ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، 25 އަހަރުގެ ފިރިހެނެކެވެ. ކަސްޓަމްސް އިން ވިދާޅުވި، އެ މީހާއަކީ އިންޑިއާގެ ޓްރިވެންޑްރަމްއިން ރާއްޖެއަށް އިއްޔެގެ ވަގުތެއްގައި އައި މީހެއްކަމަށެވެ.

ކަސްޓަމްސް އިން ވިދާޅުވިގޮތުގައި، އޭނާގެ އަތުން 1.43 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެނެފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ، އޭނާ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ، ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖު ތެރެއިން ކަމަށެވެ. އަދި އޭނާގެ ލަގެޖުން ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

އެއީ 0.333 ކިލޯގެ ކޮކައިން އާއި 1.095 ކިލޯގެ ހެރޮއިންނެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.93މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަަނީ މި މީހާ ހައްޔަރުކޮށްގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއީ ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހަފްތާއެއްގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މަސްތުވާތަކެތި އެތެރެކުރުމާ މީހުންމެރުމާ ވައްކަމާ ފޭރުމާ މިހާރު މީދެން އާންމުކަމެއްހެން ހީވާކަހަލަ.

    10
  2. ހެހެހެ

    ސިންގަޕޫރުގައި ނަމަ މިހާރު މަރުގެ އަދަބު އައީސް.