ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ނައިބު ރައީސް ކަމަށް ވަޑައިގެންނެވުމުގެ ދުވަސްކޮޅެއް ކުރިން، އަދީބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް 37 މިލިއަން ރުފިޔާ ދިން ކަމަށް އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދީފިއެވެ.

އަދީބާއި، ރައީސް ޞާލިހް ކުރި މުއާމަލާތުގެ މައުލޫމާތު އެނގޭ ފަރާތަކުން ނަން ހާމަނުކުރަން އެދި "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އަދީބު، ރައީސް ޞާލިހާއި ފައިސާ ހަވާލުކުރީ ރެހެންދި ފްލެޓްގައި ކަމަށެވެ.

"އެފައިސާ އަކީ ރައީސް ކަމަށް އާދެވޭ އުމުރު ބަދަލު ކުރަން ޤާނޫނު އަސާސީ އިސްލާހު ކުރުމަށާއި، އަދީބަށް ނައިބު ރައީސް ކަމަށް އާދެވޭ ގޮތް ހެދުމަށް އަދީބު ދިން ފައިސާ." މައުލޫމާތު އެނގޭ ފަރާތުން ބުންޏެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ އަދީބު ރައީސް ޞާލިހާއި ފައިސާ ހަވާލުކުރިއިރު އޭރުގެ ބަންޑާރަނައިބު މުހައްމަދު އަނިލް އާއި އޭރުގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވެސް އަދީބުގެ އަރިހުގައި ތިއްބެވި ކަމަށެވެ.

ނަމަވެސް ޝައިނީ އާއި އަނިލް އަށް ގުޅަން "ވަގުތު" އިން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެބޭފުޅުންގެ ބަހެއް މިކަމާއި ގުޅޭގޮތުން ނުލިބުނެވެ.

އަދީބު ބޭނުންވި ގޮތައް ޤާނޫނު އަސާސީ ބަދަލުކޮށް ރައީސް ކަމަށް އާދެވޭ އުމުރު 65 އަހަރަށް ލިމިޓް ކުރަން ފާސްވީ އެމްޑީޕީ މެންބަރުން ވޯޓް ދިނުމުންނެވެ. ރައީސް ޞާލިހަކީ އޭރު އެމްޑީޕީ ޕީޖީ ލީޑަރެވެ.

ސަރުކާރުން ބޭނުންވި ގޮތައް ޤާނޫނު އަސާސީ ބަދަލު ގެންނަން އެމްޑީޕީ އިން ވޯޓް ދިން ދުވަސްވަރު ވެސް އެމެންބަރުން އަދީބު އަތުން ފައިސާ ނެގިކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިއެވެ. ނަމަވެސް އެތުހުމަތުތައް އޭރު އެބޭފުޅުން ވަނީ ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

90 ކޮމެންޓް

  1. ާއާދަމް ނަވާޒު

    މީހަކު ގެ ހިތް ކަރަން ފަޝާނެ. ލަންކާ ގެ ހުރެގެން އަގަ އަރުވަން އިގޭނީ .

    130
    8
    • ޒައިޒައި

      ދެން މިވެނި މީހަކު ބުންޏޭ އެވެނި މީހަކު ބުންޏޭ ކިޔާފަ ހިތަށްއެރި އަދަދެއް ލިޔެ ހަބަރެއް ޖަހާލަންވީ.. ތަހުޤީޤުތައް ދިޔައިރު ކޮބާ ތިޔަބުނާ މީހާ ފުލުހަށް ބަޔާނެއް ހެކިބަހެއް ވެސް ނުދީ ކޮންތާކު ހުރީ؟؟ އަހުންވެސް ލިޔެފާނަން ފޯސްޓެއް އަދީބު ވަގުތު ނޫހަށް 10މިލިޔަން ޑޮލަރުދިނޭކިޔާފަ..

      1
      3
  2. ޚަލޯ މިކަނ ބަލަަ

    ޏެތެއްނުރަނގަލު އެކަކުވެސް

    168
    7
    • އައްޑޫސިޓީ

      ހަމަ ހަގީގަތުގަވެސް.

      90
      3
  3. ކައްޑޭ

    ވަގު ސޯލިހް ސަރުކާރު

    170
    15
  4. އަލީ

    އެބަރަގަޅުވޭ.

    144
    9
  5. ޚާމޯޝް

    ﷲ ދެނެވޮޑިގެންވާނީ ތިކަންތައް، އެކަމަކު ތިވާހަކަ ދެއްކުމުގެ ބޭނުމެތްދެން ނެތް! 37މިލިޔަން ދިނީމަ ސަލަމަތްކޮށްފަ ފިލާނެފުރުސަތުވެސްދިން އެކަމަކު ފިލާކަށްވެސްނޭގުނު!

