މާލޭގައި ނިޔާވި މީހަކު މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ މަރު ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު 6:25 އެހާކަންހާއިރު އެމްބިއުލާންސަކަށް އަރުވައިގެން ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޭނާ އަކީ، 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ މަރާއި ބެހޭ ގޮތުން މިހާރު ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރޭ ފަތިހު ގދ.ގައްދޫގައި ވެސް މީހަކު ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. އެމަރުގައި ވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ މ ރ ބ

    އަޑިނޭނގޭ ކަންތައްތައް، ޑީލްތައް، ގޮތްނޭނގޭ މަރުތައް، ދުވަހެއްވިއްޔާ ދުވަހެއް މި ދަނީ މިކަހަކަ އަޑުތައް އިތުރުވަމުން، ޤައުމުގެ ވެރިމީހާ ކަހާތަން ހިރުވާވެސް ނުލާ!!

  2. ޝާނާ

    މަރަކަށްފަހު މަރެއް އިންސާފު ޤާއިމްނުކޮށް މަރު ހުއްޓިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ! މަރަށް މަރު ތަންފީޛު ކުރުމަށް ގޮވާލަން.

  3. ޙަސަން އަޙަމަދު

    ތިފަދަ ތަޙްޤީޤުތައް މިހާރު ފުލުހުން ކުރައްވަންޖެހިވަޑައިގަންނަވާތޯ؟ ގޮތްނޭނެގޭ މަރުތައްބަލާ ކޮމިޝަނަށް ބާރުދީފައިވާ ހުސްނުވާ ސުޢޫދުމެން ނޫންތޯ މިހާރު އެފަދަ މައްސަލަތައް ބަލާ ތަޙްޤީޤު ކުރައްވާނީ.