ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަލުން އެކުލަވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުއްވައިފި ކަމަށާއި މިބިލް މިހާރު އޮތްގޮތައް ފާސްވެއްޖެނަމަ އުމުރުން 18 އަހަރު ނުވަނީސް ކައިވެނި ކުރުން މަނާ ވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަޞައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން، މި ބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައެޅިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެ މުޢާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް، ދިވެހިރާއްޖޭގައި ތަންފީޛުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ޙައްޤުތައް މި ބިލުގައި ހިމަނާފައިވެއެވެ.

އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކުގެ ތެރޭގައި، ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި، އަޅާލުމާއި ޙިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ޙައްޤާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ޙައްޤާއި، ދުޅަހެޔޮ ޞިއްޙަތާއި ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ރަޙުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުމުގެ ޙައްޤު ފަދަ ޙައްޤުތައް ހިމެނިފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދަޢުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ބިލުގައި ލާޒިމުކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ކުޑަކުދިންނާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައާއި، މިނިސްޓަރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި، އުފައްދާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް އުފެއްދުމަށް މި ބިލުގައި ހިމަނާފައިވެއެވެ. އަދި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައިގަނޑު މަސްއޫލިއްޔަތު އަދާކުރަން މިނިސްޓަރުގެ ލަފާގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއެއް އުފައްދައި، އެ ސަރވިސްގެ ޒިންމާތައް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

އަދި، މި ބިލުގެ ދަށުން ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޯލްޓަރނޭޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ ޢަދަދަކަށް ޤާއިމްކުރަންވާނެކަމަށާއި، އެތަންތަނުގައި ބައިތިއްބަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅާފައިވެއެވެ.

މީގެއިތުރުންވެސް ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރުމަށްޓަކައި، މިނިވަން މުސްތަޤިއްލު ޗިލްޑްރަންސް އޮމްބަޑްސްމަނެއް ޢައްޔަންކުރަންވާނެ ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. ޗިލްރަންސް އޮމްބަޑްސްމަންގެ އޮފީހަކީ، ހިއުމަން ރައިޓްސް ކޮމިޝަންގައި ޤާއިމުކުރެވޭ އިދާރާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދޮންބެ

    އުމުރުން 18އަހަރު ނުވާ ކުދިންނަށް ކައިވެނި ނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލުގެނައި ފަދައިން، އުމުރުން 18އަހަރުނުވާ ކުދިންގެ ޒިނޭ ކުރުން ހުއްޓުވިދާނެބާ؟ އުމުރުން 18އަހަރު ނުވާކުދިންނަށް ކައިވެނި ނުކޮށް ތިބެވިދާނެ، އެކަމަކު އުމުރުން 18އަހަރު ނުވާކުދިންނަށް ޒިނޭނުކޮށް ތިބެވިދާނެބާ؟ މިހާރު އުޅޭ ޓީނޭޖް ކުދިންގެ އަމަލުތައް ހުންނަ ގޮތުން ޝައްކުވާތީ ހަމަ އަހާލީ..

    61
    3
  2. ކުޑަކުދިން

    ތިޔަށް ކިޔަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމެއް ނޫން. ތިޔއް ކިޔަނީ ކުޑަ ކުދިންގެ ހައްގުތައް ހަނިކުރުން. އަދި ޖިނާއީ ދައުވާތައް ނުލިބޭ ކޮތައް އިސްލާހުކުރުން މީ ކިހާވަރަކަށް ދިރާސާ ކުރެވިގެން ކުރަން ނިންމި ކަމެއްބާ. މިއީ ވަރައް ބިރުވެރި ކަމެއް. މިހަރުވެސް ކުދިންނަށް އެގޮތަށް ވިސްނައި ދީގެން ކުދިން ލައްވާ ކުއް ކުރުވުން މަދެއް ނޫން. އަޅެ ޖުވެނައިލް ކޯޓާ ވާހާކާ ދައްކާލިނަމަވެސް އެކަން އެނގޭނޭ. ގައުމުގެ ހަލާކު ކުރިއަށް އޮތީ. ތަންދޮރު ނޭނގޭ މީހުން ވެރިންނަށް ލާ ލަފާ އަރުވަން ބޭތިއްބިމާ ވާނީ މިހެން.