    187
    7
  6. ބަކުރުބެ

    ފިތުނަ އުފައްދަން ކަލޭތިކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ހިތިކޮށް ކަލެއަށް ފެނިގެން ދާނެކަން ޔަގީނެވެ ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ

    77
    146
  7. އަލީ

    ޕިސްޕިސް. ބަލަ ޔާމީން ސަރުކާރސކުންނޫންތަ ތިގަނޑުގަތީ. ޕީޕީއެމް ގެ އެއްވެސް މީހަކު ވޯޓެއްނުލާދޯ. ވަގުތައް ސާބަސް. ތިހިރީވާ ނޫސްވެރިކަން ކުރެވިފަ. ޢެހެން ކަމަކާ އުޅެގަ. އެނގޭ މިކޮމރންޓު ޖަހާހައި ހިއްވަރު ނުހުންނާނެކަންވެސް

    57
    219
    • ގ

      ތިކޮމެންޓް ޖަހާފަ އެއޮތީ... އެމްޑީޕީން އަޑީގަ ތިބެގެން ކުރިކަމެއް ވީމަ އެއްނު އަދީބް އެހާ ގިނަ ފައިސާ ރ.ސޯލިހު އަށް ދޭނީ... އެހެންނޫނަސް މި ސަރުކާރުގެ އެތަށް ވެރިންނަށް ހިޔާނާތުގެ އެލާރިގަނޑުން ފައިސާ ލިބިފަވާ ކަމަށް މި ސަރުކާރުން ވެސް އެބަސްވޭ... ކީއްވެ އެފައިސާ މި ސަރުކާރުގެ އެތަށް ވެރިންނަށް ލިބުނީ؟

      6
      1
  8. ސޮނިފުހޭއިސްކިން ޓޯޓޯ

    0 ޓޮލެރަންސް ދެއްތޯ

    168
    10
  9. ދިވެހިމީހާ

    ރާކަނިމަސް ކެވިއްޖެ؟ ޒީރޯ ޓޮލަރެންސޯ! ހުރި ނުލަފާކަމާ، ކެހިވެރިކަން ދެކިބަލަ!

    196
    16
  10. މެސީ

    ފެޅެނީ ފެޅެނީ

    167
    13
    • އެލިޑިން

      ހަހަ. ދެން ނުފިލުނީމަ ކީކޭ މި ކިޔަނީ. ފަޅޮލޭ؟ ލޮލް

      36
      57
  11. ސިމް

    ތިދެއްކުނީ ބޮޑު ވާހަކައެއް ތަހުގީގު ކުރަންޖެހޭ، ކޮންމެވެސް އެއްފަރާތަކަށް ދައުވާ ކުރަންޖެހޭ،
    ވަގުތު ނޫނީ އިބޫ އާއި އަދީބު އައް،

    178
    5
  12. ސުޖާ ހުޅުމާލެ

    ކަނޑައެޅިގެން ބޮޑު ދޮގެއް

    31
    162
  13. ސޮނިފުހޭއިސްކިން ޓޯޓޯ

    އެސޮރު ލިބުނީ ހުސް ލަނޑު ކިބޫ ވެސް ދިނީ ހުސް ލަނޑު

    151
    5
  14. ސޮނިފުހޭ

    ކަހަނބު ކޮބާ؟

    91
    3
  15. ކޮމެންޓްކުރާމީހާ

    ވަﷲ އަޢްލަމް

    110
    1
  16. ސަޓޯ

    ތާހިރު ވެއްޖެ... ހެޔޮވެރިން މި ކުރަނީ.. ބޮޑު މުސީބާތް.. ނިމުނީ ދެން ވޯޓު ދިނުން.. ނިކަން ހުރެބަލަ.. ވަގު އިބުރޭ

    135
    7
  17. ޒިންކް

    ދެން މޮހާރު ހޮޅި ވާހަކަ ދައްކާނެކަމެއް ނެތް.. އިބޫ ތިޔަ ފުލެޓަކަށް ވަތް ސީސީ ޓީވީ ފޫޓޭޖެއްހާ ހިސާބުވެސް ނެތް ފެންނާކަށް.. އެއްވެސް ހެއްކެތް އޮތްކަމެއް ނޫން.. ހޮޅި ވާހަކަ ނުފަތުރާ ހިމޭނުންތިބޭ..

    32
    123
  18. ބުއްޅަބޭ

    ތިވެސް ވާނި އެމްޑީޕީގެ ބޮޑުވަޒީރު ފެކްޝަނުކުދިން އިބޫ އާ ދެކޮޅަށް ފަތުރާ ވާހަކައަކަށް.. އެކަމު ސާބިތު ނުހިފޭ ވާހަކަ ދައްކާކަމަށް ނަންވާނި ޕީޕީއެމް.. ރަނގަޅަށް ބަލާ ތި ވާހަކަތައް ފެތުރިގަ އަޑީގަ ހުންނާނި ކެނެރޭގޭ ނަޝީދު.. ތި ލާރި ނެގިއްޔާ ނަގާފަވެސް އޮންނާނި އޭނާކަމަށްވާނި.. މިހާރު އިބޫ ބޮލަށް ކަނޑަނީ

    77
    22
  19. ބޮޑުފިލި

    ތިޔަވާނީ ހަދިޔާއެއްކަމަށް. ހަދިޔާ ހިފާމީހުން މިހާރު އެދަނީ އެނގެމުން.

