ގދ.ގައްދޫގައި ދަންޖެހިފައި އޮތް މީހަކު ރޭ ފަތިހު 04:30 ހާއިރު ފެނިއްޖެއެވެ. އޭނާ ފެނުނު އިރުވެސް ވަނީ މަރުވެފައެވެ. އޭނާގެ މަރާއި މެދު "ޝައްކުތަކެއް" އެބަހުރިކަމަށް ފުލުހުންނާއި ހަވާލާދީ އެރަށު މީހުން ބުނެއެވެ.
މަރުވެފައި އޮއްވާ ފެނުނީ 40 ވަރަކަށް އަހަރުގެ ފިރިހެނެކެވެ.
ގައްދޫ އިން ވާހަކަދެއްކި މީހަކު ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާގެ "ކަރުގައި މާކެއް ހުރިނަމަވެސް އެހެން މަރުތަކާއި ތަފާތު އާދަޔާއި ހިލާފު ކަންތައްތަކެއް ހުރި" ކަމަށެވެ.
އޭނާ ފެނުނު އިރު އޮތީ ބިންމަތީގައި ކަމަށާއި، އޭރު ކަރުގައި އޮތް ވާގަނޑު ވެސް ވަނީ ނައްޓާލާފައި ކަމަށް އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
އެހެންނަމަވެސް އޭނާ މަރުވީ އަމިއްލައަށް ކަމެއް ނުވަތަ ގަސްދުގައި މަރާލާފައި ވަނީ ކަމެއް އަދި ނުނިންމައެވެ.
އޭނާގެ ހަށިގަނޑުގެ އެކްސްރޭއެއް ނެގުމަށް ތިނަދުއަށް ހަށިގަނޑު ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ހުސްނުއްސުޢޫދުގެ މަސައްކަތައް އިތުުރުމަރެއް ބޮޑުމުސާރަނަގައިގެން ތިޔަހެއްނުހުރެވޭނެ އަވަހައް އެމަރުގެ މައްސަލަބަލަންފަށާ އެކަމުގެ ހަގީގަތްހާމަކުރޭ
ހުސްނުވާ ސުއޫދާ ހަވާލުކޮށްލާ! އިސާހިތަކު ތި މައްސަލަ ނިންމާލާނެ. ދަން ޖައްސަން ބޭނުންކުރި ވާގަނޑު އުފެއްދި ކުންފުނިވެސް ހޯދާނެ! ކުޅަދާނަ ބައެއް އިނގޭ އެއީ! ހުސްނުވާ ސުއޫދުގެ މޯތްކާ ކޮމިޝަން އުފެއްދިފަހުން މިހާރު ސޮނީއިން ދެއްކި ސީއައިޑީ ވެސް ގެނެސްދިނުން ހުއްޓާލާފި.
ދިވެހިންނަށް ލިބިފައި މިއޮތީ ނާމާން ސުންޕާ ވެރިކަމެއް! މާތްﷲ މި ނުބައި ވެރިކަމުގެ ވަކިތަކުގެތެރެއިން ދިވެހި މުޅި އުއްމަތް ސަލާމަތްކޮށްދެއްވާންދޭވެ!
ކޮންމެ ކަމެއް ސިޔާސީ ނުކުރިއްޔާރަނގަޅުވާނީ
ތިވަަަަާނީ މަރާލީކަމަށް ....
ދަންޖެހުނުމީހާ ދަންޖެހިފައި އަނެއްކާ ވާގަނޑުވެސް އަމިއްލަ އައް ނަޓާލީ ދޯ....
