ތ.އަތޮޅު ތިމަރަފުށީގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މިރޭ ހިންގި މާރާމާރީއެއްގައި ދެމީހަކު ޒަހަމްކޮށްލައިފިއެވެ.

ޒަހަމްވެފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ.

ދެމީހުންނަށް ވެސް އެރަށު ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

ތިމަރަފުށީ ހެލްތު ސެންޓަރުން ވިދާޅުވީ މާރާމާރީއެއްގައި ޒަހަމްވި ދެމީހަކު އެރަށު ހެލްތު ސެންޓަށް ގެންދިޔައީ މިރޭ 20:30 ހާއިރު ކަމަށެވެ.

މާރާމާރީގައި އެކަކުގެ ނޭފަތް ފަޅާލާ އަނެކަކުގެ ބޯ ވަނީ ޒަހަމްކޮށްލާފައެވެ. އޭނާގެ ބޯ ފަޅާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ތިމަރަފުށީގައި މާރާމާރީ ހިންގާފައި ވަނީ އެރަށުގެ ދެއަވަށަށް ނިސްބަތްވާ ދެގްރޫޕެއްގެ ދެމެދުގައެވެ. މި ދެޕްރޫޕްގެ މެދުގައި މީގެ ދެތިން ރޭ ކުރިން ފެށިގެން އަންނަނީ މާރާމާރީތައް ހިނގަމުންނެވެ.

ފުލުހުން ވަނީ މިރޭ ތިމަރަފުށީގައި މާރާމާރިއެއް ހިނގިކަން ކަށަވަރު ކޮށްދެއްވާފައެވެ. ފުލުނުން ވެސް ވިދާޅުވީ މާރާމާރީ ހިންގާފައި ވަނީ ދެގްރޫޕެއްގެ ދެމެދުގައި ކަމަށެވެ.

މިރޭގެ މާރާމާރީ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހާލާ

    ޖަޒީރާ ރާއްޖޭގަ މިހާރުގެ ހާލަތު

    26
    7
  2. މަގޭނަޒަރު

    ޕޮލިސް ފެއިލް، ޕޮލިސް ކޮމިޝަނަރ ފެއިލް ،އިމްރާން ފެއިލް، އިބޫ ފެއިލް ، މަޖްލިސް ފެއިލް އެންޑް ފައިނަލީ ސަރުކާރު ފެއިލް.

    34
    7
    • ސަޓޯ

      ސިދާތާ ފެއިލް.. ލާރިހޯދާ މާރިއާ ފެއިލް

      11
      2
  3. ޢަފްލާ

    ޢުފެދުމުގައިވެސް ބާތިލު ސަރުކާރެއްކަން އިނގޭ ވަގުސަރުކާރު ވަގއް ވެރިކަމައް އައީމަ ވާނީ ފެއިލް

    33
    7
  4. ސަޓޯ

    ބުރި ތިމަރަފުށީގެ އާބާދީގެ %90 އަކީ ހަކުރުބޯ މީހުން.. އެރަށުގަ އުޅޭ ޕޮލިހުންވެސް ހިމެނޭ ގޮތައް.. ބޭކާރު ބައެއް.. ރަށު މީހުން ލައިގެން އެއްކަމެއްވެސް ކުރާކަށް ނުކެރޭ.. ބިރުން.. މުސާރަ ކައިގެން ތިބެނީ

    11
    3
  5. ޕަކާސް

    މަގޭނަޒަރު ކަލޭވެސް ފެއިލް ކަލޭގެ މަންމަވެސް ފެއިލް ކަލޭގެ ބައްޕަވެސް ފެއިލް ކޮންމެކަމެއް ސިޔާސީ ކުރޭއެބަ އެއީ އިބޫގެ މަސްސަލައެއްތަ

    2
    16
    • މަގޭނަޒަރު

      ސޭމް އެންޑް ޝޭމް ޓުޔޫ... ޕަކާސް.. ހަޖަމްޕްލީސް..

    • ޗިޕޭ

      ތިކަހަލަ ސިކު މީހުން އުޅެތީ މައްސަލައަކީ.. ޕަކާސް ހިތުން ވަރަށް މޮޅުކޮމެންޓެއްދޯ ތިޖަހާލީ.. ސީޔޯ ލައިކްސް އެންޑް ޑިސްލައިކްސް...

  6. ނުވާނެ

    ޙިޔާލު ތައް ކޮންމެ އަކަސް ވަރަށް ހަޑި......މަ ބުނެން އޮތީ.......ލޮލް...????