ތ އަތޮޅުން ފުރައިގެން މާލެ ދިޔަ ބޮޑު ފެރީއެއް ހާލުގައި ޖެހިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އޭގައި ދަތުރުކުރި 175 ފަސެންޖަރުން މާލެ ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފެރީ ހާލުގައި ޖެހުނު ހަބަރު އެމްއެންޑީއެފްއިން ނޫސްތަކަށް ފުރަތަމަ ދިންއިރު، ބުނެފައި ވަނީ ފެރީގެ ނަމަކީ "ވިޓަމިން ސީ" ކަމަށެވެ. އެގޮތަށް ގިނަ ފަހަރެއްގެ މަތިން ސިފައިން މައުލޫމާތު ދީފައިވާއިރު، ސިފައިންނަށްވެސް ދެވަނަ ފަހަރަށް ބޯޓުގެ ނަން ބަލާލެވުނީ ނޫސްވެރިޔަކަށް މައުލޫމާތު ލިބި، އެކަމާ ގުޅޭގޮތުން މީޑިއާ ގްރޫޕްގައި ސުވާލު ކޮށްލުމުންނެވެ.

އެމްއެންޑީއެފްއަށް ހެދުނު ގޯސް، ރަނގަޅުކޮށް، ފަހުން މައުލޫމާތު ދީފައިވަނީ ހާލުގައި ޖެހުނީ "އޯޝަން 20" ކަމަށެވެ.

އެމްއެންޑީއެފްއަށް ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 17:44 ހާއިރެވެ. މިވަގުތުވެސް އެމްއެންޑީއެފް މާލޭ އޭރިއާއިން ދަނީ ލޯންޗް ކައިރީގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފްއިން ބުނެފައި ވަނީ ލޯންޗް ހުއްޓުނީ ތެޔޮ ހުސްވެގެން ކަމަށާއި، މިހާރު އެހެން ލޯންޗަކުން ތެޔޮ ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ހާލުގައި ޖެހުނު އެންމެންވެސް ކޯސްޓް ގާޑުގެ ސީ އެމްބިއުލައިންސްގައި މާލެ ގެންދިޔުމަށް ދަތުރު ފަށާފައިވާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޯހޯ

    ތިމީހުންވެސް އަބަދު މިހާރު ހިނދުކޮޅުގަ

  2. ށަވިޔަނި

    ޥިޓަމިން ސީ އާއި އޯސަން 20 ނުވަތަ އޯސަން އުފާ މީ ހަމަ އެއް ބައެއް ... މައުލޫމާތު ދިނުމުގަ ގޯހެއް ނެތް

    11
  3. ބަބުރު

    ހާލުގައި ޖެހުނީ ޕެނަޑޯލެއްނޫންތަ؟