ނިމިދިޔަ ހައްޖުގެ އަޅުކަމުގައި ސައުދީ އަރަބިއްޔާގެ އެކި ޖަލުގައި ތިބި މީހުންގެ ތެރެއިން 50 މީހަކަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސައުދީގެ ހައްޖު އޮޕިޝަލަކު ވިދާޅުވީ ފުރުސަތު ލިބުނު 50 ކުށްވެރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ އެމީހުންގެ އާއިލާތަކާއެކުގައި ކަމަށެވެ.

" މިއީ ޖަލުގައި ތިބޭ ކުށްވެރިން ރިހެބެލިޓޭޓް ކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދެވުނު ފުރުސަތެއް ހައްޖުގެ އަޅުކަން އަދާކުރުމުގައި އެމީހުން އެހެން މީހުންނާއި އެއްވެސް ވަރަކަށް ތަފާތު ނުކުރާނެ " އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނިގޮތުގައި އެމީހުންނާއެކު ޖަލު އޮފިސަރުންނާއި ގާޑުން ހަރަކާތްތެރިވި ކަމަށެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން ދެ މިލިއަނެއްހާ މީހުން ވަނީ މައްކާއަށް މިފަހަރު ޖަމާވިއެވެ.

ރަސްގެފާނުގެ ޚަރަދުގައި ހައްޖަށްދާ މީހުންގެ ކަންކަން ބަލަހައްޓަނީ ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީންނެވެ. މި ޕްރޮގްރާމުގެ ދަށުން ހައްޖަށްދާ މީހުންގެ ހައްޖު ވިސާއާއި މަތިންދާ ބޯޓު ޓިކެޓާއި ސައުދީގައި ހުރުމާއި ކެއުން އަދި ދަތުރުފަތުރުގެ ހުރިހާ ޚަރަދެއް ސައުދީން ދެ އެވެ. އަދި ކޮންމެ މީހަކަށް އިހުރާމް ހެދުމާއި ކުޑަ އަކާއި ޚަތިމެއް، ޒަމްޒަމް ފެންފުޅި އަކާއި ކަދުރާއި މޯބައިލް ފޯނަކާއި ސިމްކާޑެއް ދެއެވެ.