މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި މި ފަރާތްތަކާއި މި ފަރާތްތަކުގެ ޢާއިލާގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމުކުރުމަށް ސަރުކާރުން ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި އިސްލާހުތައް ހުށަހެޅީ އެފަރާތްތަކަކީ އެއްވެސް ފަރާތަކަށް ނުޙައްޤު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ޢަމަލުކުރާ ބަޔަކަށް ނުވާނެކަން ކަށަވަރުވާނެ ގޮތަށް ޤާނޫނު އިސްލާޙުކުރުމަށް ކަމަށެވެ.

އިޞްލާޙު ހުށަހަޅުއްވަން ސަރުކާރުން ނިންމަވާފައިވާ ޤާނޫނުތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނާއި އޮޑިޓް ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށެވެ.

ސަރުކާރުން މި ބިލުތައް ހުށަހަޅުއްވަނީ ޤާނޫނުއަސާސީގެ ދަށުން ޤާއިމްކޮށްފައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާ ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތަޢައްޞުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރި ކޮށް ނުވަތަ މަސްލަޙަތު ފުށުއަރާފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރުމާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުމާއި، އެ މިންގަނޑުތަކާއި ޚިލާފު ވުމުން އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާންކުރުންވެސް މި ޤާނޫނުތަކަށް ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކޮމިޝަންތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހުމާއި އަދި ކޮމިޝަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިޝަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކުރުންވެސް މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަހަނބު ވިތްޓޯ ޓޯ

    ކެރަފާގޭ ކުދިން ކޮޅު ވެރިކަމާ ހެދި ތެޅިފޮޅެނީ ބޮޑުގެރި ކަތިލަން ނާސިރުގެދައުރުގައި ނިކުންނެވީ އަންނިގެ ބައްޕަ. އަމީންޑީ ޑީޒަމާނުގައި ކެރަފާ ދޮންބެ.ދައްރަގެ ދައްރަ އައްދަންދެން ވެސް އަމިއްލަ އެދުމާހެދި ހެެޭ ކެ ނޑެނީ

    5
    1
  2. ކަހަނބު ވިތްޓޯ ޓޯ

    މައުމޫން އިލިޔާސް ނަޝްރީނާގެ އާއިލީ ބޭފުޅުން ކޮރަޕްޝަންގެ މާ ހިރުން . މައުސޫމު މީހުންގެ ބަދު ދުޢާަާ ވަނީ ތިބޭފުޅުންނާއެކު.މަޢްސޫމް މީހުން ވަޒީފާއިން ވަކިކުރީ އަސަރެއް ނެތި .ތެދުވެރިކަމުގެ އިނަާމަކީ އެއީތޯ.

    3
    1
  3. ބެއްޔާ

    ހެހެހެ. ތީކީއްކުރަން ހުށަހަޅަންޖެހޭ އެއްޗެއްބާއޭ ހިތަށްއަރާ. މާލީބަޔާނުން ކުރެވޭފައިދާއެއްބައޮތްތަ. ދައުލަތުން ބޮޑެތި ވައްކަންކޮށްފައިތިބޭކަމަށް ތުހުމަތުކުރެވޭ މީހުންގެ މަޖްލިހުގައި އުޅޭ އަނބިންގެ އެކައުންޓުގައިވެސް ޒީރޯ. ވިހެއިދުވަހުން ފެށިގެން މަޖްލިހުން ގޮނޑި ގަނެތިބޭ ބޮޑެތި ވިޔަފާރިވެރިންގެ އެކަުންޓަގަވެސް ސުމެއް. މާލީ ބަޔާނަކުން ވިޔަފަރިކުރާކަމަކަށް ނުދައްކާ. ތިބަޔާނ ްއެހްނ ގޮތަކަށް ބެލޭނެ ގޮތެއް ހަދަންފެނޭ. ނުވާނެތާ މަޖްލިހުންވިއްޔަ ޤާނޫނު ހަދަނީ. ވަގުން މިތެބެނީ އެތާނގަވިއްޔަ. ކޮފީ ދަޅު ވަގަށް ނަގާމީހުންނަށް ހަރުކަށި އަދަބުދޭގޮތަށް ޤާނޫނު ހެދިދާނެ