާ ދެމުންނެވެ.

  3. ނަޖްވާ

    ދެން މީނަގެ އަމިއްލަ މަންފާ އާ ފައިދާ އަށް ހުރިހާ ކަމެއް ކުރަމުން ދަނީ! އަޅެ ފަހެ ފޮރިން މިނިސްޓަރަކަށް ހުރެފަ، މާ ދަށް މަޤާމަކަަށް ސަރުކާރަށް ވަންނާނީ ކޮންމެވެސް އަމިއްލަ މަސްލަހަތެއް ހިމާޔަތް ކުރުމަށް ކަމަށް ދެކެނީ! ޝުއައިބު އަށް ވެސް އެވަރަށް ރިސޯޓު ކޮންސަލްޓީ ހަދަން އަންނަ މީހުންގެ ބޯ ކައިގެން ޝެޔަރ ވެގެން ހެސް ކިޔާފަ ލާރި ލިބޭ، ދެން އެހެންވީރު ކީއްކުރަން ސަރުކާރަށް ވަންނަންވީކީ ކޮންމެވެސް އަމިއްލަ އެދުމެއް ނެތިއެއް!

  4. ފިރުޓޭ

    ދެން މި މަންޖެވެސް ދައްކާ ވާހަކަ އުތަ! ޝުައިބު ސާހު މީ ހާދަ ލަކީ މީހެކޭ އިނގޭ! އެކަމު ޖިމް އިންސްޓްރަކްޓަރުންވެސް ވަރަށް ލަކީ ކަމަށް ބެލެވެނީ!

  5. 1233

    ގޮވާހާލެއް ދެފިޔައެއް ނުތަޅާނެ.

  6. މާނު

    ކޮޔާ އިސްތިއުފާދީފަ، ފިލިމީހުންނާއެކު އުޅުން އެއީ ހައްލެއްނޫން ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލު ހޯދަން މަސައްކަތްކުރޭ

  7. ޙަފްޞާ / މާލެ

    އިސްތިޢުފާ ދިނުމާއި ނުދިނުން އެއީ އަމިއްލަކަމެކެވެ. ކުށުގެ ތުހުމަތުގައި ބަންދުކޮށް ތަޙްޤީޤުކުރުމާ ކުށްވެރިވާނަމަ އަދަބުދިނުން އެއީ ނަފްރަތުކުރަންވީކަމެއްނޫނެވެ. ރައީސް މައުމޫނު ކުނޫޒްގެ ޕޯޑިޔަމުގަ ހުންނަވައިގެން ދެއްކެވި ވާހަކަޔާ ، ހަނދުކޭތަހިފިރޭ ، މާދަމާރޭވެސް ބޮޑުކޭތައެއް ހިފާނެޔޭ ވިދާޅުވުމާ ، ވަކިގަޑިޔަކަށް ސްޕްރީމްކޯޓުކައިރިޔަށް މީހުން އެއްކުރުމާ މިހުރީކީ މަދު ވާހަކައެއްނޫނެވެ. މި ސަރުކާރަކީ ތިމާގެޔެއް ދުރެއް ، ގާތެއް ، ރައްޓެއްސެއް ، ބީރައްޓެއްސެއް ބެލުމެއްނެތި ޤާނޫނު ހިންގަވާ ބޭފުޅެއްކަން ދިވެހިން މިތިބީ އަތުންހިފައި ޔަޤީންކޮށްގެްނެވެ. ދުންޔާވެސް މިކަންކަމާ ވިސްނަވާނެއެވެ.