    92
    7
  20. ާަަަަަެެެޮޮިުއަފީ

    މިތިބަބޭޒާރުވަނީ ކޭމީހުން އުމުރުން ދުވަސްވީ
    ބޭފުޅުން ބުނާތީއަނޑުއަހަން ކެޔޮކޭވަރުއިގޭނީ
    ބިތުފަންގިނެގީމައޭ މިހާރު މިޔޮތް އިގެނީ
    ފުރަތަމަޖަލައް ލާންވިމީހުންމިހިރަފެންނަނީ؟
    އަވަހައް އިސްތިއުފާދީފަ ރަށައްކޮފޭވަގު ސޯލިހު
    މިސަރުކާރުގަތިބީހުސްވަގުން މީވެރިކަމެއްނޫން
    މީބަލާވެރިކަމެއް؟މިހާބޮނޑުބަލާ ވެރިކަމެއް
    ދުނިޔޭގަނޯންނާނެ ދެންއިޒުރޭލު އެވެސްބަލާވެރިކަމެއް؟

    84
    9
  21. ޑަރޭ

    އެޔެއް މިޔެއްކިޔާނެ ކަމެއްނެތް...އެވެރިން ގުޅިގެން ކައިނަގަނީ ރައްޔިތުން ގުނބޯހެދިފައި ޕާޓީޒުވާބުކުރުމުގައި...

    100
    2
  22. ނަޖީބު އައްބާސް

    ތިވަރައް ގަބޫލު ނުކުރެވޭ ވާހަކަޔެއް ސަބަބަކީ ޔާމީނު ސަރުކާރުން ކަމެއްކުރާކައް މަޖިލީހުގެ މެޖޯޓީ ބޭންނުކުރާތި އެރަކު ފެނުނުގޮތަކީ ގާނޫނުކަމައް ބެލިބަޔެއް އެއީ

    13
    78
  23. ޑެއިލް

    މިހެންވެ އަދީބު އެހެން ގައުމަކަށް ފޮނުވާލަން އުޅުނީ. މިސަރުކާރުން ސިއްރުން ކުރަން އުޅުނު ހުރިހާކަމެއް ފަޅާމިއަރަނީ ކީއްވެބާ. ނަމަށް ސޯލިހު ކިޔަސް މިއުޅެނީ ބޮޑެތި މުޖުރިމުން. އެމްޑީޕީ ގިނަ މެމްބަރުންނަކީ އައްނިވެސް ހިމެނޭގޮތަށް ބޮޑެތި ވަގުން. ކޮންމެ މީހަކު ހުދު ގަމީސް ލައިގެން މިއުޅެނީ އެތެރެ ކަޅުފައިސާއިން ހަރާބުވެފައިވާތީ ބުރަކޮށް މަސައްކަތްކޮށް ހަލާލުގޮތުގައި ފައިސާ ހޯދާމީހުންނަށް ދަޅަދައްކަން. ޥެރިން އަވަދިނެތި މިއުޅެނީ ދައުލަތް ދަވާލުމުގައި.

    87
    7
  24. Anonymous

    ކެޔޮ ކޭ ވަރު އެނގޭނީ ބިތު ފަންގި ނެގީމަ. އަމާ ސޯލިހެއްތީ. ބަކަރި

    71
    4
  25. Anonymous

    އޭރުވެސް އަހަރެމެންނައް އެނގޭ ބަޔަކު މީނާ ނަގާ މަލާއިކަތެއްގެ ދަރަޖަ ދިންކަމުގައި ވިޔަސް އެހާ ސޯލިހް ނަމަ ތިހާ ކޮރަޕްޓެއް ނުވާނެކަން. ލާދީނީ އެމްޑީޕީ ލާދީނީ ކުދިން ހަޖަމްކޮއްލާތި

    86
    7
  26. މާރިޔާ

    ކޮބާ ހީވޭ!

    56
    2
  27. ސަންތި

    ދައުލަތުން ގެއްލުނު ފައިސާ ވަދެފައިވަނީ އެކަނި ޔާމީނުގެ އެކައުންޓަކަށް ނޫންތާ! އޭރުގަވެސް އަހަރުމެން އަޑުއެހިން، އެމްޑީޕީ މެމްބަރުންނަށް ވެސް އަދީބު ބަހަމުން ދިޔަ ފައިސާ ލިބުނުވާހަކަ، އެމްޑީޕީ މިހާރުގެ ޕީޖީ ލީޑަރަކީވެސް އެކަޅުފައިސާގެ ޙައްގު ވެރިއެއްކަމަށް ބުނާތީއަޑުއިވޭ. މިސަރުކާރު އައީ އެފައިސާތައް ހޯދުމަށް ވައުދުވެގެން. އެކްސްކްރޯ އެކައުންޓުގައި ހުރިފައިސާ އަކީ ދައުލަތުންގެއްލުނުކަމަށް ބުނާ ފައިސާއެއްކަމަށް ވަންޏާ އަރުމެން މިދަޢުވާކުރަނީ އިބޫޞާލިޙަށް އަދީބުދިން 37 މލިއަންއަކީވެސް ގެއްލުނު ފައިސާގެ ބައެއްކަމަށް.