    50
    1
  3. އަލީ

    ތީ ޒިނޭ އާއްމުކުރަން ކުރާކަމެއް. ބާލިޤު ވީމަ އެ ބޮޑު މީހަކަށް ވީ ކޮންމެހެން 18 އަހަރު ކަނޑައަޅާކަށް ނުޖެހޭ.

    84
    3
    • ބަނީ

      މިހާރުގެ އަންހެން ކުދިން ބާލިޣުވޭ އުމުރުން 9 އަހަރުގަ، އެހެންވެ ، 10 އަހަރުގަ އެ ކުށޖާއާ އިނދެވޭނެ ދޯ ބުރޯ؟

      29
      23
      • .

        10 އަހަރުގަ ޒިނޭ ކުރެވޭ ދޯ ބުރޯ؟

        40
      • ހހހހހ

        ކީއްވެ ނީދެވެންވީ؟ ކަލޭމެން އެވަރެއް ނެތިގެން މިސާލު ނަގަމުން ތިގެންދާ ކާފަރު ގައުމުތަކުގަ 9 އަހަރުގަ ވިހާވެސް އެހަދަނީ. ހަމައޯކޭ. ބަރާބަރު. ކައިވެނި "ހަރާން" ކޮށްގެން އެމީހުން އެތިބެނީ އިލާހީ ޝަރީއަތް ބޭކާރު ކޮށްލާނަމޭ ހިތައި އެނުބައި ނިޔަތުގަ. އެ އަވައިގަ ޖެހި ގެއްލި ހަލާކުވެފަ ތިބި ތިކަހަލަ ބައިގަނޑެއް މިއަދު ވެރިކަމުގަ ތިބީވެސް. ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން އެތެޅެނީ.

        11
        1
  4. ދޮގެއް؟

    އިންސާނުން ހެއްދެވި ފަރާތަށް އިންސާނާގެ ހެދި ބޮޑުވުން ނޭނގޭ ކަމަށްތަ ތިބުނަނީ! އަލީ ޒާހިރު ކަލޭ ބިރުވެތިވެބަލަ. ކަލޭ ތީ ދީނުގެ އިލްމު އުނގެނި ހުރި މީހެކޯލަ!

    49
    3
  5. އަހުމަދު

    ގާނޫން އަސާސީގައި އޮވޭ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް އެއްވެސް ގާނުނެއް ނުހެދޭނެއޭ ...... މިއުޅެނީ އ ދ ގެ ހިމަންރައިޓްގެ ބުނުމަށް ގާނޫނު ހަދަން މިކަމާއި ދެކޮޅު ހަދަން ޖެހޭ ދީނާ ޚިލާފު ގާނޫނެއް ނުހެދޭނެ

    50
    2
  6. ހުސޭނުބޭ

    މަޖިލީހުގެ ރައީސް ފަދައިން 18 އަހަރު ވަންދެން އުޅޭނީ ނުވިހާ އޮޕަރޭޝަންކޮށްގެންދޯ! !

    40
    1
  7. ދައްޖާލު ސަރުކާރު

    މި މީހުން ދިވެހި ރާއްޖޭގެ ދުވަސް ދުއްވާލައިފި

    33
    1
  8. ހުސެން

    މިއަށް ކިޔާނީ ކުޑަކުދިން ހަޔާތްކަނޑުވާ ބިލް ނަތީޖާ އަކީ ހަޔާތްކެނޑިގެން ހައްދުފަހަނައަޅައި ޒިނޭ،ރާ ،މާރާމާރީ އެހެންގޮސް ބޮޑު ޖަރީމާ ރާއްޖެއަކަށް މިރާއްޖެ ބަދަލުވުން،މިއީ ނުރައްކާތެރި އަޑިނުބައި މަކރުވެރި ޔަހޫދީ ބިލެއް،ސަރުކާރުން ދިވެހި ދަރީން އަޤަލުކަނޑުވަން އުޅޭ ހީލަތްތެރި ބިލެއްް،ހުށިޔާރުވޭ!

