ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭއްވި ގައުމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގެ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ދީފައިނުވާ ކަމަށާއި، އެފައިސާ ހަވާލުކޮށްދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ބުނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ރައްދު ދެއްވައިފިއެވެ.

މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ޔާމީން ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ބޭއްވި އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި ވަނަވަނަ ހާސިލްކުރި ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ނުދީގެން އެމައްސަލަ ހުށަހެޅި ނަމަވެސް ވެރިކަން ނިމިގެން ދިއައިރު ވެސް އެދަރިވަރުންގެ ހައްގު ނުލިބޭ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑުން އެދަރިވަރުންނަށް ފައިސާ ހަވާލު ކުރުމަށް ކަމަށް ބުނެ ފައިސާ ނަގާފައިވާ ކަމަށާއި، އެފައިސާއަށް ވީގޮތް ނޭނގޭ ކަމަށެވެ.

އެފަދަ ވާހަކަތަކެއް މިނިސްޓްރީން ބުނެފައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު މިހާރުގެ އިސްލާމިކް މިނިސްޓްރީން ގުރުއާން މުބާރާތް ނުބާއްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެެވެ. އިސްލާމިކް މިނިސްޓްރީގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވީ ގުރުއާނާ ބެހޭ ގޮތުން ދޮގު ހަދަން ހެޔޮ ނުވާނެ ކަމަށެވެ.

"ކަންކަން ނުކުރެވުނީމަ އަބަދުވެސް އެހެން މީހުން ބޮލުގައި އަޅުވަމުން ތިޔަ ގެންދަވަނީ. ޤުރުއާނާ ބެހޭ ގޮތުން ތިޔަފަދަ ދޮގު ހަދަން ހެޔޮ ނުވާނެ. ﷲއަށް ބިރުވެތިވޭ. ގުރުއާނާ ބެހޭ ގޮތުން ތިޔަފަދަ ދޮގު ހަދާނަމަ ކޮންމެ ގޮތެއްވެސް ވެދާނެ. އަރަބި ގައުމުތަކުން ގެނައި ހާފިޒުން ފޮނުވާލީ ކޮން ފައިސާއެއް ނެތިގެންތޯ. މަދަރުސާގެ ގުރުއާން ޕްރޮގްރާމް ހުއްޓާލީ ކޮން ފައިސާއެއް ނެތިގެންތޯ. އަތޮޅު ތެރޭގެ ހާފިޒުން ޕްރޮގްރާމް ހުއްޓާލީ ފައިސާ ނެތިގެންތޯ. މަދަރުސާ ކުދިންގެ ގުރުއާން މުބާރާތް ނުބާއްވަނީ ފައިސާ ނެތިގެންތޯ. އަލިގަދަ ތަރި، ގައުމީ މުބާރާތް، ކަންކަން ނުކުރަން ބަހަނާ ދައްކަނީ،" ޒިޔާދު ވިދާޅުވެފައިވެއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދަނީ ދީނީ ލޯބި ނެތުމުން ކަމަށާއި، ކަން ކުރާނެ ގާބިލުކަންވެސް ނެތުމުން ކަމަށެވެ.

"މިހާރުވެސް މަޝްވަރާ ކުރައްވަމުން ތިޔަ ގެންދަވަނީ މަދަރުސާތަކުގެ ގުރުއާން މުގައްރަރު ކުޑަކުރަން. އިސްލާމް ދީނުގެ ކަންކަމުގައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދަނީ ދީނީ ލޯބި ނެތުމުން. ކަންކުރާނެ ގާބިލުކަންވެސް ނެތުމުން. މިފަހަރުގެ ހައްޖުގެ ކަންކަން ހިނގައި ދިޔަގޮތުން މިކަންތަކުގެ ހެއްކަކަށް ފުދޭ،" ޒިޔާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޗާލު

    އަޅުގަނޑުމެންގެ ލޮބުވެތި އުސްތާޛް ޑރ. ޝަހީމް ދެއްކެވި ވާހަކަ ހަޖަމްނުކުރެވިގެން ދެއްކިވާހަކައެއްކަން ޔަޤީން. ޔާމީނުގެ ވެރިކަމުގަ އިސްލާމްދީނަށް ދެރަގޮތެއް ހަދާފަ. މިސަރުކާރުން ބޭނުންވަނީ އިސްލާމްދީން ިގައުމުން ނައްތާލަން. މުގައްރަރު ބަދަލުކުރުމާއި ޤްރުއާނަށް އިހާނެތިކޮށް ހަދަން. އެބަޔަކު ބަލިވެގެންދާނީ ޤްރުއާން އަބަދަށް ދެމިއޮންނާނެ އަންނި އޭނަގެ ޖަމާޢަތް ކިތައްމެވަރަކަށް ނުރުހުނު ކަމުގައިވިޔަސް.

