މާލޭގެ ހުރިހާތަނެއްގައި ވެސް މުޒާހަރާ ކުރެވޭ ގޮތައް ޤާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅަނީ، އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިޚްތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށާއި، ކުރިން އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާބައި އުނިކޮށް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާޙުކުރުމަށް ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނައި އިސްލާހަށް ފަހު މާލޭގައި މުޒާހަރާ ކުރުމުގެ ހުއްދަ އޮތީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ މުޒާހަރާ ކުރުމުގެ ހައްޤު އަނެއްކާވެސް ވަރަށް ފުޅާކޮށް ލިބިގެންދާނެއެވެ.

ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ އިތުރުން އިތުރު ދެޤާނޫނަކަށް ވެސް އިސްލާހު ގެންނަން ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވާފައެވެ. އިސްލާހު ކުރަން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބުގެ ޤާނޫނާއި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ޤާނޫނެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ތިން ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ފޮނުއްވާފައިވާއިރު، ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް މުރާޖަޢާކުރުމަކީ މިސަރުކާރުގެ ވަޢުދަކަށް ވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަކީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާޙުކުރުމަށް ހުށަހަޅާ އިޞްލާޙެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސަރުކާރުން ހުށައަޅާފައިވާގޮތަށް އިސްލާޙު ވެގެން ދިއުމުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވުމުންނެވެ.

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙުގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ޤާނޫނު އިސްލާޙުކުރުމަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ޏ

  މުޒާހަރާ ކޮއްގެން ތަންތަނަށްށާއި ތަކެއްޗަށް ކިތަންނެ ބޮޑު ގެއްލުމެއް ދިނަސް ކުށްވެރިނުވާކަހަލަ ގާނޫނެއް ފާސް ކޮއްބަލަ މިސަރުކާރެއް އިސްތިއުފާދޭވަރު ކުރަން މުޒާހަރާ ކުރަން އެރުން ކެރޭނެ ދާން .މިހާރު ކަމެއް ވެއްޖެ ނަމަ ފިރިއަކު ނަމަ އަބިންނާޢި ދަރިންނަށް ކާންދޭނެ މީހަކު ނެތީމަ މުޒާހަރާ ކުރަން ދާން ނުކެރިފަ ތިބޭ މީހުން ބައިވަރު ކިތަންމެ ވަރަކަށް މުޒާހަރާ ކުރަންދާން ބޭނުން ވިއަސް .

  57
  2
  • ސައީދު

   މިހާރު ދުވަސް ދާންކަންނޭގެ ތިއުޅެނީ
   ޢުމަރު ނަސީރު ބުނިހެން މިސަރުކާރުގެ ބޫޓް ކިބަ ވަރަށް އަވަހަށް ހެޔޮވަރުވެގެންދާނެ

   19
   1
 2. ނ

  ޖެހޭ ކޮންމެ ތާކު ނިކުމެ މުޒާހަރާ ކުރާނެނަމަ މިސަރުކާރު ޕުރެސަޜ ރަށް ވެއްޓޭނެ އަންނި ސަރުކާރަށް ވުރެ އަވަހަށް އަންނި އަށް ވުރެ ފިޑިއެއް މިހާރު ވެރިކަމުގަ ހުރީ

  62
  4
 3. މުޒާހަރާ

  މުޒާހަރާ ކޮއްގެން ތަންތަނަށްށާއި ތަކެއްޗަށް ކިތަންނެ ބޮޑު ގެއްލުމެއް ދިނަސް ކުށްވެރިނުވާކަހަލަ ގާނޫނެއް ފާސް ކޮއްބަލަ މިސަރުކާރެއް އިސްތިއުފާދޭވަރު ކުރަން މުޒާހަރާ ކުރަން އެރުން ކެރޭނެ ދާން .މިހާރު ކަމެއް ވެއްޖެ ނަމަ ފިރިއަކު ނަމަ އަބިންނާޢި ދަރިންނަށް ކާންދޭނެ މީހަކު ނެތީމަ މުޒާހަރާ ކުރަން ދާން ނުކެރިފަ ތިބޭ މީހުން ބައިވަރު ކިތަންމެ ވަރަކަށް މުޒާހަރާ ކުރަންދާން ބޭނުން ވިއަސް .

  31
  2
  • ކޮލި

   މޮޅު ވާހަކަ ނުދައްކާ، ދާން ނުކެރޭތީ ކަލޭ ނުދަނީ

   7
   19
 4. ކަހަނބު ވިތްޓޯ ޓޯ

  ރީނދޫ ހުންޖެހިފައި ތިބި ބައިގަނޑަކީ ދިވެހިންނަ ށް ކުރިމަތިވެފައިވަަާ މުސީބަަަާތެއް އެ ހުމުން ގައުމު ސަލާމަތްކޮށްދެއްވާތޯ ﷲއަށް އެންމެން ދުއާ ކުރޭ ގުނޫތު ވެސް ކިޔާވަރު ވެއްޖެހެންހީވަނީ

  70
  2
 5. ހިޔާލެއް

  ބޮމޑިއެއްބޯން އުޅޭހެން ހީވަނީ.

