އިންޑިޔާ ސިފައިން މި ގައުމުން ބޭލުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ފޭސްބުކްގައި މިއަދު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިންނަކީ ދިއްލީގެ އޯޑަރަކަށް ކޮންމެފަދަ ވަގުތެއްގައި ވެސް އެ މީހުންގެ ރޯލް ބަދަލުކޮށްފާނެ ބައެއް ކަމަށެވެ.

އުމަރު ވިދާޅުވީ ސިއްކިމް އާއި މެދު އިންޑިޔާ ސަރުކާރުން އަމަލު ކުރި ގޮތާއި ކަޝްމީރާ މެދު އަމަލު ކުރި ގޮތުން ދިވެހިންނަށް އެނގެންވީ ކަމަކީ ބާރުގަދަ ގައުމުތަކުން ކުރާ ވައުދުތައް ކޮންމެ ފަދަ ވަގުތެއްގައި ވެސް ބަދަލުކޮށްފާނެ ކަން ކަމަށެވެ.

"ކަޝްމީރަށް ލިބިފައި އޮތް ދާހިލީ މިނިވަންކަން އިންޑިޔާއިން ނިމުމަކަށް ގެނައުމަކީ އެކަމުން ދިވެހިން ފިލާވަޅު ލިބިގަންނަން ޖެހޭ, އިންޑިޔާގެ ކުރީގެ ބޮޑު ޖަވާހިރުލާލް ނެހްރޫ އޭރުގެ ސިކިމްގެ ރަސްގެފާނަށް ސިކިމްގެ މިނިވަންކަމަށް އަރައިނުގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި ވަނިކޮށް އިންދިިރާ ގާންދީ ބޮޑުވަޒީރު ކަމަށް ވަޑައިގެން އެ ނިންމުން ބަދަލު ކުރި އެއަށް ފަހު އިންޑިޔާގެ 5000 ސިފައިން ސިކިމްއަށް ފޮނުވައި އެ ކުޑަ ގައުމު ހިފި " އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިވަގުތު ދިއްލީގައި ތިއްބަވާ ސިޔާސީ ލީޑަރުންގެ ވިސްނުން ބަދަލުވެއްޖެ ނަމަ ރާއްޖޭގެ މިހާރު ތިބި އިންޑިޔާ ސިފައިންގެ އަތަށް ދެ ގަޑިއިރުގެ ތެރޭގައި އިންޑިޔާއިން ހަތިޔާރު ފޯރުކޮށްދޭނެ ކަމަށެވެ.

" މިއީ ނުވާނެ ކަމެއްކަން ހީކޮށްގެން ތިބޭނީ ވަރަށް ތިލަކޮށް ވިސްނާ ސިޔާސީ ބޭފުޅުން، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިން މި ގައުމުން ބޭލުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް " އުމަރު ވިދާޅުވިއެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ލާސާނީ

  ހަރުގަނޑޭ ކަލޭ ތިހެން ކިޔަކިޔަ ހުއްޓާ މިސަރުކާރުން ކާމިޔާބުކަމާއެކު 5 އަހަރު ނިންމާލާނީ.

  1
  44
  • އުމަރު

   މިސަރުކާރުން ކާމިޔާބު ކަމާއެކީ ރާއްޖެ ހިފާނެ.

   13
   2
 2. ހުވަދޫ

  މިނިސްޓަރަކަށް ހުރި އިރު އެމީހުން ފޮނުވާ ނުލީ ކީއްވެ؟

  3
  31
 3. ހދ

  އިންޑިއާ އާއިއެކު ރާއްޖެއިން ބާއްވަން ޖެހެނީ
  އެހެން ގައުމުތަކާއި އެކުވެސް އޮންނަވަރު ގާތް
  ކަމެކެވެ އިންޑިއާގެ އެހީތެރިކަމާއި ފައިސާއިން
  ރ ޔާމީންގެ ސަރުކާރު ބަދަލުކޮށް ނުރައްކާތެރި
  ހާލަތަކަށް ރާއްޖެ ވައްޓާލުމުގެ ސީދާ ޒިއްމާ
  ނަގަންޖެހޭ ފުރަތަމަމީހާ އަކީ ކެނެރީގެނަސީދެވެ އޭނާގެ ދޯހަޅި ސިޔާސަތުގެ ތެރެއިން ރާއްޖޭގެ
  މައި އެއާޕޯޓް ޖމރ އަށް ދިނުމަކީ އިންޑިއާއިން
  ރާއްޖެ ހިފުމަށް ސައުގުވެރިކަން އުފެއްދި ނުރައްކާ
  ތެރި ނިންމުމެކެވެ ނަސީދުގެ ކޮންމެ ނިންމުމަކީ
  އޭނާގެ އަމިއްލަ މަސްލަހަތު އޭގައި ހިމެނޭ ގައުމަށް އިންތިހާއަށް ނުރައްކާތެރި ކަންކަމެވެ.

  20
 4. ޝޮކްތެރަޕީ

  ދިވެހި ސަރުކާރުން ހެލިކަޕްޓަރު ފޮނުވާލަން ވަރައް މަސައްކައްކުރި އެމީހުން ތިބީ ފައިވިއްދާފަ.

  12
 5. ސޮނިފުހޭއިސްކިން ޓޯޓޯ

  ހޮޅިންނަަަަަަަަަަަާާައި މަލާބާރީން ނަކަށް ވެސް ގެރި މޯޑީ އަށްވެސް ރާ އް ޖެއެއް ނުހިފޭ ނެ

 6. އ މ ރ ބ

  އުމަރު ބުންޏަސް ތެދެއްވިއްޔާވާނީ ހަމަތެދަކަށް، 100 ގެ ވާހަކަޔެއް އުމަރު އެ ބުނަނީ