    84
    3
  28. މޫސަ

    ޜުފިޔާނެގިއްޔާ ތިމައްސަލަވެސްބަލަންޖެހޭނެ

    74
  29. ޖ

    ކޮބާކޮބާ ފަޅައިއެރީއެންނޫން އަދިވެސްޔާމީނޭ ކިޔައިގެން ހަޅޭ ލަވާނެ

    80
    4
  30. Anonymous

    އަދީބު ރައީސް ޞާލިހަށް 37 މިލިއަން ރުފިޔާ ދިން!

    ކީކޭބުނާނީ

    81
    1
  31. ާއަދީިބާ

    ހެހެ. ޙާދަމަދޭ ތިއަށްވުރެ ގިނައަކުން ނޫންތަ ދިނީ

    45
    4
  32. ނަގޫރޯޅި

    ކެޔޭ ކެޔޭ، އެންމެންވެސް ކެޔޭ. އޮޅުވާލީ ކޮސްރައްޔިތުންނަށޭ. ހޯދަން ނޫޅެނީވެސް ފަޅާ އަރާނެތީޔޭ. ނަމަކުން ވާނެކަމެއްނެތް. ހުސްލަނޑާ ހަމަކަނީ ފެހި.

    74
    1
  33. ތުނިޔަ

    ދެންކީތްވެ އިބޫގެ ބަހެއް ލިބޭތޯނުބެލީ؟

    57
    9
  34. މާމިގިލީ މީހާ

    ސޯލިހަކީވެސް ބާގީއެއް.

    61
    2
  35. ހަނަފީ

    ތާހިރު ވެއްޖެ. ޒީރޯ ޓޮލަރެންސް ތިއޮތީ ގިރައިގެން ބޮވިފަ.

    73
    3
  36. އަފިރިންގެ ޚިޔާލް

    ތިއީ ކުރިން ދެއްކިވާހަކަތަކަށް ފާޅުކަންބޮޑްކޮށް ލިބުނު މައުލޫމާތެއް. ތިޔަބުނާ ކަޅުފައިސާއަކީ އެމްޑީޕީ އެންމެ 3 މެންބަރުންފިޔަވާ ހުރިހާ މީހުން އަގަތެރޭ އުގުޅިފައިވާ ފައިސާ ނުންތޯ...
    އަދި އެއިރު ޖޭޕީ އަދި ޕީޕީއެމް މެންބަރުންވެސް މިލިއަނުން ހޯދިތާ، އަދީބު ރ.ސޯލިހުގެ ކެމްޕެއިނަށް 170 މިލިއަން ޚަރަދުކުރިވާހަކަތައް އަދި އޮތީތާ...... އުމުރުން އެންމެ 24 އަހަރުގަ ފައިސާގެ ދަހިވެތިކަމުގައި ވަރުވާއަށް ލިޔެފައޮތް ފަޅުރަށެއްގައި ރިސޯޓެއް ހަދައި ރާވިއްކާ އެކުށް ސާބިތުވެ ތ.އަތޮޅު ގުރާދޫއަށް އަރުވާލި މީސްމީހުން ކޮށްފަ ނުކުރާނީ ކޮންކަމެއްތޯ...

    71
    3
  37. ޢައިސަ

    ހައްހައްހައްހައްހައްހައްހާ
    ހަމަތެދެއްތަ
    ދޮގެއްނަމަ ލިޔަން ކެރުނީސްބާ
    ޙައްހައްހައްހާ
    ޙަމަ ހެވެނީ

    32
    1
  38. ފުނަދޫ

    ޔާމިނައް އެއްމެ 16 މިލިޔަން މިދުނިޔޭގަހުރި އެއްމެބޮޑު ސޯލިހުއައް 37 މިލިޔަން މިތަނުން ދެންބަލާ ވައްކަން ކުރީކޮންބަޔަކުތޯ އަމުދުން ޔާމިނައްލިބުނު އެތިކޮޅުވެސް 53 މިލިޔަން ހަމަކޮއްލަން އަތުިެވޭތޯ އެއުޅެނީ

    38
    3
  39. ސަން

    އެދުވަސްވަރު ސޯލިހް ބުނި އުމުރުން 18 އަަހަރު ވީމާ ރައީސްކަން ކުރެވެންޖެހޭނޭ. އަންނި ދޫ ކޮށްލުމަށް އަދީބާ އެކު މަޝްވަރާ ކުރި. ސޯލިހަކީ ހީކުރާ ކަހަލަ ބޭކަލެއް ނޫން. ރަގަޅަށް އޭނަގެ ލޮލަށް ބަލާބަލަ އޭރުން އެނގޭނެ އެއީ ކޮންޒާތެއްގެ ބޭކަލެއްކަން. އަހަރެން ސޯލިހަކަށް އިތުބާރެއް ނުކުރަން. ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ސޯލިހުގެ އަތް ފުޅާވި ވަރުން ވެސް އެއީ ކާކުކަން ސާފުވާނެ.

