ހއ.ކެލާ ގައި ހުމެއް ފެތުރި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ހުން ޖެހިފައި ވަނިކޮށް ރަށު ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރުވެސް ހުން ޖެހިގެން އެޑްމިޓް ކޮށްފިއެވެ.

ކެލާގެ ކައުންސިލަރަކު "ވަގުތު" އަށް ވިދާޅުވީ، ގަދަޔަށް ހުން އައިސް ހޮނޑުލެވޭ ހުމެއް އެރަށުގައި ފެތުރެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށުގައި ހުންނަނީ އެންމެ ޑޮކްޓަރެއް ކަމަށާއި ޑޮކްޓަރު އެޑްމިޓް ކުރުމުން ބަލިމީހުން މިހާރު ބަލަމުންދަނީ އެ ރަށުގައި ހުންނަ ހެލްތް ވޯކަރުންނެވެ.

އެރަށު ހެލްތު ސެންޓަރުން ހުން އައިސްގެން 10 އަހަރުން ދަށުގެ ދިހަ ވަރަކަށް ކުދިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެެވެ.އޭގެ ތެރެއިން ދެ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ތިބި ކުދިން އޮބްޒަވޭޝަންގައި ބޭއްވުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ކެލާގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަތަކަކާއި މާލޭގައި ވެސް ހުން ފެތުރެމުން އަންނަތާ މިހާރު ދެތިން މަސް ވެއްޖެއެވެ. ނަމަވެސް ހުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

އެޗްޕީއޭއިން މިއަދު ވިދާޅުވީ، ބޭރަށް ހިނގައި ހޮޑުލެވޭތީ ވޭތުވެދިޔަ ޖުލައި މަސް ތެރޭގައި 3808 މީހަކު ޑޮކްޓަރަށް ދައްކާފައިވާކަަމަށެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު، އިތުރު އަދަދެއްކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮއްބެ

    ކަލޯ ހދ.ކުޅުދުއްފުށީގަވެސް ހަަމަ ތިވަރު... ހަމައެކަނި ތަފާތަކީ މިރަށުގައި ތަންދޮރު އެނގޭ ޑޮކްޓަރެއް ނުހުރޭ... ކަށިގަނޑު އަޅަން ހުންނަނީ ފިރިހެން ނަރުހެއް.

    15
  2. ނަޖީ

    އިބޫ ދަނީ ކުޅިވަރާ މަޖަލުގެ ތެރެއައް ގައުމުގެ ހާލަތު މިދަނީމީގެ 50 އަހަރު ފަހަތައް ސޮއްސިގެން ކޮ ބާތޯ އެމްޑީޕީ އައް ވޯޓު ދިން މީހުން ކޮން ބައެއްތޯ މިކަމުގެ ޒިމްމާނަގާނީ

    21
    2
  3. ޑަކުޓަރު

    ސަރުކާރުގެ ެ އިސް ވެރިން ބަލަނީ ކޮންމެސް ގޮތަކުން
    ރައްޔިތުން އަތުންލާރިކޮޅުނަގާ އެމީހުންޖީބު
    ފުރާލެވޭތޯ،،،،
    ރައްޔިތުން ހާލު ބެލުމެއް ނޯވޭ

    20
    1