ފުރިހަމަ މުސްލިމަކަށްވެވިއްޖެނަމަ މާރަާމަާރީ އާްއި ޑިޕްރެޝަނާއި އަނި ޔަަަަަަަަަާވެރިކަމުން ދުރަށް ދެވޭނެ.ގަޓްހުރި ޒުވާނުންއުފެއްދުމަށް އިސްލަާމީ ތަޢްލިީމު އާއި ތަރުބިއްޔަތު ދެއްވާ
ތިރަށުގައި މީގެ އަހަރު ތަކެއް ކުރިން މުސްކުޅި އަންހެނަކަށް އަނިޔާ ކޮށް މަރާލާފައިވާ ބަޔަކު އުޅުނު ރަށެއް ވެދާނެ މިފަހަރު ވެސް
ދަން ޖެހުމަކީ ކަރުގަ ވާގަނޑެއް ބައްދައި އެލިފަ ހުރުން ދިވެހިބަހުގަ ދަންޖެހިފަ އޮތީ އެކޭ ނުބުނާނެ.
“ އޮތީ “ ބޭނުންކޮށްފައިވަނި ދަންޖެހިގެން ޖުވަތަ ދަންޖައްސާގެން މަރާލެވުނު މީހާ ފެނުނު އިރު އޮތީ ބިންމަތީ ގައި ކަމަށް ވާތީ. ދަން ޖެހިފައި ހުއްޓާ ނޫން ފެނުނީ.
އެކުހުރެއްވެސް ނަގާލެވޭނެ ފެންވަރު ނެތީތާދޯ. ސިއްހަތޭ ކިޔައިގެން ކީއްތަ މިކުރަނީ
މަރުތަކުގެ އަޑީގަތިބި މީހުން ތިބީ މަރުތަށް ތަހުގީގު ކުރަން
ބިންމަތީގައި މަރުވެފަ އޮތް މީހަކަށް ދަންޖެހިފަ އެކޭ ނުބުނެވޭނެ އެވެ. ދަންޖެހިފަ ހުންނާނީ އެވެ. އޮންނާނީކީ ނޫނެވެ.
އެކްސްރޭ ނެގީމަ އެނގޭނެ މަރާލިގޮތެއް
ގއ ގދ ގަ އުޅެނީ ހާދަ ނުލަފާމީހުންނޭ ކޮށްފަ ނުކުރާނެކަމެތް ނޯންނާނެ ނުބައިވެގެން މިދުނިޔެ މަތީގަ
އާދަނު އަށް ބުނެލަން އޮތީ މިއަދު އެކަނި ދުނިޔޭގެ އެތަން މިތަނުން މީހުން އެކި ހާދިސާތަކުގައި މަރުވެފައިވޭ. ކީއްވެގެންތަ މީހަކު މަރުވެފައިވާ ޙަބަރެއް ފެންނައިރަށް މަރުވި މީހާ މަރުވެފައިވާ ރަށާއި، އަތޮޅާއި ޖެހިގެން އޮތް އަތޮޅު މީހުން ނުބައި ނުލަފާ މީހުންނަށް ހަދައި ތިޔަ ނިންމާލި؟ އަދި މިއުޅެނީ ކިހިނެއް ހިނގިކަމެއް ކަމެއް ނޭނގިގެން ގދ، ގއ މީހުންނަކީ މި ރާއްޖޭގެ އެންމެ ތައުލީމީ، އެންމެ ވިޔަފާރިވެރިންނާއި ސިޔާސީގޮތުން އެންމެ ކާމިޔާބު މީހުން ނިސްބަތްވާ ދެ އަތޮޅު. ނުބައި ނުލަފާ މާނަ ކުރާ ގޮތް ކިޔައިދީބަލަ
ތިމީހާޔަށްޥާނެ މިއަހަރު ޤައުމީ އެވޯޑެއް އަރުވަން. އެއީ ދަންޖެހި ނިމިގެން ވާގަނޑު ނައްޓާލާފަ ދެން ބިންމަތީ އޮށޯވެ އޮތީމަ. މީއީ ކޮންމެ ކޮންމެ މީހަކަށް ލިބިފައިވާ ހުނަރެއްނޫން. ދިވެހިންނަކީ ފަންނުވެރި ގަދަބައެއް.
ކޮމިސަނެއް ހެދިފަހުން މަރު ގެ ހަގީގަތް ތަހުގީގު ވަނީ އިތުރުވެފާ.