    47
    1
  40. އައްލެއިކަލޯ

    ވަރަށް ގިނަ ބޭފުޅުން ހެކިވާނެ، އަދީބަކީ އެމްޑީޕީ އިން ޔާމީނު ސަރުކާރުގެެ އެންމެ އިސް މަގާމަށް ވެއްދި ޖާސޫސެކޭ އިސްތިއުފާ ދެއްވި އަންނި ބުނެފަ އޮތްކަމަށް. އެވާހަކައާއި އެހާދިސާތަކާއި އަދި މިހާރު ފެންމަތިވަމުން މިދާ ކަންތައްތައް ބަރާބަރަށް އެބަގުޅޭ. އަދި އަދީބު މިކަންކަމަށް އެއްބަސްވެސް ވާނެ.

    48
  41. ޞޯގަޅިބެ

    ތިކަން އިނގެޔޭ ކުރިންވެސް އެނގިހުރެއޭ އިބޫއަށް ވޯޓުދިނީވެސް ބޭނުންވީ ހަމަ ޔާމީނު ބޭރުކޮށްލަން

    21
    21
  42. ހޮނޑާފުށި

    އަދީބު މަށައްދިނީމޭ ބުނެފިއްޔާ މަމިހިރި ކީރިތި ގުރުއާނުގަ އަތްލާފަ ދިންނަމަ އިސްލާމެއްނޫން ކަމަށްނހުވާކުރަން ތައްޔާރަށް. ރައީސްއަށް ހުވާކުރަން ކެރިދާނެބާ

    36
    1
  43. ޕައިރޭޓްސް

    ކަނޑުފޭރޭބަޔަކު އަރާ އާބާދުކުރި ފިނޮޅުތަކެއްގައި ވައްކަމާއި ޚިޔާނާތަކީ ކަންބޮޑުވާޒާތު ކަންކަމެއްނޫން.

    20
    3
  44. ހީރޯ

    ބުންޏޭ ބުންޏޭ ކިޔައިގެން ދެއްކޭ އެއްވެސް ވާހަކަ އަކީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން. ނިމިދިޔަ ސަރުކާރުން ކުރި ބޮޑެތި ވައްކަންތައް އެކި މީސްމީހުން ބޮލަށަ ބަހާލައިގެން އެއްވެސް ބުރަދަނެއް ނެތް ރިޕޯޓް ހަދާފަ ނެރުނަސް ޔާމީނުގެ އިނޮސެންޓް ކަމެއް ޕްރޫފްކޮށެއް ނުދެވޭނެ.

    15
    33
  45. އުތުރު

    ދައުލަތުގެ ޚަޒާނާއިން އަދީބު ވަގަށްނެގި ފައިސާ
    ބޭނުންކޮށްފައިވަނީ މޑޕގެ އިސް މީހުންނާއި
    މެންބަރުންކަމަށް އަބަދުވެސް އަންނަނީ ތުހުމަތު
    ކުރެވެމުންނެވެ އެހެންވީމާ މިނިވަންތަހްގީގެއް ހިންގައި މިފައިސާތައް ބޭނުންކުރި ފަރާތްތައް
    ސާފުކޮށް ހާމަކުރުމަށް ސަރުކާރަށް ގޮވާލަމެވެ
    މިމައްސަލާގެ ތަހްގީގު ރިޔާސީކޮމިޝަނާ ހަވާލް ކޮށްފިނަމަ އޭގެ ސައްހަކަންގެއްލިތަޣައްޔަރުވެދާނެ
    އެވެ.

    41
    • We

      ކޮބާ ހީވޭ

      18
  46. ލަބީބު

    މި މައްސަލަ ތަޙްޤީޤުކޮށް ވަގުއިބޫ ހައްޔަރުކުރޭ! ރިޝްވަތޭ ފަސާދައޭ ކޮރަޕްޝަނޭ ކިޔާ މިކަލޭގެ އަގަފުޅާކުރައިރު މީނަގެ ޙާލަތު މިއޮތީ ހާމަވެފަ!

    43
  47. ގުދޯގުދޯ

    ކާކުގެ ވެރިކަމެއްގަ ސަރުކާރުން ހިންގި ކަމެއްބާމި؟

    5
    18
  48. ------މަންމަނު

    އެލާރި އެކީ އަދީބުގެ ފައުންޑޭޝަނުން ހަދިޔާ ކުރި އެތި ކޮޅެއް؟ އޭ ކަރަފުޝަނާއި ބެހޭ އެއްޗެއް ނޫން!

