ފަޅު ރަށެއްގައި މަސްތުވެގެން އުޅުނު ބަޔަކު ފުލުހުން މިއަދު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ށ. ފަރުކޮޅުން ހައްޔަރު ކޮށްފައި ވަނީ ދެމީހެކެވެ.

ފުލުހުން ވިދާޅުވީ، އެދެމީހުން ހައްޔަރުކޮށްފައިވަނީ ށ.ފަރުކޮޅުގައި ބަޔަކު ބަނގުރާ ބޭނުންކޮށްގެން މަސްތުވެގެން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2019 އޮގަސްޓް 16 ވަނަ ދުވަހުގެ ރޭ 00:15 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލަައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، އުމުރުން 36 އަހަރުގެ އަދި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ޖާބިރު އެބައިންތަ!

    42
  2. ހުމަ

    އެޖެންޑާ 19 މޮޅު

    50
    7
    • ބަނީ

      ޔާނު ސަރުކާރުގަ އެކަކުވެސް މަސްތެށް ނުވޭ. ހާދަ މާތް ފަސް އަހަރޭ މާޒީ ވެ އެދިއައީ.

      21
      15
  3. ޖ

    ތިމީހުންހައްޔަރުކޮއްފަ ދޫކޮއްލުން ނޫން އެހެންކަމެއް އެބައޮތްތަ އެތިބީޖާބިރުމެން ވެސް ތިކަމުގެއުޅެނިކޮއް ހައްޔަރު ކުރީމާ ލިބުނީބޮޑެތި މަގާމުތައް ސަރުކާރުން

    18
  4. ކާފަބޭ2019

    19ގެދަށުން ތިޔަމީހުންނަކީ ކައިވެނިކޮށްގެންއުޅޭ ބަޔަކަށްވެސްވެދާނެ ކައިވެނީގެސެޓިފިކެޓްކޮބައިތޯ ސުވާލުކޮށްލާ!!!!!

    25
    2