މާލޭ ބުރުޒުމަގުން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގާފައި ވަނީ، ބުރުޒުމަގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރަކާއި، ޖަނަވަރީ ހިނގުމުން ބުރުޒުމަގަށް ހުރަސްކުރި ސައިކަލެއް ޖެހިގެން ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި މިއެކްސިޑެންޓުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 8:35 ހާއިރުއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެކްސިޑެންޓުވި ދެ އުޅަނދު ދުއްވި މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު އަންނަނީ މި ހާދިސާ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޑަބަޖަރާ

    ތިޔަ ސައިކަލްގެ ނަމްބަރުބޯޑުގައި އެވަނީ ކިހާވަރެއް.