އިންސާނިއްޔަތަށްޓަކައި ދަރުމަވެރިން ކުރަމުންދާ މަސައްކަތަކީ ޝުކުރު ހައްޤު، ނަމޫނާ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ، ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދިވެހި ރެޑްކްރެސެންޓްގެ ދިހަ ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ރައީސް ވިދާޅުވީ، ދިވެހި ރެޑްކްރެސެންޓުން މުޖުތަމަޢުގައި ބޭނުންޖެހިފައިވާ ކަންކަމަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ނަމޫނާއެއް ކަމަށެވެ.

".. ދިވެހި ރެޑްކްރެސެންޓުން ރާއްޖޭގެ މުޖުތަމަޢަށް ބޭނުންޖެހިފައިވާ ކަންކަމުގައި ވެދެމުންދާ އެހީތެރިކަމަކީ ނަމުނާ މަސައްކަތެއް. އިންސާނިއްޔަތު ކަމަށްޓަކައި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ވޮލެންޓިއަރުން ކޮށްދެމުންދާ މަސައްކަތާއި ހޭދަކުރާ ވަގުތަށް ޝުކުރުވެރިވަން،" ރައީސް ސޯލިހުގެ ޓްވީޓުގައި ވެއެވެ.

ރައީސް ވަނީ ދިވެހި ރެޑްކްރެސެންޓަށް ދިހަ އަހަރު ފުރުމާއި ގުޅިގެން، ދުވަހުގެ މުނާސަބަތުގައި އެ ޖަމާޢަތަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެ ޖަމާޢަތުން ހުއްޓުމެއް ނެތި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެކަމަށް ތަޢުރީފު ކުރައްވާފައެވެ.

ދިވެހި ރެޑްކްރެސެންޓް ރާއްޖޭގައި އުފައްދާފައި ވަނީ 2009 ވަނަ އަހަރުގައެވެ. އެއަށްފަހު އެ ޖަމިއްޔާއިން ދަނީ ރާއްޖޭގެ މުޖުތަމަޢަށް ބޭނުންޖެހިފައިވާ ގިނަ ކަންކަމުގައި ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހަތަރުހާހެއްހާ ދަރުމަވެރިން ދިވެހި ރެޑްކްރެސެންޓުގައި ހަރަކާތްތެރިވާއިރު، ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ހިނގާ ހާދިސާތަކާއި ގުޅިގެން ވެސް އެ ޖަމާޢަތުން ހަރަކާތްތެރިވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބެއްޔާ

    ދަރުމަވެރިން އިންސާނިއްޔަތަށްޓަކައި ބުރަކޮސް މަސައްކަތް ކުރަމުންދާއިރު، ސޯލިހު ނަމަކަށްކިޔާ ރައީސް މިވަނީ އަދީބު ދައުަލަތުން ވަގަށް ނަގާފައިވާ ކަޅު ފައިސާ އަދީބުގެ އަތުން ހޯދާފައި. ދައުލަތުން ރައްޔިތުންގެ ފައިސާއިން ވައްކަންކުރަމުން. މިގައުމުގެ ސިޔާސީ ވެރިން ބުރަކޮށް މަސައްކަތްކުރަނީ ދައުލަތް ކަހާލެވޭތޯ. 37 މިލިޔަން ލިބިގެން އެހާ ހަމަޖެހިފަ މިހުންނަނީ. ހުސްވަގުން ވަގު ލާދީނީ އެމްޑީޕީ

    28
  2. ހޯހޯ

    އިންޓަނެޓުގެ އަގު މިހާބޮޑު ތަނެއްގާ އޮންނާނީ ކޮން އިންސާނިއްޔަތު ކަމެއްތޯ. ވެރިކަންކުރަން ލިބުމުން ތިހުންނަނީ އެއްވެސްކަމެއް އިސްލާހުކުރަން ނޭގިފަ. ވީ ވައުދުތަކުގެމަތިން ހަނދާންނެތި ކީހާޅެމެއް ފަރިއްސަށްވެގެން މިޔޮއްގެން ނިމެނީ.

    17
  3. ހަސަންކޮއި

    ވޯޓުއޮޅުވާލައިގެންވެރިކަންފޭރިގަތްރައީސް

    17
  4. އެލެކްސް

    ވެރިކަން ޖަހައިގަނެގެން ކޮބ އިންސާނިއްޔަތުކަން. އޮޅިގެން ނޫޅެމު

    17