    89
    4
  2. މިއަޅާ

    ﷲ ގެޢަޒާބައްބިރުވެތި ވެތިބެގެން ޙައްޤުބަސްބުނާށެވެ
    ހިތަންއެރިހާގޮތަކައް ވާހަކަނުދައްކާށެވެ

    84
  3. ކަހަނބު ވިތްޓޯ ޓޯ

    ރިިިިީނދޫ ކުލަ އަކީ ނަރަކައިގެ ކުލަ ހަާމުދުރުންގެވެސް ކުލަ ވީމަ ބިރުގަން ނާކަށްނެެޭގޭނެ

    81
    2
  4. ރައްޔިތުމީހާ

    ވަރަށް ބޮޑަށް ސެކިއުލަރ ސަރުކާރެެެއް

    83
  5. އާމިނަ

    މިސަރުކާރުގެ މީހުންނަކަށް ނޭނގޭ ކަމެއް ނުކުރެވޭ ތާނގައި އަނގަ މަޑުން ލައިގެން ތިބެންވެސް.ކީކޭ ދެން ބުނާނީ. އިތުރަށް ބޭޒާރުވުންނޫން ކަމެއްނޫވޭ .ކަންކަން ނާގާބިލު މީހުންގެ އަތްމައްޗަށް ދިއައީމަވާނެގޮތް. ބަނގު ރަލާއި މަސްތުވާއެއްޗެހި ކުރިއަށް ވުރެ އެތައް ގުނައެއް އިތުރު ވެއްޖެ.ބަޔަކު ތަނެއް އިސްލާހު ކުރަން އެބައުޅޭ ބާވައޭ ހީވެ.މިވެރިކަން އަވަސް ގޮތަކުން ނިމެއްވެއްޖެ.

    49
    1
  6. އަދާލަތު

    ޑރ ޒިޔާދު އެ ވިދާޅުވީ ރަނގަޅު ވާހަކައެއް.

    58
    2
  7. ރައްޔިތުމީހާ

    އިސްލާމިކް މިނިސްޓްރީގެ ވާހަކަ ދޮގު ނުކުރެއްވުމުން ގަބޫލުކުރެވެނީ ގުރުއާން މުބާރާތުގެ ފައިސާ ދެއްކީ މި ސަރުކާރުނ ް ކަމަށް..

    5
    53
  8. މަހޭޝް

    ހިސާބައްވުރެ ރައްޔިތުން ގަމާރުވީމާ ވާނީ މިހެން.

  9. ބޮލި މުލައް

    ހައްޖު ކޯޕަރޭޝަނުން އިމުރާނުއަށް ދިން ކޯޓާތަކުގެވާހަކަދައްކަން މާތާހިރުވާނެ. މިއޮތީވާ ސަރުކާރެއް

  10. ނަޖްވާ

    ބަލަގަ ރޮހިންޔާ މުސްލިމުންނަށް ފޮނުވަން ހޯދި ފައިސާތައްވެސް އެތަށް ހާސް ޑޮނލަރެއް މަދުން ފޮނުވި ކަމަށް ވަނީ! އެއީ ބޭންކް ކޮމިސަނޯ ކިޔާފަ 15 ވަރަކަށް ހާސް ޑޮލަރު ކަމަށް އޭރު އަޑު ފެތުރުނު! ބަލަގަ 15 ހާސް ޑޮލަރުން ފަސްޓް ކުލާހުގަ ގޮސް ރޮހިންޔާ މީހުންނަށް ފައިސާ ހަވާލު ކޮށްލާފަ، ރަނގަޅު ޗުއްޓީ އެއް ހޭދަ ކޮށްފަވެސް އިސްލާމިކް މިނިސްޓްރީގެ ކަމާ ބެހޭ މީހުންނަށް އާދެވުނީސް! ކީކޭ ދެން ފަހެ އަޅެ ބުނާނީ!