ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ހިންގަމުން އަންނަ "ޕީއެސްއެމް ނިއުސް"އިން މިދިޔަ އަޟްހާ އީދު ދުވަހުގެ އީދު ނަމާދާއި ހުކުރު ނަމާދު ލައިވް ނުކުރަން ނިންމުމުން ކުންފުނީގެ މެނޭޖުމަންޓާއި އިސް މުވައްޒަފުންތަކަކާއި މެދު ޒުވާބުކޮށްފިއެވެ.
މި ޒުވާބުތައް ކޮށްފައިވަނީ ޕީއެސްއެމްގެ ލައިވް ރެކޯޑިން ނަމަކަށް ކިޔާ ވައިބަރ ގްރޫޕެއްގައެވެ. މި ގްރޫޕަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި ކުންފުނީގެ ޑިޕާޓުމަންޓުތަކުގެ އިސްވެރިންނާއި ބައެއް އިސް މުވައްޒަފުން ތިބޭ ގްރޫޕެކެވެ.
ޕީއެސްއެމްގެ މުވައްޒަފުންގެ މެދުގައި ހިނގި ޒުވާބު ފެންނަ ޗެޓްލޮގްތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ޕީއެސްއެމް ނިއުސް އިން އީދު ނަމާދު ލައިވް ކުރާނެ ކަމަށް ޗީފް ޕްރޮޑަކްޝަން އޮފިސަރު ވިދާޅުވުމުން ކުންފުނީގެ މާކެޓިން ހެޑް ވަނީ އަޟްހާ އީދު ނަމާދު ލައިވް ކުރާ ޓީވީ ޗެނަލަކީ ހަމައެކަނި ޓީވީއެމްކަމާއި އީދު ނަމާދު ލައިވް ކުރާ ރޭޑިއޯ ޗެނަލަކީ ހަމައެކަނި ދިވެހިރާއްޖޭގެ އަޑު ކަމަށް ވިދާޅުވެފައެވެ.
އެއީ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ ނިންމެވުމެއް ކަމަށްވެސް މާކެޓިން ހެޑް ވިދާޅުވިއެވެ. އެގޮތަށް އަމަލު ކުރަނީ އެއް ކަމެއް ހުރިހާ ޗެނަލަކުން ދެއްކުމަށް "އެމްޑީ ބޭނުންފުޅު ނުވާތީ" ކަމަށްވެސް އޭނާ ގްރޫޕްގައި ލިޔުއްވާފައިވެއެވެ.
މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރީ ޕީއެސްއެމް ނިއުސްއަކީ އެ ޗެނަލް އުފެދުނީއްސުރެ ހުކުރު ނަމާދާއި އީދު ނަމާދު އަދި ކޭތަ ނަމާދުތައް ފަދަ ނަމާދުތައް ލައިވް ކުރަމުންދިޔަ ޗެނަލަކަށްވީ ނަމަވެސް ވަކި މަޤުޞަދެއް ހާސިލް ކުރުމުގެ ބޭނުމެއް ނެތި މިގޮތައް ނިންމުމުންނެވެ.
ހުކުރު ގަޑީގައި ހުކުރު ނަމާދު ނުދައްކާ އީދު ދުވަހު އީދު ނަމާދު ނުދައްކާ ޕީއެސްއެމް ނިއުސްއިން އެގަޑިތަކުގައި ދައްކަންވީ ކޮން އެއްޗެއްތޯއާއި އެހެން ޗެނަލްތަކުން ބަންގިވެސް ދައްކާ ކަމަށާއި ޕީއެސްއެމް ނިއުސް ޗެނަލުން ބަންގި ދެއްކޭނެތޯ ޕީއެސްއެމް ނިއުސްގެ މުވައްޒަފަކު ސުވާލު ކުރުމުން މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވަނީ އެބަހުސްގެ ތެރެއަށް ވަދެވަޑައިގެންފައެވެ.
"ޕީއެސްއެމް ނިއުސްއަކީ ޕީއެސްއެމްގެ ޗެނަލެއްތޯ" ވިދާޅުވެ އަލީ ޚާލިދު ސުވާލު ކުރެއްވިއެވެ.
އެހާ ހިސާބުން ކުރީގެ ސަރުކާރުގައި ކަންކަން ކުރިއިރު ވެސް އިސް މަގާމުތަކުގައި ތިބި މީހުން މިއަދުވެސް ކުންފުނީގެ އިސް މަގާމުތަކުގައި ތިބި ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން އެކަމުގެ ހިތްހަމަނުޖެހުން ވެސް ފާޅުކުރަން ފެށިއެވެ.
އެކަމަށް ޖަވާބު ދެއްވަމުން އަލީ ހާލިދު ވިދާޅުވީ ޑިޕާޓްމަންޓްތަކުގެ ވެރިން މިހާރު ބަދަލުކޮށްފައިވާނެ ކަމަށެވެ.
