ހެލްމެޓް އަޅައިގެން މާލޭ މަގުމަތީގައި ސަލާންޖަހަން އުޅުނު ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ، މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސް ސަރަޙައްދުންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯ އިން ފެންނަނީ ހެލްމެޓް އަޅައިގެން ހުރި އަންހެން މީހާ ހައްޔަރު ކުރުމަށް ދެ ފުލުހަކު މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ. ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ފުލުހުންގެ ވެހިކަލަށް އަރުވަން މަސައްކަތް ކުރުމުން އެކަމަށް ދެކޮޅު ހަދައި، އެ ސަރަޙައްދުން ދާން އުޅުނު މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ހެލްމެޓެއް އަޅައިގެން މި އަންހެން މީހާ ސަލާން ޖަހަން ހުރީ ކީއްވެ ކަމެއް އެނގިފައި ނުވާއިރު، އޭނާ އާއި ބެހޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާގޮތުގައި މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 21 އަހަރުގެ އަންހެނެކެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން، މަސްތުގެ ހާލުގައި ތިބެ ސަލާން ޖަހަން އުޅޭ މައްސަލަ މާލޭގައި ވަނީ ބޮޑުވެފައެވެ. އެގޮތުން ދާދި ފަހުންވެސް މަސްތުވެގެން ހުރި މީހަކު ފަންޑު ފޮއްޓެއް ހިފައިގެން ސަލާން ޖަހަން ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢިއްސެ

    އެއީ ބަލިކުއްޖެއް!

  2. .......

    މައުމޫން ވެރި ކަމަށް އައި އިރު މަސްތުވުމުގެ ކުޅިވަރު މި ގައުމަކު ނެތް...ގައުމު މިހާލަތަށް ދިއުމުގައި މައުމޫނުގެ އިހްމާލު އެބައޮތް...މިނިކާވަގަށް ގައުމު ދެއްކީ މައުމޫން މިނިކާ ވަގު ވަނުމުގެ ފުރުސަތު ދިނީ ވެސް މައުމޫން...ދެން މިނިކާވަގު އައިސް ވެރިވެ ގަނެ ކާން ފެށި ހިނދު މައުމޫނަށް ބައެއް ނޭޅުމުގެ ސަބަބުން ބޮޑާ ހޭކި...އެއަށްފަހު ބައި އެޅޭނެ ގޮތް ވުމުން އެހުރީ މިނިކާވަގު ކާން ގައުމު ދީގެން ހަނު....ރައްޔިތުން ނިކުމެ ހަރާކޯރުވެފަ ތިބި އެންމެން އަދި ހަރާންކޯރުވަމުންދާ އެންމެން ހިފާ ގައުމު ހަމަ މަގަށް އަޅުވަމާ ހިނގާ...މިހެން ތިބެގެން ވާކަށް ނެތް...ނަބީ ކަަމަށް ދައުވާ ކުރާ މީހުންނާ ބާތިލް އަގީދަތަށް ފަތުރާ މީހުންނާ ކްރިޝްޓިއަން ދީން ފަތުރާ މީހުންނާ ބުދު ދީން ފަތުރާ މީހުންގެ އަށްޑާ އަކަށް މި ގައުމުވެއްޖެ...30 އަހަރާއި އުމުރު ގާތްވެފަ ހުރު ދިވެހި އަންހެނަކު އޭނާގެ މަންމަ ކައިރީގަ ސުވާލް ކުރި....ރަސޫލާ ސައްﷲ އަލައިހި ވަސައްލަމް މިއުރާޖް އަރާ ވަޑައިގެންނެވިހޭ...މަންމަ އާނ އެކޭ ބުނުމުން ބުނީ ތިހުރީ ކުފްރު ވެފަޔޭ...ބުރުގާ އަޅާކަށް ނުޖެހޭނެޔޭ...މީ ކީއްވެގެންވާ ކަމެއްތޯ ބެލި އިރު މިވާ ގޮތަކީ އެ އަންހެން ކުއްޖާ ދޭ ގުރުއާން ކުލާހަކަށް...އެތަނުގައި ކިޔަވާދެނީ ރާޝިދު ޚަލީފާ ކިޔާ މީހެކޯ...އޭނަ ވަރަށް ތަފްސީލްކޮށް ކިޔާދެޔޯ...ރާޝިދު ގެ މާނައަކީ ތެދުމަގު ދައްކާ މީހާ...މީ މިގައުމުގަ ހިނގާ ކަންކަން...ސަމާލުވުމަށް ދަންނަވަން...އެތަނުގައި ކިޔަވާދެމުން އަންނަނީ ޝީޢީ ފިކްރު ކަމަށް ބޮޑަށް ބެލެވެނީ...ޝީޢީންނަކީ އެމީހުން ގުރުއާންއިން ބައެއް އުނިކޮށް އެމީހުން ބޭނުންވާ ޖުމްލަތަކެއް އެތަނަށްލައިން އުޅޭ ބަ އެއް...އެމީހުންނަކީ އަލީގެފާނު އެއީ ރަސޫލާ ކަމަށް ގަބޫލުކޮށްގެން އުޅޭ ބައެއް...ދިވެހިން ހޭ އަރަން ވެއްޖެ....އަހަރެމެންގެ ދަރިން ވެސް އަހަރެމެންފަދައިން ނަރަކައިން ސަލާމަތް ކުރަން އެބަ ޖެހޭ...ހަމަ އެކަނި ނަމާދުކޮށްލުމަކުން ފުދުނީކަމަށް ގަބޫލު ކުރުމަކީ ވަރަށް ހަނި ނުރައްކާތެރި ވިސްނުމެއް....

    12
    4
  3. Anonymous

    އެޖެންޑާ 19 ގައި ކުރިޔައް އޮތީ އަދި ކަންކަން.

  4. މަންޖެ

    ހަކުރު ކޮޅެއް ހޯދަންވެގެން ކުރާ ބުރަމަސައްކަތް

    9
    1
  5. ކޮއެފުޅު

    މާރުކޭޓު ކައިރީ ފޮށި އަޅައިގެން ތިބި މީހުންވެސް ހައްޔަރުކުރަންވީނު..މަށަށް އެނގިގެން ތިޔަ ކުއްޖާއަކީ އެއްޗެއް ބޯކުއްޖެއްވެސް ނޫން..އަދި ހުޅުމާލެ އަންނަންވެގެން ލާރި ހޯދައިގެންވެސް އާދޭ..މާލެވެސް ދަނީ އެހެން ދިމާވެފަ އެބަހުރި..އެނގިފައިވާ ގޮތުން ތިޔަކުއްޖާ އާއިލާގެ ބޮޑު އިހުމާލެއް އޮވޭ...ކުޑައިރުގަ އަނިޔާކޮށް ހަދާފަ..މިހާރުވެސް އެހާލު.

  6. ގ

    އޭނަ އަބަދުވެސް ފެނަނީ ހެލްމެޓް އަޅާގެން ހުއްޓަ

  7. Anonymous

    ފަހު ޕެރެގްރާފް ހާދަ މޮޅަށޭ ގުޅުވާލާފަ އިނީ އާޓިކަލް އާ. އަސްލުވެސް ވަކި ބަޔަކަށް ޓާގެޓްކޮށްގެން ލިޔެފަ އިނީމަ ވަރަށް ސަޅި.