    23
    2
  49. ޢަލީ ޢަލީ

    މަވެސް އަދީބަށް ދިނިން 500 މިލިއަން ރުފިޔާ !!!
    !

    4
    23
  50. ްއިއްޔެ

    މަވެސް ދިނިން 500 މިލިޔަން ރުފިޔާ !!!
    !!!

    4
    20
  51. ފެންނަންހުރި ހަގީގަތް

    ބަލަޔާމިނާ ދިމާލަށް ވަގައްގޮވި މީހުން ﷲބޭޒާރުކޮށް ފަލީހަކުރަށްވާދޭ ޔަހޫދީންނަކީ އަބަދުވެސް ކުއްގަބޫލްކުރާ ބަލިގަބޫލުކުރާ ބައެއްވެސްނޫން އެބައިމީހުންނަ މީސްތަކުން މަގުފުރައްދަމުން މައުސޫމްބަޔަކަށްވެގެން އުޅޭސައިތޯނުންގެ ބައިގަޑެއްމީ ފެންނަންއޮތް ހަގީގަތް

    36
  52. ހުސޭނުބޭ

    މި ހުރިހައި ބައިވަރެއް ކައިގެން ނޭވާނުލެވިފައި ހުންނައިރުވެސް މީނަ މިކިޔަނީ ކަރަޕްޝަނާ ދެކޮޅޭ! އިބޫ ޞާލިޙް ދިރުވާލައިގެން އެހުރީ ކަރަޕްޝަންތަ؟

    30
  53. ސިކުނޑި

    ބުޅާ ގޯނިން ބޭރުވަނީ..... ހަޤީޤީ ވަގުންނާާއި، ހިޔާނަތްތެރިން މި އޮށް ފަޅައަރަނީ

    30
    1
  54. އާމިނަ

    ރ.ޞާލިޙަށް ދަންނަވާބަލަ ޒީރޯ ޓޮލަރެންސް ގެ ދަށުންތޯ ތިކަމެއް ހިނގީ.ހާދަ ގަބޫލު ކުރަން ދަތިކަމެކޭ.އަދި ޒިންކަށް ބުނެލަން އޮތީ ތިބޭފުޅާއަށް ފެނިވަޑައި ގަތީތޯއޭ ރ. ޔާމިނު ވައްކަން ކުރައްވާ ސީސީ ޓީވީ ފުޓޭޖް. ކުރިމަތީގައި އޮތީ އިންތިޚާބު ދީންދެކެ ގައުމު ދެކެ ލޯބިވާ އެއްވެސް ރައްޔިތަކު ހަމަ ހިލާ އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ވޯޓް ދެއްވައިގެން ނުވާނެ. މިވެރިކަން ނިމޭތޯ ދުޢާކޮށް ދެއްވާ.ވ.ނުބައި ވެރިކަމެއް މިކުރަނީ

    31
  55. ގުރާ

    ނިމޭއިރު ތިފައިސާ ނުލިބޭ އެކަކުވެސް ހިއެއްނުވޭ ހުންނާނެހެން.

    30
  56. ޜޯޒެ

    ރަޢިސް ފެމެލީ ވެޑިންގ އަކަށް ވަޑައިގަތުމަކީ މައްސަލައެއްނޫން، އެކަމު އަދީބު އަތުން އެމް އެމްޕީއާރސީ ގެ ފައިސާކަމަށް ޝައްކު ކުރެވޭ ފައިސާ ނެގުން އެއީ ބޮޑު އިޝޫއެއް، އިބޫ އަށް ވޯޓުދިނީ ވަރަށް އުއްމީދާއި އެކު. ޥަރަށް ދެރަވެއްޖެ.

    18
  57. ކިނބޫ

    ކޮބާބާ އޭސީސީ ނިދާފަތަ އޮތީ ހުސް ވަގުން

    19
  58. ހަމުނޭށުމާ

    ނުފިލި، ހައްޔަރުވެ، ފަޟީޙަތްވެ، ފިލިދާނެ ދޮރުތައް ބަންދުވުމުން ޕުރޮޕަގެންޑާއެއްޖެއްސީދީ! ނުޖަހާނެކަންވެސް އެނގޭ! ތިޔައީ ހިނގިކަމެއްކަމުގަވާނަމަ، ތިވާހަކަދައްކައި، ބޭޒާރުކުރަންއުޅޭނީ މިއަދަކުނޫން. ވަގުތަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

    17
  59. ލަދުކުޑޭ

    އަދި ހަމަ އެއްޗެކޭ ބުންޏަކަސް ދިން ކަމަކަށް ވުވާނެ. އިބޫ އަކީ އެއްވެސް ގޮތަކަށް ކޮރަޕްޓް ފައިސާ ނަގާ މީހެއް ނޫން.

    19
  60. ޖޭ

    ތިކަން އޮތީ ތިގޮތައްކަމަށް މާކުރުންވެސް ގަބޫލްކުރަން.

