ޗައިނާގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

"ބީ.އާރު.އައި ' ބެލްޓް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޗައިނާގެ ޓުއަރިޒަމް އަދި މަފެންގްވޯ އިން ކޮށްފައިވާ ޗައިނާގެ ރައްޔިތުން އެންމެ ގިނައިން ދަތުރު ކޮށްފައިވާ 10 ގައުމުތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

ބީ.އާރު.އައި ގުޅުން ހުރި ދަތުރުތަކުގެ ފުލައިޓް ޗައިނާއިން މެދުނުކެނޑި 45 ގައުމަކަށް ކުރަމުންދާ ކަމަށް ޗައިނާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން އެޕްރީލް މަހުގައި ނެރެފައިވާ ދިރާސާގައި ބުނާއިރު 2020 ވަނަ އަހަރަށް ލަފާ ކުރާގޮތުގައި ޗައިނާއިން ދަތުރުކުރާ މީހުންގެ އަދަދު 150 މިލިއަނަށް އަރާނެ ކަމަށް ލާފަކޮށްފައިވެއެވެ.

ޗައިނާ ފަތުރުވެރިން ދަތުރުކުރާ އެންމެ މަގުބޫލު 10 ގައުމުގެ ތެރޭގައި ހިމެނެނީ ނިއުޒިލޭންޑް، ޕިލިޕިންސް، ދެކުނު ކޮރެއާ، ރާއްޖެ، ސްރީލަންކާ، ތުރުކީ، ވިއެޓްނާމް، މެލޭޝިއާ، ސިންގަޕޫރު އަދި ތައިލޭންޑްއެވެ.