އެމްއެމްއޭގެ ގަވަރުނަރަކު ނެތުމަކީ ގައުމީ ދޮރާއްޓެއް ނެތުން ފަދަ ކަމެއް ކަމަށަށް ވިދާޅުވެ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވާފައިވަނީ ނިމިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ގަވަރުނަރަކު އައްޔަން ކުރެއްވުމަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކެވެ.

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ގަވަރުނަރަކު އައްޔަން ނުކޮށް ގިނަ ދުވަސްވާތީ އެކަމާއި މެދު ކަންބޮޑުވާ ކަމަށެވެ.

މާލީ ނިޒާމުގައި ހިނގަމުންދާ ބައެއް ކަންތައްތަކަށް އަޅިއަޅުވާލަމުން ބޮންޑޭ ވިދާޅުވީ، ހަފްތާއަކު ހަ މިލިއަނެއްހާ ޑޮލަރުގެ ފައިސާ ރާއްޖެއިން ބޭރުވާ ކަމަށާއި، އެހާ ބޮޑު އަދަދެއްގެ ފައިސާ ބޭރުވާއިރު ކަސްޓަމްސް އަށް އެކަން ނުހުއްޓުވޭ ކަމަށެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން އަށް ޝައްކު ކުރެވޭ ފައިސާ ވެސް ހުރުން އެކަށީގެންވާ ކަމަށާއި، ފައިސާތައް ދައުރުވާ ގޮތް ބަލަން ގާނޫނުން އެ ޒިންމާ މަތިކޮށްފައިވާ އެމްއެމްއޭގެ ގަވަރުނަރަކު ނެތުމަކީ މައްސަލަ އެއް ކަމަށް ވިދާޅުވިއެވެ.

"ފައިސާގެ މުޅި ނިޒާމް ކަންކަން ހަމައަކަށް އެޅުވުމަށް ގާނޫނުން މަތިކޮށްފައިވާ އެ ފަރާތުގެ ގަވަރުނަރު ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް. ގަވަރުނަރަކު އަވަހަށް ކަނޑައަޅަން އެބަ ޖެހޭ. ވަރަށް ބޮޑެތި މައްސަލަ. ގަވަރުނަރަކު ވީހާވެސް އަވަހަށް އައްޔަން ކުރަން އެބަ ޖެހޭ." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، ދެން ގަވަރުނަރު ކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު ބޭންކުތައް ހަމަ މަަގަށް އަޅުއްވަން ޖެހޭ ކަމަށާއި، ހަމައެއް ލަމައެއް ނެތި ކަންތައްތައް ކުރިޔަށް ގެންދާނަމަ ރާއްޖެ އަށް އަންނަ އިންވެސްޓަރުން ޖެހިލުން ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮންހާ

    ކަންބޮޑުވެގެން އިން ވައްތަރު ނިކަން ދެކިބަލަ... ރައީސްކަން ލިބި، މަޖްލިސް ލިބި، ފަނޑިޔާރުގެ ފުންޑާލާފަ ކަންބޮޑުވިޔަކަސް ބަލަގަ ނުފުދޭނެ.. ކަންކަން ކުރަން ވަޢުދުވެ ކުރިހާ ހުވާތަކާ އަޙުދުތައް ބޮލާލާ ޖަހާފަ "ކަންބޮޑު" ނުވެ ކަންކަން ކޮށްބަލަ.

    17
  2. ޢަބްދުލް ބާގިރު

    މާފަންނު ދެކުނު ދާއިރާއަށް ކަލޭ ހޮވީކީ "ކަންބޮޑުވެ، މާޔޫސްވެ، ހާސްވެ ބޯގޮވާކަށް ނޫން. ކަލޭ މަޤާމުގަ ކުރަން ވީ ވަޢުދުތައް ފުއްދާބަލަ.

    16
  3. ކެކެކެ

    އަމައްޔާއި. އާއި އޫއި. އެހެން ފޮޓޯއެއް ނެތްތަ؟

    • .......

      ހެހެހެ ޖަރުމަނު މީހާއާ ކައިވެނި ކުރި މީީހާގެ ރަހުމަތްތެރިއެއްބާ!

  4. އަހުމަދު

    ބަލަ ގަވަރު ނަރު އެކަނިތޯ މިދިއަމަހު 14 ވަނަ ދުވަހުން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުވެސް ހުސްކޮށް ސަރުކާރު ގެ ބާރު މަޖިލީހުގެ ބާަރު އޮވެ މިފަދަ ކަންކަން މިގޮތަށް މިހިނގަނީ ހަމަ ރައީސް އޮފީހުގައި ވެރިން މަދުވެގެންތޯ ... މަޖިލީހުގައި ބޮންޑާ އިނދެ ތިޔަ ވާހަކަ ދައްކާ ކަށް ރީއްޗެއްނޫން މަޖިލީހުގައި ބޮޑުވަޒީރު އަންނި އިންނަވާ ކޮމެޓީ ނެހެދިގެން ... ހެހެ ނިކަން މޭޒު މައްޗަށް އަރާ ހަޅޭއް ލަވައިލަ ބަަލަ ކޮބައިތަ އީވާ ... ގާނޫން ތަކާއި ތިޔަ ޚިލާފު ވަނީ ގާނުނުގައި ބުނާ މުއްދަތުގައި ކަންކަން ނުކުތް މިމީހުނަށް ސުޕަ މެޖޯރީޓީ ދިނީމާ މާ ގޯހެއްނު

    12