175 މީހުންނާއެކު ތ. އަތޮޅުން މާލެއަށް ދަތުރުކުރި "ވިޓަމިން ސީ" ނަމަކަށް ކިޔާ ފެރީ ލޯންޗް އިންޖީނު ހުއްޓިގެން ސިފައިން އެހީތެރިވެދީފިއެވެ.

އެމްއެންޑީއެފްއިން ބުނެފައި ވަނީ އެ ފެރީ ހުއްޓިފައި ވަނީ ވ. ދިއްގަލުވަށި ފަޅުގެ ހުޅަނގުން އެއް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފްއަށް ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 17:44 ހާއިރެވެ. މިވަގުތުވެސް އެމްއެންޑީއެފް މާލޭ އޭރިއާއިން ދަނީ ލޯންޗް ކައިރީގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފްއިން ބުނެފައި ވަނީ ލޯންޗް ހުއްޓުނީ ތެޔޮ ހުސްވެގެން ކަމަށާއި، މިހާރު އެހެން ލޯންޗަކުން ތެޔޮ ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ހާލުގައި ޖެހުނު އެންމެންވެސް ކޯސްޓް ގާޑުގެ ސީ އެމްބިއުލައިންސްގައި މާލެ ގެންދިޔުމަށް ދަތުރު ފަށާފައިވާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

ތަފްސީލު އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންޖެ

    ކީއްވެހޭ ތެޔޮހުސްވެގެން ހުއްޓެއްވީ؟؟ ކޮންބައެއްތަ މިކަންކަން ރެގިއުލޭޓް ކުރަނީ؟؟ ހަމަ ކޮންމެ މީހަކުވެސް ފެރީ ދަތުރުކުރަންވީ. ޕަސެންޖަރުންގެ ސަލާމަތެއް ރައްކާތެރިކަމެއް ބަލާނެމީހަކު ނެތް! އިންޖީނު ހުއްޓުނީމާ ސަރުކާރުން ޚަރަދުކުރަންވީ! ކޯސްޓްގާޑު ފޮނުވަންވީ!