    7
    1
  9. ކަހަނބު ވިތްޓޯ ޓޯ

    އެޑްވާންސައް ފިރިހެން ކުދިން އަތުން ބިޔަ ލޯނު ނަގާ ކުދިން ވަރަށްގިނަ އެކުދިން ހަދާނީ ކިހިނެއް ކައިވެނި ނޫންއެހެން ގޮތެއް ހޯދަންތަ ތިއުޅެނީ ހައް ހައްހާ އޯލްޓަނޭޓިވް ނެރެޓިވްގެ ބައެއްތޯ

  10. ާައަސްލަމް

    އިއްދައިން ކެނޑުނީމަ ކައިވެނި ކުރެވޭގޮތަށް ހަދަންވީ

  11. ބުރޯ

    ތިޔައީ އިސްލާމްދީނާ ހިލާފު ވުމެއް . 18 އަހަރު ނުވަނީސް ކައިވެނި ކޮށް ނުދޭން ގާގޫނު ފާހެއްނުކުރެވޭނެ. އެހެނެއްނޫން އާންމު ކޮށް ކައިވެނި ކޮށްދޭ އުމުރަކަށް 18 އަހަރު ހަމަޖެއްސިޔަސް ކައިވެނި ކުރަން ބޭނުންވާ އަންހެނާގެ ފަރާތުން ކޯޓަށް ހުށަހަލައިގެން ކޯޓް އަމުރަކައެކު ކައިވެންޏަށް ހުށަހަޅައިފިނަމަ ކައިވެނި ކޮށްދޭ ގޮތަށް އޮންނަންވާނެ. ނޫންނަމަ ބެލެވެނީ ނަސީދު އައިރިސްޓައިމްގަ ޖަހާފައިވާ އިންޓަވިޔުގަ ބުނެފައިވާފަދަ އެކަނިވެރި މައިން މިގައުމަށް އިތުރުކުރަން ރާވަނީ ކަމަށް.

  12. އެދައިތާ

    މިއީ ކައިވެންޏާ ބެހޭ ބިލަކަށް ވުރެ ބޮޑަށް ކުޑަކުދިން ލައްވާ ބޮޑެތި ޖަރީމާ ހިންގަން ރާވާ ރޭވުމެއް ، މީހުން މެރުމާ މަސްތުވާތަކެތި ވިއްކަން ތޭރަ ސާދަ އަހަރުގެ ކުދިން ފިޓުވާނެ ކަމާ އެކުދިން ރެކްރޫޓް ކޮށް ކުށުގެ ވެއްޓަށް ވައްދަން ގޭންގުތަކުން ބޭނުންވާނެކަން ވެސް ސަރުކާރަށް ހަމަ ރަނގަޅަށް އެނގޭނެ.

  13. Anonymous

    33 އަހަރަށް ހަދާބަލަ! ދުނިޔެއަށް ލޯހުޅުވި ތަޖުރިބާ ލިބޭދެކަށް އެއީ.. އޭރުންނެއްނު ހަބޭހަށް ޒިނޭކުރަން ފުރުސަތު ލިބޭނީ.. ?

  14. މޫސަ

    ދީނުގައޮތްގޮތް ކޮންމެވެސް ޝޭޙަކު އޮޅުންފިލުވަދީބަ

  15. މަނިކު

    18 އަހަރު ނުވިޔަސް ކުށުގެ ޒިންމާ ނަގާ ގޮތައްށޭ މިއޯ!!!!!!!!!!