މިދިޔަ ޖުލައި މަހު ރާއްޖެއަށް ހަ ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރު ކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އެ ފަސް މީހުން ބަންދުގައި ބައިތިއްބައިގެން މައްސަލަ ތަހުޤީޤު ކުރުމަށް ކުރިން ކްރިމިނަލް ކޯޓުން ދިން 15 ދުވަސް އިއްޔެއަށް ހަމަވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ތިބީ، އުމުރުން 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 33 އަހަރުގެ ދެ މީހެއްގެ އިތުރުން 43 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި ހަ ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މީހަކުވެސް ހިމެނެއެވެ. އޭނާ އަކީ މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ބަދުއަހުލާގީ މައްސަލަތަކާއި ގޭންގް ރޭޕް މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އޭނާ އާއި އިތުރު ހަތަރު މީހަކު އަތުލައިގަތީ ހަފްތާއެއްހައި ދުވަސް ވަންދެން ފުލުހުންގެ ޑްރަގް އިންޓަލިޖެންސް ޔުނިޓާއި، އަޕާ ނޯތް ޑިވިޝަން ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ޖުލައި 31 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިބާވަތުގެ ކަންކަން ކުރާމީހުންގެ ނަން ކިއުމަކީ ހަރާމް ކަމަކީތަ؟

  2. ނާން

    މިހާރު މައްސަލައެއް ބަލަންވެއްޖެއްޔާމުންވެސް އެެއްމަސްދުވަސް ނަގާ ތީގަކުއްވެރިވާމީހުންބަލަންވީނު. އެންމެން އެއްވަރަކަށް ތީގަކުއްވެރިއެއް ނުވާނެއްނުދޯ.ފުޅާދާއިރާއެއްގަ މަސްތުވާތަކެތީގަ ވިޔަފާރިކުރާމީހުން ތީގަތެރޭވެޔޯ އެކަމު އެމީހުންނަކަޔް އަދަބެއް ދުވަހަކުވެސް ނުލިބޭނެ.އަދަބުލިބޭނީ މަސްތުވާތަކެތި ވިއްކާމީހުންގެ ކައިރިން ދާމީހުން.މީއަބަދުވެސް ހާލަތަކީ.

    • .....

      ހިތަށް އަރާ މިހާ ވަރަށް އެ އަތުލާ އިރުވެސް ގައުމަކުން މިއެއްޗެއް މަދެއްނުވެޔޭ....އެންމެ ފިޔާ ބޯޓެއް ނާދެވި ލަސްވިޔަސް ބަދިގެއަށްވެސް އެނގުންވޭ އެބަ...ކޮންމެވެސް ނުބަޔެއް އެބަ އުޅޭތާ....ބައެއް ރަސްކަލުން އެބަހުރި އެމީހުން ކުރާ ވިޔަފާރި އެހެން މީހަކަށް ކުރިޔަ ނުދީފަ...ނުވަތަ އެމީހުން ހާވާ ހަޑި ފޮރުވަން އާދައިގެ މީހާ ހައްޔަރުކޮށްފަ...މިސާލަކަށް ވިސްނަމާ މިގައުމަށް...ގެއަކުން ފޯނެއް ނުވަތަ ފިހާރަޔަކުން އެއްޗެއް ވަގަށް ނަގާ މީހާ ގެންގޮސް ޖަލަށްލާ އެބަ ވަގުތުން...އޭނާޔަށް ހުކުމެއްވެސް ކުރެވޭ...ވައްކަމާ ދެކޮޅުކަމަށް ދައްކަން ކަމަށްވެސް ވެދާނެ...އެކަމަކު މިލިޔަނުން މިލިޔަނުން ވައްކަން މި ކުރަނީ ކުރިން ބުނި ފޯނު ވަގު ހައްޔަރުކޮށް އަދަބު ކަނޑަ އަޅާ ތަންފީޒް ކުރަންތިބި މީހުން...އެކަން ބެލޭނެ ގޮތެއްވެސް ނެތް...އަހަރެންގެ ހައްގެއް އެ މިލިޔަނުން ވައްކަން ކުރާ މީހުނަށް ނެގިފަވާނަމަ އެމީހަކަށް ހިތާމާއިގެ ކޮޅުވެސް ނެތް...އަހަރެން ގިޔާމަތުގައި އެމީހެއްގެ ފަހަތުން އިންޝާﷲ ހައްގު ހޯދުމަށް ދާނަން...ދެން މިއަދު ތި ހޯދާ ވަގު ތަކެތި އެއީ އަހަރެމެންނަށް ފަހަށް ރައްކާ ކޮށްދޭ ބޮޑު ނިއުމަތެއްކަމުގަ ވުމަށް އަހަރެން އެދެނީ....