މާލެއަށް ދިމާވެފައިވާ ޕާކް ކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހީނާމާގެ ހުރި ތަނުގައި އަލުން ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ އެތަނުގައި ކުރިން ބަހައްޓާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް މަސައްކަތް ނުކުރާ ކަމަށާއި، އެކަމަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ ބޮޑު އިސްރާފެއް ކަމުގައެވެ.
އެތަނުގައި ޕާކް ކުރެވޭނެ ގޮތަށް ހަދަން ނިންމާފައިވަނީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ޕާކު ކުރެވޭނެ ގޮތް ހެދުމުން މަޖީދީމަގުގެ އެއްފަރާތުގައި ޕާކް ކުރާ ކުރުން މަދުކުރެވި، ޓްރެފިކްއަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
ހީނާމާގެ ހުރިތަނުގައި އަލުން ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، މެކޭނިކަލް ޕާކިންގ ސިސްޓަމް ބަހައްޓާފައި ހުރި ހުރިހާ ބިމަކުން އެއެއްޗެހިތައް ނަގައި އެސަރަހައްދުގައި ޕާކިން ޒޯން ހަދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައިހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ނަގަނީ އެއީ ރައްކާތެރި ސިސްޓަމްތަކަށް ނުވާތީ ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.
ނަގާފައިވާ ޕާކިން ސިސްޓަމްތަކަށް ބަލާއިރު މާލޭ ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމާއި ފުރުގާން މިސްކިތް ކުރިމަތީގައި ބަހައްޓާފައިހުރި މެކޭނިކަލް ޕާކިން ސިސްޓަމް ވަނީ ނަގާފައެވެ.
ޒަމާނީ ޓެކްނޮލެޖީގެ ބޭނުންކުރަން ނޭގުމަކީ ތިމާމެންގެ ނާގާބިލް ކަން ހަމަވެގެން ދިޔުން. ނުވަންޏާ ފައިބައިގެން ދާންވީނުން ގެއަށް.
ހީނާ މާގޭގައި އަޅަނީ ބަޖާޖް ޑާބަރު އާމްލާ ބުރޭންޑުގެ ކައްޕިލް ކުމާރު ޕާރކިންއެއް.
މި ސަރުކާރަށް ވާނީ މިވަރު..
ކުޑަ ތަންކޮޅެއްގައި ގިނަ ތަކެތި ޕާކު ކުރެވޭނީ އަދިވެސް ޒަމާނާ އެއްގޮަތަށް ކުރިން ބެހެއްޓި ތަކެތި ބޭނުން ކޮށްގެން ދުނިޔޭގައި މިތަކެތި އުފެއްދި މީހުން ނަކީ ސިޓީ ކައުންސިލާ މިނިސްޓަރ އަސްލަމް ވިދާޅުވިއަސް މިފަހަރު ތިޔަ ދެއްކީ ކޮސް ވާހަކަ އެއް. އެގޮތަށް ހީކުރުމަކީ ވެސް މޮޔައިން ކަން ސާބިތުވާ ކަމެއް.... އަދި ފުރިތާ ޖެހޭނެ ... ބަަލަ ވެލާނޭގޭ ކައިރީގައި ބެހެއްޓި ކާރު ސިސްޓަމުން ކާރެއް ވެއްޓުނު ތޯ .... އެތަކެތިވެސް މެއިންޓެއިން ކޮށް ގަވާއިދުން ބަލަ ހައްޓަން ޖެހޭނެއޭ ... ކޮންމެ އެއްޗެއްވެސް ރަނގަޅަށް ނުބަލަހައްޓަންޔާ ހަލާކު ވާނެ އެއަރ ޕޯޓް ބޮޑު ކުރާއިރު އެއެރޯ ބްރިޖު ނާޅާ ހެދަން ނިިންމައިފިނަަމަ ... މިކަހަލަ ދަންތުރަ ޖެހޭނީ
ޕާޓީގެ ކޮންމެވެސް ބަޔަކަށް ލާރިކޮޅެއް ދޭންވެގެން ކުރާކަމެއް. ހަމައެކަނި ބިންމަތި ޒީރޯ ޓޮލެރަސް