މިއަދުގެ ހުކުރު ނަމާދު ނިއުސް ޗެނަލްގެ ޝެޑިއުލްއަށް ނުލާ އޮތުމުން ޕީއެސްއެމް ނިއުސްގެ ޕްރޮޑަކްޝަން ހެޑް އަލީ އާދަމް ވަނީ މިއަދު ސަސްޕެންޑް ކޮށްފައެވެ.
ހުކުރު ނަމާދު ލައިވް ނުކުރަން ޕީއެސްއެމްގެ ވެރިން ނިންމާފައި އޮތްނަމަވެސް މައްސަލަ ހޫނުވެފައި އޮތުމުން މިއަދު ހުކުރު ނަމާދު ލައިވް ކުރިއެވެ.
ދެ ޖިންސް އެއްކޮށްގެން ނާޗަރަންގީ ކުޅޭ ތަނެއް ވިއްޔާ ހިލޭސާބަހަށް ދޯ ؟
އިސްލާމް ކަންވެސް ނަންވެސް ފޮހެލަން ދޯ ތި ހިއްޕާލީ؟؟؟؟ އަހަރުމެން ކެމްޕެއިން ކުރާނީ ތި ޗެނަލް ބެލިޔަ ނުދެން. އޯކޭ ނުން.
ޢީދު ނަމާދާްއި ހުކުރު ނަމާދު ލައިވް ނުކުރަންޔާ. ތިޗެނަލް ބޯއިކޮޓް ކުރޭ. ސްޕޮންސާރ ކުރުން ހުއްޓާލަންވީ..
ތިއީ ހޫނުވާންޖެހޭ މައްސަލައެއްނޫން! އެޖެންޑާ 19ގަ ނޯނއނާނެ އިސްލާމްދީން ކުރިއަރުވަން ކުރާނެކަމެއް! ވެރިންނަށް ލައިފަތުބީ 19 ތަންފީޒުކުރަން. ވެރިން “ހޮވީ” ރައްޔިތުންގެ ވޯޓުން!!
ޢަލީ ޚާލިދު ޕީއެސްއެމް އާއި، ޙަވާލުވެ ވަޑައިގަތުމަށްފަހު، އޮނިގަނޑަށްވަނީ ހެޔޮ ބަދަލްތަކެއް ގެންނަވައި، އެ ބަދަލްތަކުގެތެރޭގައި، ޑިޕާރޓްމަންޓްތަކުގެ ވެރީންނަށް،އިޚުތިޔާރުތަކެއް ދެއްވާފައި. މިއީ މި ހަތަރުފާރުގެ ތެރެއިން ވެރިޔަކު އަލަށް ކުރެއްވި ކަމެއް. ކަމުގެ ނާޖާއިިޒު ފައިދާ ބަޔަކު ނަގަނީކަމަށް ބެލެވެނީ. ވައްތަރީ ދުރާލާ ރޭވިގެން ޢަލީ ޚާލިދު ދުއްވާލުމަށް ހިންގާ ޖަރީމާޔަކާ. ހިތާމަހުރިކަމެއް.
އިސްލާމް ދީނާމެދު މި މީސްމީހުންގެ ހިތުގައި އޮންނަ އަދާވާތްތެރިކަން ވަޒީފާގެ ގޮތުން ލިބޭ ބާރުގެ ތެރެއިންވެސް ދައްކަމުންދާކަން މިއިން އެނގެނީ. އިސްލާމް ދީނުގެ ނޫރު ތިބާހުންގެ އަނގަތަކުން ފުމެ ނިއްވައެއްނުލެވޭނެ!
ޢަލީ ހައްދަވަނީ އިތުރުފުޅެއް. އެއްވެސް ބަދަލެއް ގެނެސްފައި ނެތް. އޮނިގަނޑު ބަދަލުވާއިރުވެސް އެމީހުންގެ ނަންތައް މަޤާމުތަކުގަ.
ޢަލީ ވަނީ އެތަނުގެ ބަޔަކު ދަށުވެފަ.
ޕްރޮޖެކްޓްގެ ހެޑް ސިޔާދު
ވައިކަރަދޫ އަށް މަޝްހޫރު ރިޒާ
ބިއުރޯގެ ނާސިހާ
ޑީއެމްޑީ ޝަމީމް
ވަކި ބަޔަކަށް ޒާތީވެގެން ވަކިކުރަނީ
އެޖެންޑާ 19 ފުރިހަމަ ވަމުން ތިއައްނަނީ.
ކޮބާތޯ ދީން ކުރިއަރުވާ ޖަހާލަތު ޕާޓީ!؟
އެޖެންޑާ 19 އަކީ ކޮބައިކަން މަޑުމަޑުން އެދަނީ ހާމަވަމުން. އެޖެންޑާ 24 ނިމޭއިރު ޓެރިޓަރީއަކަށްވާނެކަމަށް ލަފާކުރެވޭ.