  27
  1
 6. ލަމް

  އެ އުޅެނީ ރަށްޔިތުންނަށް ކަމެއް ނުކޮށްދެވޭނެކަން އެނގުނީމާ މިހާރު ރަށްޔިތުން ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުން އެނގޭތީ މުޒާހަރާޔަށް ފުރުސަތު ހުޅުވާލަން . އޭރުން ތިމަންނަމެންގެ ސަރުކާރަށް އުނދަގޫ ކުރުމުންނޭ އެއްވެސް ކަމެއް ނުކޮށްދެވިގެން މިއުޅެނީ މިހެން ބުނަން ފުރުސަތު ހޯދަނީ. އަނެއްކަމަކީ ޔާމީން ހައްޔަރުކކޮށް އެކަހެރި ކުރަން ރާވާ ރޭވުމެއް.

  33
  1
 7. ޓެރޭ

  ވެރިކަން ދޫކޮއްލަން ތައްޔާރުވަނީ ބަގާވަތުގެ ރީތިނަން ހޯދާގެން.

  28
 8. ޓަވަރު

  މިސްކިތްތަކާއި ސުކޫލްތަކާއި ހޮސްޕިޓާތައްވެސް ހިމެނޭ ގޮތަށް؟

  26
  2
 9. ހާލާ

  އަވަހަށް ފާސްކޮށްލާ. އޭރުން މިސަރުކާރާ ދެކޮޅަށް ފުލުސް އޮފީސް ކައިރީގަުވެސް އަހަރެމެން ނަށް މުޒާހަރާ ކޮށްލެވޭނެ. މިއާ އެކު ދެން ނޭގޭ ލިވާތު ކުރުމުގެ ހުއްދަ ނޫންކަމެއްވެސް މަޖިލީހުން ދޭނީ. މުޖޫ ނައީމު މެން ކަހަލަ މީހުން ރުއްސަން

  26
  1
 10. ކާޅު

  ގެ ބަދިގެ އަދި ފާހާނައިގެ ވެސް މުޒާހަރާ ކުރެވޭގޮތް ހަދަން ފެނޭ

  23
 11. މިއަދު

  އެއްވެ އުޅުމުގެ ޤާނުނު އިސްލާވާއިރު މިސްކިތްތަކާއި ސްކޫލުތަކުގައި މުޒާހަރާ ކުރެވޭނެބާ
  ރައީސުލްޖުމުހޫރިއްޔާކަމަށް ކުރިމަތިލެވޭ އިސްލާހު ފާސްވާއިރު ބޭރުމީހުނަށްވެސް ކުރިމަތިލެވޭގޮތަށް އޮތުން ރަނގަޅެއްނުވާނެބާ

  20
  1
 12. ދޮންބެ

  ތިޔަ ވީގޮތުން އެންމެ ފުރަތަމަ މުޒާހަރާއެއް ކުރަން ޖެހޭނީ މަޖިލިސް ސުޕަރ މެޖޯރިޓީއާއި ދެކޮޅަށް.

  27
  1
 13. ބަނާނާ ސަރުކާރު

  ކޮއްމެ ސަރުކާރެއްގަބަދަލުކުރިޔަސް ރަގަޅު ގާނޫނުތަ ބާރެލިބުނީމަ ބަދަލުކުރުމަކީ ހެޔޮވެރިން ކުރާނެކަމެނޫން. ހިތަންއެރިތަނެއްގަ ހަޅުތާލު ކުރުމާ ހަމަނުޖެހުން އުފެދޭގޮތަށް ކަންކަންކުރުން މިއީ މުސްލިމު ގައުމަކަށ އެއްމެރަގަޅުގޮތްބާ؟18އަހަރުނުވާތީ އަދަބު ނުދެވި މިހާރުވެސް އެބަތިބި ބޮޑެތި މުޖުރިމުުން. މިއީ ކޮންފަދަ ނުބަޔަކަށް އަނެއްކާވެސް ގައުމުގެންދަން ސަރުކާރުން ކުރާކަމެ؟ބޮޑެތި ގޭންގް ލީޑަރުން 18އަހަރުން ދަށުގެ ކުޑަކުދިންލައްވާ ކުއް ކުރުވާފަ އެމީހުން ސަލާމަތުން ފިލާތިބެނީ ކުއް ކުރި ކުއްޖާ ކުޑަވުމުން ދައުލަތުން އޭނައަށް އަދަބެނުދެވި އޭނަޔަށް ޙިދުމަތްކުރަންޖެހެނީ މިއީ މިގައުމުގެ ސިޔާސީ ލީޑަރުން ބިނާކުރަން ބޭނުންވާ މުސްތަގުބަލްދޯ؟

