ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވީ ނިމިދިޔަ އަޟްހާ ޢީދު ޗުއްޓީ އާއި ދިމާކޮށް މިމަހުގެ 14 ވަނަ ދުވަހުއެވެ. ރައީސް ވަނީ ސްރީލަންކާއަށް ވަޑައިގެން އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބައްލަވާލައްވާފައެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހުވެސް ލަންކާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. ސްރީލަންކާގެ ރައީސް، މައިތިރިޕާލަ ސިރިސެނާގެ ދަޢުވަތަކަށް އެޤައުމަށް ރައީސް ސޯލިހު ކުރެއްވި އެ ދަތުރުފުޅުގައި އެޤައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސްގެ އިތުރުން ދާދި ފަހުން، ވެރިކަންކުރާ އެމްޑީޕީގެ އިސް ބޭފުޅުންވެސް ލަންކާއަށް ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަހަނބު ވިތްޓޯ ޓޯ

    ކުޑަ މޫސަ ދެން އަތްޖަހާ

  2. ެޝާހުޖަހާން

    ލިބުނުފުރުސަތުގަ ޖެހޭނެ ދަތުރުއަޅާލަބް ރަނގަޅު އިންޑިޔާމީހުނާއެކު ހަނދައް ވެސްބުރެއް އަޅާލަން ފޮރިން މިނިސްޓަރްއެކް ދެމީހުން ވާދަޔައް ގައުމުން ބޭރައް ދަތުރުކުރަނީ ރައްޔިތުން މިތިބީ ބޭރައް ހިންގުމާ ހޮޑުލެވުމާއި ޑެންގޫ އަދި ޗިކަންގުންޔާ ޓައިފޮއިޑް ގެވޭނުގަ .

  3. އިކުލީލް

    އިދިކޮޅުން ރައީސްއާއި ގެޅިގެން މިއުޅެނީ ދަތުރުކުރާތީ، ޔާމީން ދަތުރު ނުކުރޭތަ؟ ވަހީދު ދަތުރު ނުކުރޭތަ؟ ރައީސްއާއި ގެޅިގެން ނޫޅޭތި އެމްޑީޕީ ފަހުލަވާނުން ތިބީ ހޭލާ!

    1
    31
    • Anonymous

      ކަލޭމެންގެ ތެރެއިން ރައީސަކީ ކާކު؟

  4. އަލިބެ

    މިހާރު އެމް.ޑީ.ޕީގެ އެންމެ ވަރުގަދަ ފަޚުލަވާނުންވެސް ޤަބޫލުކުރާ ޙަޤީޤަތަކީ ރައީސް އިބްރާހީމަށް މި ޤައުމަށް ނުހިންގޭ ކަމެވެ. ވެރިކަމަކީ ވަރަށްބޮޑު އަމާނާތެއް އަދި ޒިންމާއެއްކަމުގައި ވީހިނދު މިޒަމާނުގައި އެކަން ކުރެވޭނީ ނިކަން ރަނގަޅަށް ތަޢުލީމާއި ތަޖްރިބާހުރި އަދި ކެރުމާއި ބުންވަރުހުރި އެމީހުންނަށް ރައްދު ދެވޭވަރުގެ ބަސްމޮށުންތެރިކަންވެސް ހުރި ބޭކަލަކަށޥެ. އަހަރެން ޙައިރާންވީ އިބްރާހީމް ވިސްނާލުމެއްނެތި އެކަމާ ކުރިމަތި ލީމައެވެ. ރައީސް މައުމޫން ރައީސް ވަޙީދު ރައީސް ޔާމީން އެއީ މިދެންނެވި ފަދަ ޤާބިލްކަންހުރި ޝަޚުޞިއްޔަތުންނެވެ. އަންނިއަކީ ދެން...... އެހެންކަމުން އަހަރެންގެ އަދިވެސް ނަޞޭޙަތަކީ އިބްރާހީމަކީ މަޑުމައިތިރު ހިތްހެޔޮ ބޭކަލަކަށް ވީތީ ތިކަންމުން ދުރުވުމެވެ. މިޤައުމު ހިންގޭވަރުގެ މީހުން މިޤައުމުގައި އެބަތިއްބެވެ. މުޅި ޤައުމު ހުއްޓުމަކަށްއައިސްފާ ވާއިރުވެސް މަނިކުފާނު ތިއުޅުއްވަނީ އަވަށްޓަރި ކުދި ޤައުމުތަކަށް ދަތުރުކުރައްވާށެވެ. ރައީސް ޔާމީން ފެށްޓެވި ބިޔަ މަޝްރޫޢުތަކުގެ މަންފާ މިހާރުވެސް އެދަނީ ކުރަމުންނެވެ.

  5. ބެއްޔާ

    ސޯލިހުކަމުން އެޅިގަނެގެން މިއުޅެނީ. ފެނުނަސް ހަނދާންވަނީ 37މިލިޔަން ރުފިޔާގެ މަތިން. އެފައިސާ މިފައިސާ ކިޔާބަލަދެން،

  6. ކަހަނބު ވިތްޓޯ ޓޯ

    ތަރަށްގީ ބަލައިގަންނަންޖެހޭ. ބުރިޖް ސަޅި ވަޒީފާ ސަޅި.އިބޫވެސް ކާންވާނީ ދިވެހިންނަށްވެސް ދީގެން.ނުދީ ކަން ޏާ އެވަހަކަ ދެއްކޭނެ. ރީނދޫ ހުން ޖެހުނަސް ތީބޮޑުވަރު. ކަލޯ ކަހަލަ ފަހުލަވާނުން ބިޔަރުބޮއެގެ ން ޖަރުމަނުގައި ވެސް އުޅޭ.އިސްލަާމީ ޝަހްސިއްޔަތަކަށްވުރެ އެކަކުވެސް މަތިވެރި އެއްނުވާނެ. މީ ގެޅުމެއް ނޫން. ނަޝީދުއަށްވުރެ ﷲއާއި ރަސޫލާ ދެކެ މާ ލޯބިވޭ.

  7. މަހުޖަނު

    ލާމަސީލު ރައީސެއް. ޤައުމު މިއޮއް ކުރިއަށްދާ މިންވަރާއިމެދު ދިވެހިން މިއަދު ފަޚުރުވެރިވޭ. އެއްވެސް ވައްޓަފާޅިއެއްނެތަސް ތަނެއްއޮތީވިއްޔާ ބޯކޮއްޕާތި.