    15
  61. އިންސާފް

    އިބޫ ކުށެއް ކޮށްފަވާނަމަ އިބޫއަށްވެސް ފިޔަވަޅު އެޅޭނެ. އޭގެ މާނައަކީ ޔާމީނު ކުރި ވައްކަންތަކުން އޭނާ ސަލާމަތްވާންޖެހޭނެއެކޭނޫން. އެހެންނޫނަސް ތިގޭސްގަނޑު ބޮޑަށް ވައްތަރީ ފަނޑިޔާރުގެ އިސްލާހުކުރުމާ، މަރުތަކާ ކޮރަޕްޝަން ބަލަންފެށުމުގެ ސަބަބުން އަނބުރާ ގޭސް ގަނޑެއްހެން.

    2
    22
  62. ދދދދދދ

    ފައިިސާ ގޯނިން ކައިިގެން ހުރި ވަގެކޭ އަބަދުވެސް މަ އެބަ ކިޔަމެއްނު

    14
  63. ބޮކި

    ބަލަ ތަމެންނަށް ކެވުނުވަރުމަދީތަ ! އެހެންމީހުންގެ ވާހަކަ ތިދައްކަނީ.............

    1
    10
  64. ނޫނު

    ހަގީގަތަކީ އެފަހަރު ވޯޓު ހޯދަން މަޖިލިސްގެ ހުރިހާ މެމެބަރުނަށް ރިފިޔާ އޮށްސި، އިންތި، އީވާ ކަހަލަ ދެތިން މެމްބަރެއް ނޫނީ އެ އެތިފަހަރުން ސަލާމަތް ނުވޭ. މިސަރުކާރުގެ މަގާމު ތަކުގަ ތި ރުފިޔާ ކޭމީހުން މާ ގިނަ ވާނެ ޔަގީނުންވެސް. ޔާމީނަށް ވަގަށް ގިވަނީ އަދިވެސް ސާބިތު ނުކުރެވޭ. އިސްލާމް ދީނުގަ ސާބިތު ނުހިފޭ ދޮގުވާހަކަ ދެއްކީމަ ދޭން އޮންނަ އަދަބު އެބަ ޖެހޭދޭން. ނޫންނަމަ އަދިވެސް މީސްމީހުންގެ އަބުރު ކަތިލާނެ ހަމަ.

    15
  65. އެޑްވަޑް ބާމުންޑޭ

    މިހާރުގެ ރައީސްގެ ނަމަކީ " އިބަރާހީމް މުޙައްމަދު" ޞާލިހަކީ ރައީސްގެ ކާފަގެނަން. ނަންވިސް އޮޅުވާލައިގެން ހެން ހީވަނީ އެއުޅުއްވަނީ.

  66. ރައިސްމީހާ

    އަދީބު ކުރެއްވި ހުރިހައި ކަމެއްވެސް ރަގަޅު ކަމަށް ބެލެވެނީ. އެއީ ހުކުމްތައް ބާތިލުވީ އޭނާގެ ގޯހެއް ނެތީމާ. މޑޕ އަށް ދިނީ އެފައިސާ. ޕޕމ އަށް ދިނީ މިފައިސާ. އަދީބު އަތުގައި ހުރީ ފައސާފައިސާ.

    10
    1
  67. ކެޔޮޅު

    ހުރޭ ފައިބާދުވަހުން އުއްދަނޑިޔަކުން ދިޔަފެލާހެން ފެލާލާނަން ބަލާބަލަ ހުނިނުބައިކަން މާސޯލިހުމީހެކޯ މަމީ މަށެއްނުކުރާނެޔޯ ނުބައިކަމެއް އުތަ؟

    10
  68. މިއަދު

    ކޮބާރިސްސާލިހު މިކަމުގައި ބަހެއްނުބުނެ ތިހުރީ ކީވެފައިތަ މިހިރަފެންނަ ކަންތައްތަކަށްބަލާއިރު ވަގީ ޔާމީނެއްނޫންދޯ ބްރޯއާއި އިބޫވެސް މާވަގުދޯ

    11
  69. ށޮސް

    މިއީ ހަމަ ސީދާ އިޚްލާޞްތެރި ވަގެއް

  70. ޯފަޒޫ

    އިބޫ އަވަހައް ތެދު ހާމަކުރޭ،،، މަހްލޫފް އާ އަކްރަމް ކަމާލުއްދީން ވެސް ހުދުފޮއްޗައް ވީ މިހެންވެގެންދޯ،، އިބޫއަށްވުރެ މަދުން ކެވުނީމަ ތާ