  17
 14. މި

  އަނެއްކާއަތައްގޮވަންއުޅެހެންހިވަނި ނުވަތައަތައްގޮށްވާލަނިހެންހިވަނި

  20
  1
 15. އަހުމަދު

  މިއީ އަންނިގެ ރޭވުމުގެ މަތިން ކުރާ ކަމެއް ދުވަސް ކޮޅަކުން އެމް ޑީ ޕީގެ އަންނި އަށް ތާއިދު ކުރާ މީހުން އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވައްޓަން ނުކުންނަާނެ ... ބަލަން ތިބޭ މިހާރުވެސް އެތެރޭގައި ކޯޅެނީ މިިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަނު ނުކޮށް ދަންމަނީ މިހަކަލަ ފޫކެހުމުގައި މިހާރުވެސް އިންފޮމޭޝަން ކޮމިޝަރަކު ނެތްތާ މަސްދުވަސް ވެއްޖެ މިދިއަމަހު 14 އިން ފެށީގެން ގާނޫނީ ހުސްކަމެއް އަތުވެއްޖެ މިކަމާ އަދި ސުވާލު ކުރެވޭނެ ގާނޫނާ ޚިލާފު ވާތީ.... ބާރަށް ހިނގާ ސަރުކާރެއްނަމަ މަސް ދުވަސް ވާއިރު މީހަކު ހަމަ ނުޖެއްސުނީ ކީއްވެ ބާ މައުމޫން ވަހީދު ޔާމިނު މިމީހުންގެ ސަރުކާރު ތަކުގައި މިފަދަ ކަންކަން މިގަޮތަށް ނުވޭ ހަމަ ސުލޯ އީ ސުލޯއީ

  24
  1
 16. ރައްޔިތުން

  ރައްޔިތުންނަށް ފައިދާ ވާ ކަހަލަ ކަމެއް ކޮއްލުން ކީއްތޯ.. ފްލެޓްތައް ރައްޔިތުންނަށް ހަވާލުކުރަންވީނު.. ރައްޔިތުން ނޫޅޭ މުޒާހަރާކުރާނެ ތަނެއްނެތިގެން..

  27
  1
 17. ރައްދު

  އައްނިކަލޯ އަޑީގައި ހުރެގެން ރައްޔިތުން ގުބޯ
  ހެއްދުމަށް ކުރާކަންކަމަކީ ފައިދާއެއްހުރި ކަން ކަމެއްނޫނެވެ މުޒާހަރާކުރުމާއި މީހުންގެ މުދަލަށް
  ގެއްލުން ދިނުމާއި ގައުމުގައި އަލިފާން ޖެހުމަކީ
  ކާކު ދަސްކޮށްދިން ކަމެއްތޯ ކާކު ހިންގި ޖަރީމާ
  އެއްތޯ އެމީހާ ހުޅުޖަހާ އަންދާލިމުދާތަކުގެ އަގު
  އޭނާ އަތުން ހޯދިއްޖެތޯ މިސުވާލުތަކަށް ޖަވާބު
  ހޯދުން މުޒާހަރާ ކުރުމަށްވުރެ ރައްޔިތުންނަށް މާ މުހިއްމެވެ.

 18. ޖަބްޖަބް

  މިއީ އަސްލު ގަޓު ރައީސުންނަކީ. އިބޫއަކީ ޔާމީނުކަހަލަ ކަޓު ރައީސެއްނޫން

  1
  2
 19. ސަޓޯ

  ވެރިކަން ވެއްޓެންވާއިރަށް މިމީހުން އެންމެ ކުރާހިތްވާ ކަންތައް ކުރަން ރެޑީވަނީދޯ ؟

 20. ތަހުތު

  އެކަމުރައީސް ދޮރުމަތިމަނާވާނެ

  1
  1
 21. ބުރޯ

  މުޒާހަރާކުރުމަކީ ފަސާދަ ކުރުން . މިއީ ވަރަށް ބޮޑު ނުބައިކަމެއް . ގައުމު އަނދަވަޅަކަށް ވައްޓަލުމުގެ ރޭވުމެއް މިޔައީ މިފުރުސަތު ދެވިގެންނުވާނެ

 22. ގައުމު

  މި ސަރުކާރުއައިފަހުން މަޖިލީހުގަ މުޅިން ވެސް ތާކުން ތާކުން ނުޖެހޭ ކަންތައް ކުރަނީ މި އެމް ޑީ ޕީ މީހުން ރައްޔަތުން އެއުޅެނީ މުޒާހަރާ ކުރާނެ ތަނެއް ނަތިގެން ވިއްޔާ