  71. ބަދަވި

    ޙަޖަމް ކޮޢްލާ

  72. ކޮބާ

    އިތުބާރު ހިފޭފަރާތް ތިކިޔަނީކާކަށް

  73. ކިންގފިޝަރ

    އަދީބުގެ ފަރާޔުން މޑޕ ގެ ގިނަ ވެރިންނަށް މމޕރސ ގެ ޚިޔާނާތުގެ ފައިސާއިން ފެންވަރުވާލާފައިވުމުގެ ސަބަބުން މޑޕ އިން އަދީބު ސަލާމަތްކުރަން މިއޮތީ މަޖުބޫރުވެފައި. ދައުލަތުގެ ބާރުތަކުގެ އެހީގައި އަދީބު ސަލާމަތްކުރުމަށް މޑޕ އިން ނުފުރޮޅާނެ ގަލެއް ނުބާއްވާނެ. އެހެންނޫނީ މޑޕ ގެ ގިނަ ބަޔަކަށް ސަލާމަތެއް ނެތް. މިހާރު ޕީޖީ އޮފީހުން އެކުޅެނީ އެބައި. ކުރިން ޕޮލިސް މެދުވެރިކޮށް ރާއްޖެއިން ފިލުވަން އުޅުނު. ސކ އާއި ހކ އިން އަދީބުގެ ކުރީގެ ހުކުމްތައް ބާތިލުކޮށްފި. ކުރިން ސކ ގެ އަމުރުގައި ދޫކޮށްލާމީހުންގެ ތެރޭގައި އަދީބު ހިމެނިފައި އޮތީ ވެސް އެހެންވެ.

  74. މޖ

    ކަރަޕްޝަން ނޯންނާނޭ ކިތަންމެ ވަރަކަށް ކިޔަސް އިބޫ އަކީވެސް ކަރަޕްޓަޑް މީހެއް، އިސްލާމް ދީން ފޮހެލަން މަސައްކަތް ތަކެއް މިހާރުވެސް ފަށައިފި

  75. ސިޑް

    ތިސޮރުހުނާނީމާ ގިނައިން ކާލާފަ

  76. ޝިޔާމް

    ދެން ކީއްވެތޯ އަދީބުއާއި ދެކޮޅަށް އިބޫ ވޯޓްދެއްވީ؟

  77. ރަނގަބީލު

    ތިއީ ވަރަށް ބޮޑު ތެދެއް ކަމަށް ބެލެވޭ.އިބޫ އަކީ ފައިސާ ބަހާގެން މެންބަރު ކަމަށް އަންނަ މީހެއް.އެހެން ވީމާ ލާރި ވަރަށް ބޭނުންވާނެ....

  78. Anonymous

    ދުޢާ ދެއްވާފައިވާ ބޭފުޅެއް ތިޔާ ކަހަލަ ވައްކަމެއް ނުކުރާނެ.!!

    1
    1
  79. Anonymous

    މީނާގެ ސާލިހު ކަން އެނގޭނެ 3 މީހަކު އުޅޭނެ. އެއީ ޑރ. އިޔާޒް، ސޭހު ޒައިދު އަދި. ދުޢާ ދެއްވި މީހާ!!

    3
    1
  80. އަހަރެން

    ތިއުޅެނީ ނޫސް ކުރިޔަށް ދާތީ ކަންބޮޑު ވެގެންތަ ކުދިންނޭ

  81. ރާއްޖެތެރޭ މީހާ

    އައްނި އެކައުންޓް ތަކުގަ ހުރި 100 މިލިޔަން ޑޮލަރު ވާހަކަ އަހާލަބަ

  82. މާމީ

    މި ފައިސާ އަކީ އަދީބު ކޮންތާކުން ހޯދާފަ ސޯލިހުއަށް ދީން ފައިސާ އެއް ކަން ބަލަންވިނު. މި ފެންނަނީ ސޯލިހުމެންގެ ސޯލިހު ކަން

  83. އަޒީޒްޖަމާލް

    ބޮޑު ޚިޔާނާތޭ ކިޔައިގެން އެމްއެމްޕީއާރުސީގެ ވާހަކަދައްކާއިރު.އެންމެ.ބޮޑު ޚިޔާނާތަކީ ގައުމު ވިއްކާލުން. އެކަން ކުރީ ކެނެރީ އާއިލާއިން. އިސްވެހުރީ އަންނި ކިޔާމީހެއް. ފުރަތަމަ.މި.މައްސަލަ.ބަލަންވީ. ދެން.އޭގެ ފަހު ން ދެންހުރި.ކަންކަން ބަލާނީ. ބޮޑު ޚިޔާނާތަކީ އެއީ

  84. ސުންޕާ

    ރައީސް އައް ކީރިތި ކުރަށްވާނެ ތިކަހަލަ ވާހަކަ ނުދައްކާ ?

  85. ޭެޗޗ

    ފިތުނަ އުފެއްދުމަކީ ވަރަށްބޮޑުފާފައެއް. ބުންޏޯ ބުންޏޯ އެއީ ފިތުނަ. ކިތަންމެ އިތުބާރުކުރެވޭމީހަކު ބުނަޏަސް ސާބިތުކޮށްނުދެވެންޏާ އެއީފިތުނަ. ކާކުކަންނޭގޭމީހަކު ބުނިއެއްޗެއްގެ މައްޗަށް ބިނާކޮށް މުޅިއެތި ......ވަރަށް ދަށުދަރަޖައިގެ ނޫސްވެރިކަމެއް.